އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް
27 ނޮވެމްބަރ 2024 - 12:18
ދައުލަތުގެ ބައެއް ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ ނަގައިގެން ކުންފުނިތަކުން ވިޔަފާރިކުރާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕްރޮޖެކްޓަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، މިދިޔަ 2023 ވަނަ އަހަރު އަދި އޭގެ ކުރިން ވެސް ބައެއް ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ ނަގައިގެން ކުންފުނިތަކުން ފިލާ ކަމަށެވެ.
ގިނަ މަޝްރޫއުތައް ހުއްޓެނީ މިފަދަ ސަބަބުތަކާ ގުޅިގެންކަން ފާހަގަކުރައްވައި މުއްތަލިބް ވިދާޅުވީ ޕްރޮޖެކްޓުގެ އެޑްވާންސް ފައިސާ ނަގައިގެން މިފަދަ ކުންފުނިތަކުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
އޭގެ ބަދަލުގައި އެ ފައިސާއިން ވިޔަފާރިކޮށް ފައިދާ ހޯދައިގެން އަނެއްކާ ވެސް ފަސް އަހަރު ނުވަތަ 10 އަހަރު ފަހުން އާ ޕްރޮޖެކްޓުތަކަށް ބިޑް ކުރާ ކަމަށެވެ.
"ދައުލަތުގެ ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ މި ނަގަނީ ވިޔަފާރިކުރަން. އޭގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑަށް ގެއްލުން ވޭ،" މުއްތަލިބް ވިދާޅުވި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް
ބައެއް މަޝްރޫއުތައް ހުއްޓިފައިވާ އަނެއް ސަބަބެއްގެ ގޮތުގައި މުއްތަލިބް އެހެން ސުވާލެއްގެ ޖަވާބުގައި ފާހަގަކުރެއްވީ ދައުލަތުގެ ބަޖެޓުން ނުހިންގޭހާ ގިނަ މަޝްރޫއުތައް ހިންގަން ކުރީ ސަރުކާރުގެ ފަހު އަހަރު ސޮއިކޮށްފައި ހުރުމެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 39 ބިލިއަން ރުފިޔާގެ މަޝްރޫއުގައި ސޮއިކޮށްފައި ހުރިއިރު، މިއީ ދައުލަތުގެ މުޅި ބަޖެޓުން ވެސް ހިންގޭނެ ވަރަށް ވުރެ ބޮޑު އަދަދެކެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ބަޖެޓުގައި ޖަހައި ފާސްކޮށްފައި އޮތީ ޕްރޮޖެކްޓަށް އެކަށީގެންވާ ވަރުގެ އަދަދެއް ނޫން ކަމަށާއި ލިބިފައި ހުރި ފައިސާގެ ތެރެއިން ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުމުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޖާބު
28 November 2024
އެއްވެސް ކުންފުންޏަކަށް ގޯހެއް ނުހެދޭނެ ގޯސްހަދަން ސަރުކާރުގެ ވެރިން ފުރުޞަތު ނުދޭކަމަށް ވާނަމަ. ކޮންމެ ޕްރޮޖެކްޓެއްވެސް ވެރިމީހާއަށް ކަޓް ލިބޭ ގޮތަށް ރޭވިހެން ޕްރޮޖެކްޓްތައް ޙަވާލުކޮށްފައިހުރީ. ހެކިހޯދަން ބޭނުންނަމަ މުޅި ޕްރޮޖެކްޓް ހާވާލާފަ ކަންކޮށްފައި ހުރިގޮތް ނިކަން ބަލާބަލަ
ލަދުކޮބާހޭ
27 November 2024
ކުންފުނިތަކަށް ދަރާ ހުރި ލާރިތައް ނުދީ ބުނީ އެ އިންވެސްޓު ކޮއްފީމޭ ފައިދާއާ އެއްކޮށް އަނބުރާ ދޭނަމޭ. އެނުލިބިގެން ކުންފުނި ބަނގުރޫޓުވިޔަސް އެއީ އަދި ވަކި ކަމެއްތާ ދޯ؟ ދެން ތިވާހަކަ ދެއްކީމަ އިހަށް ހިނިއައިސްފަ ދެން އަންނަނީ ދަތްވިކި ގަދަ ރުޅި.
ައްައްޒަ
28 November 2024
މިނިސްޓަރު އެ ބުނި އެއްޗަށް އެއްޗެކޭ ބުނަންވެސް ނުކުރުނު އެއީ ތެދެއްކަން އެނގޭތީ.
ރާވެރިބެ
27 November 2024
ތި ގޮތަށް މަކަރު ހެދެނީ ސަރުކާރުންދޭ ލުޔާ ހެދި. އެޑް ވާންސް ދޭންވާނީ ބޭންކް ގަރަންޓީ ހޯދާފަ. މަސައްކަތް ނުކުރާނަމަ ކޮންޓްރެކްޓް ބާތިލް ކޮށްފަ ބޭންކް ގަރަންޓީ ކޭޝް ކުރީމަ ނިމުނީ. އެއްވެސް އިރެއްގަ ފައިސާ ސެކިއަރ ނުކޮށް ސަރުކާރުން އެޑްވާންސް ދީގެން ނުވާނެ. ސަރުކާރުގެ ޕްރޮޖެކްޓް ދޫކުރަންވާނީ އިތުބާރު ކުރެވޭނ ވަރުގެ ރެކޯޑު އޮންނަ ގާބިލް ކުންފުނިތަކަށް. ކަޓް ލިބޭ ގޮތަށް ސެޓްކޮށްގެން ބިޑު ކުރިޔަށް ގެންގޮސްގެން ނުވާނެ.
