އައިޖީއެމްއެޗް: ބްރިޖް ފެންސުގައި ޖެހި އެކްސިޑެންޓުވި މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި.
24 ނޮވެމްބަރ 2024 - 11:31
ސިނަމާލެ ބްރިޖުގައި މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރިން ޖަހާފައި އޮތް ދަގަނޑު ފެންސުގައި ސައިކަލުން ޖެހިގެންނެވެ. އަނިޔާވީ ސައިކަލް ދުއްވަން އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ނުދެ އެވެ.
އެކްސިޑެންޓުގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހާގެ ވާތު ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ގޮސް، ފައި އޮތީ އެނބުރިފަ އެވެ. އަދި މޫނަށް ވެސް އަނިޔާވެފައި އޮތެވެ. އެމީހާގެ ބޯ ޖެހިފައި އޮތް ތަނުގައި ވެސް ލޭ ހުއްޓެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާކިހާ
24 November 2024
ވަކި އުމުރުފުރައެއް ކިޔާނެކަމެއްނެތް. މިއުޅޭ މީހުނައް ތިމާގެ އަމިއްލަ ފުރާނައައްވުރެ ސައިކަލުގެ މުއްގަނޑު މާ މުހިންމު.
ބާބް
24 November 2024
ރެޑްލައިޓް ދިއްލިފައި ހުންނަ އިރު ހުޅުލެއިން ހުޅުމާލެއަށް ދާ ބައެއް މީހުން ލައިޓަށް ނުހުއްޓައި ދާތަން ފެނޭ. މިތަން ރެޑް ވެފައި ހުންނަ ވަގުތަކީ މާލެއިން ހުޅުލެއަށާއި ހުޅުމާލެ ދާ އުޅަނދުތަކަށް ލައިޓް ގްރީން ވެފައި ހުންނަ ވަގުތެއް. މިތަންތަން ބަލަހައްޓަން ތިބޭ ބަޔަކަށް މިކަންކަން ފާހަގަ ނުވަނީ ބާ؟ ނުވަތަ ވަރިހަމަ ކޮށްލައިގެން ތިބެނީބާ؟
ލައިޓް
24 November 2024
ބަލަހައްޓަން މި ޖެހެނީ 10 ކމހަމަނުވާ ބްރިޖަކާއި ހައިވޭއެއް! ކެމެރާ އެބަހުރޭ! ފުލުހުން ނަކަށް ނުހުއްޓުވޭ، ކީއްކުރާ ސަރުކާރެއް؟