ލައިފްސްޓައިލް / ޓެކްނޮލޮޖީ

ރޯބްލޮކްސްގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް ވަރުގަދަކުރަނީ

ކުއްޖަކު ރޯބްލޮކްސް ކުޅެނީ

19 ނޮވެމްބަރ 2024 - 06:07

ގޭމިން ޕްލެޓްފޯމް ރޯބްލޮކްސް އިން ރިމޯޓް ޕޭރެންޓަލް ކޮންޓްރޯލް އާ އެކު ރައްކާތެރިކަމުގެ ބޮޑެތި އަޕްގްރޭޑްތަކެއް އިއުލާނުކޮށް، 13 އަހަރުން ދަށުގެ ކުދިންނަށް އެ ޕްލެޓްފޯމްގައި އެހެން މީހުންނާ މުއާސަލާތު ނުކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.

ރޯބްލޮކްސް އަކީ 2004 ވަނަ އަހަރު އުފެއްދި މަޝްހޫރު އޮންލައިން ގޭމިން އަދި ކްރިއޭޓިވިޓީއާ ގުޅުން ހުރި އެތައް ކަމަކަށް ހާއްސަ ޕްލެޓްފޯމެކެވެ.

ރޯބްލޮކްސް ބޭނުންކުރާ ކުދިންނަށް، އެހެން މީހުން އުފައްދާ ގޭމްތަކާއި "އެކްސްޕީރިއަންސް" ތަކުން ބޭނުން ކަމެއް އިޚްތިޔާރުކޮށް، އޮންލައިންކޮށް ގޭމް ކުޅެ އަދި ރިއަލް ޓައިމްގައި އެ މީހުންނާ އެކު ޗެޓް ކުރެވޭ އެވެ.

ރޯބްލޮކްސް ބޭނުންކުރާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެ އެވެ. ހާއްސަކޮށް، ކުޑަކުދިންނާއި ޒުވާނުންގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ އިރު، ފަހުގެ ދިރާސާތަކާއި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ މި ޕްލެޓްފޯމްގައި ސްކޭމްކުރާ މީހުންނާއި ނުބައި ނިޔަތުގައި އުޅޭ މީހުން ގިނަ އެވެ. އަދި މީގައި ކުޑަކުދިން އެކަށީގެންވާ މިންވަރަށް ހިމާޔަތެއް ވެސް ނުކުރެ އެވެ.

ބްލޫމްބާގްއިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރޯބްލޮކްސް ތެރެއިން ބައްދަލުވެ ކުދިން ގްރޫމްކޮށް، ޖިންސީ ގޯނާކޮށް ނުވަތަ ވަގަށް ނެގުން ފަދަ މައްސަަލަތައް ބޮޑެވެ. މިފަދަ މައްސަލަތަކުގައި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ ކާކުކަން ނޭނގޭ އެކައުންޓްތަކުގެ ސަބަބުން، ނުބައި އަމަލުތައް ހިންގުމުގެ ނިޔަތުގައި އުޅޭ މީހުން ދެނެގަންނަން ދަތިވާ ކަމަށެވެ.

- އަލަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބެލެނިވެރިންނަށް ދަރިންގެ ހަރަކާތްތައް މޮނިޓާކޮށް، އަމިއްލަ ޑިވައިސްތަކުން ވަގުތު މާ ގާތުން ބެލޭނެ.

- އަދި 13 އަހަރުން ދަށުގެ ކުދިންނަށް ގޭމްތަކުގެ ބޭރުން ޑައިރެކްޓް މެސެޖިންގެ ފުރުސަތު މިހާރު ނުލިބޭނެ ކަމަށާއި ޑިފޯލްޓްކޮށް ތަޖުރިބާގެ ތެރޭގައި ޕަބްލިކް ބްރޯޑްކާސްޓް ކުރާ މެސެޖުތަކަށް އެކަނި ވެސް އެ ކުންފުނިން ބުންޏެވެ.

"ރޯބްލޮކްސްގައި ކޮންމެ ކަމެއް ކުރާއިރު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް،" ޗީފް ސޭފްޓީ އޮފިސަރު މެޓް ކޯފްމަން ވިދާޅުވި އެވެ.

މި ގެންނަ ބަދަލުތަކުގެ ތެރޭގައި، ކޮންޓެންޓް ޓައިޕް ލޭބަލްތަކަށް ބަލައި އުމުރާ ގުޅޭ ގޮތުން ކޮންޓެންޓް ރޭޓިން ކަނޑައެޅުން ދޫކޮށްލުން ހިމެނެ އެވެ. މި އުސޫލު ދޫކޮށްލުމަށް ފަހު ހަދަނީ ނުވަ އަހަރުން ދަށުގެ ކަސްޓަމަރުން "މިނިމަލް" ނުވަތަ "މައިލްޑް" ކޮންޓެންޓަށް ބެލެނިވެރިން ހުއްދަ ދީގެން ނޫނީ ނުބެލޭ ގޮތަށެވެ.

"މި އަޕްޑޭޓްތަކުގެ ސަބަބުން، ދަރިފުޅަށް އެންމެ އެކަށީގެންވާ ކަންކަމާ ގުޅޭ ގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް ބެލެނިވެރިންނަށް އިތުރަށް ފަސޭހަވާނެ،" ކޯފްމަން ވިދާޅުވި އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454