ގަރަންޓީ
27 November 2024
ގަރަންޓީ
ކޮމަންޓު
27 November 2024
ޕަރފޯމަންސް ގެރެންޓީ ނަގާފަ ފައިސާ ދޫކުރަނީ. ވަޒީރު މި ވާހަކަ ހަނދާން ނެތުނީ. ސަރުކާރަށް ޕަރފޯމް ނުކުރީމަ ޕްރޮޖެކްޓް ވަކިކޮށްފަ، ގެރެންޓީ ކޭޝް ކުރެވޭނެ. ނުކުރެވެނީ ސަރުކާރުންވެސް ގޯސް ހަދާތީ.
1982
27 November 2024
މަނިކުފަނެވެ. މިވަގުތު ހުރިހާ ބާރެއް އޮތީ ސަރުކާރުގައެވެ. ތިގޮތަށް ޕްރޮޖެކްޓްގެ އެޑްވާންސް ފައިސާ ނަގައިގެން މަސައްކަތް ނުކޮށް ވިޔަފާރި ކުރިމީހުންނަށް ދެން އެއްވެސް ޕްރޮޖެކްޓަކަށް ބިޑް ނުކުރެވޭގޮތް ހަދަންވީނޫންތޯ، އަދި ކަނޑައެޅިފައި އޮންނަ މުއްދަތަށް މަސައްކަތް ނުނިންމާ މީހުންނަށްވެސް ވަކި މުއްދަތަކަށް ސަރުކާރު ޕްރޮޖެކްޓްތަކަށް ކުރިމަތި ނުލެވޭގޮތް ހަދަންވީނޫންތޯ
ސުޕަރމޭން
27 November 2024
ހަމަތިގޮތަށް ކީއްވެތޯ މަސައްކަތް ބަރާބަރަށް ނިންމާފް ހުންނަ ކުންފުނި ތަކަށް އެތަށް ދުވަހެއްވާ އިރުވެސް ސަރުކާރުން ފައިސާ ނުދެނީ؟ފިނޭންސް މިނިސްޓްރީއިން ހަދަންޖެހޭ ޕޭމެންޓްތަށް ނެހެދެނީ ކޭއްވެ؟ޕޭމެންޓް ނަހަދާރާ ކިތަށް ދުވަސް ވެއްޖެ ކަން އިނގޭތޯ؟މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރާ އަސަރު އެނގޭތޯ؟
ބަގަސް
28 November 2024
ދަންނަމީހަކު ސަރުކާރަށް ތަކެތި ސަޕްލައި ކުރީ %50 އެޑްވާންސް ނަގާފަ ސަޕްލައިކުރަންއޮތް މުއްދަތުގެ ކުރިން. ބާކީ %50 ލިބުނީ 2 މަސްދުވަސް ފަހުން.
ނާޑުވާ
27 November 2024
މި 5 އަހަރު ދެން ރައްޔިތުން ތިބެން ޖެހޭނީ ސަރުކާރުން ހަދާހާ ދޮގުތައް އަޑުއަހާލައިގެން އެޔަށް ސުވާލެއްކޮށް ރައްދު ނުދެވޭ ހާލަތުގަ. ދެން ޕޯޑިއަމް ތަކަށް އަރާ ކޮންމެފަދަ އެއްޗެއް ކިޔާ ނޫސްތަކުގެ ހެޑްލައިން ހަދަމުން ދާއިރު ކުރެވޭނެ އެއްވެސް ކަމެއް ހެދޭނެ އެއްވެސް ގޮތެއް ނެތް. ރައްޔިތުންގެ މަންދޫބުން ތިބެން ޖެހޭނީ ޕާރޓީ ލީޑަރ އެންގެވި ގޮތެއް ހަދާލައިގެން އަނގަމަތީ މަލަން އަޅައިގެން.
ރާވެރިބެ
27 November 2024
މޮޅެތި ވާހަކަ ދެއްކީމަ ގަބޫލްކޮށްގެން ތިބީ ނުން. އެއް ބަޔަކަށް ހުރިހާ ބާރެއް ދިނީމަ ކޮންމެ ބައެއް ވިޔަސް ވާނެ ގޮތްް މިވަނީ.
ޖަޢުފަރު
27 November 2024
ބަލާލުމެއް ނެތި އެއްވެސް ގާބިލު ކަމެއް ނެތް މީހުންނަށް މަސްއކަތްތަށް ދިނީމަ ވާނީ މިހެން
ބޭކާރު
27 November 2024
މަސައްކަތްތައް ދިނީމައެއް ނޫން. ވޯޓެއް ދެވުނީ!
އަސީލު
27 November 2024
އެގްރިމެންޓްތަަށް މިހާރަށްވުރެން ބޮޑަށް ހަރުދަނާކޮށް ހަދަން ޖެހޭ
ހުސެން އަލީ
27 November 2024
މާގިނަ ޕްރޮޖެކްޓް ހިންގޭ ބަޔަކަށް ވާންވެގެން އިބޫ ސަރުކާރުން އަންރިއަލިސްޓިކް ފިގާސް ތަކަކަށް ޕްރޮޖެކްޓްތަށް ހިންގަން ހަވާލުކުރީ
މުރުޝިދު ރަހީމް
27 November 2024
ކަމެއްކުރަން ނޭނގޭމީހުން ދައްކާނީ ހުސްބަހަނާ
ަކަލާމު
27 November 2024
ކުރީ ސަރުކާރުން އެއްވެސް ވަރަކަށް ބަލއިލުމެއް ނެތި މިހާ ގިނަ ޕްރޮޖެކްޓްތަށް ހަވަލު ކުރީމަ ވާގޮތް މީ
ކަނާލު
27 November 2024
ބޮޓުންތަކެއް ލައްވާ ކުރީސަރުކާރޭ ގޮވައި 5 އަހަރު ދުއްވާލާތި