ކްރިޕްޓޯ ވިޔަފާރިވެރިޔާ ޖަސްޓިން ސަން 6.2 މިލިއަން ޑޮލަރަށް ގަތް ކެޔޮވައް ކާލަނީ. -- ފޮޓޯ: އޭއެފްޕީ
30 ނޮވެމްބަރ 2024 - 13:11
ޑަކްޓް ޓޭޕުން ފާރުގައި ހަރުކުުރި ކެޔޮވައް 6.2 މިލިއަން ޑޮލަރަށް ގަތް ކްރިޕްޓޯ ވިޔަފާރިވެރިޔާ ޖަސްޓިން ސަން އޭނާ ވައުދުވި ގޮތަށް، އިއްޔެ އެ ކާލައިފި އެވެ.
ހޮންގްކޮންގްގެ އެންމެ އަގުބޮޑު އެއް ހޮޓަލުގައި ސަން ބޭއްވި އިވެންޓުގައި ބައެއް ނޫސްވެރިންނާއި އިންފްލުއެންސަރުން ކުރިމަތީގައި އޭނާ ކެޔޮވައް ކާލުމަށް ފަހު ބުނީ އޭނާ ގަތް ކޮންސެޕްޝަނަލް އާޓާއި ކްރިޕްޓޯކަރަންސީއާ ދެމެދު އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އެހެން ކެޔޮތަކަށް ވުރެ މި ކެޔޮ މާ މީރު،" ކެޔޮވަކުގެ ރަހަ ބަލައިލުމަށް ފަހު ސަން ބުންޏެވެ.
"ހަމަ ހަގީގަތުގައި ވެސް މީރު."
އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓެލަން "ކޮމެޑިއަން" ގެ ނަމުގައި ދައްކާލި މި އާޓްވޯކް ނިއު ޔޯކްގެ ސޮތަބީސް އޮކްޝަންގައި ސަން އަށް ލިބުނީ ބިޑް ކުރި އެހެން ހަ މީހަކާ ވާދަކޮށެވެ.
ކްރިޕްޓޯ ވިޔަފާރިވެރިޔާ ޖަސްޓިން ސަން 6.2 މިލިއަން ޑޮލަރަށް ގަތް ކެޔޮވައް ކާލަން ފާރުން ނައްޓާލަނީ. -- ފޮޓޯ: އޭއެފްޕީ
ސަން ބުނީ ބިޑް ކާމިޔާބުވިތާ ފުރަތަމަ ދިހަ ވަރަކަށް ސިކުންތުގައި އޭނާއަށް އެކަން ގަބޫލު ވެސް ނުކުރެވުނު ކަމަށެވެ. އޭނާ ބުނީ މިއީ "ވަރަށް ބޮޑު ކަމަކަށް ވެދާނެ ކަމެއް" ކަން ވިސްނުނީ އިރުކޮޅަކުން ކަމަށެވެ.
އޭނާ ބުނީ ކެޔޮވައް ކާލަން ނިންމީ ދެން ޖެހިގެން އައި 10 ސިކުންތެ ތެރޭގައި ކަމަށެވެ.
"ޕްރެސް ކޮންފަރެންސެއްގައި މި ކެއުމަކީ ވެސް އާޓްވޯކްގެ ތާރީހުގައި ހިމެނިގެން ދާނެ ކަމަކަށް ވެދާނެ،" ކްރިޕްޓޮމޯނީ އެކްސްޗޭންޖެއް ކަމަށްވާ "ޓްރޯން" އުފެއްދި ސަން ބުންޏެވެ.
ދޮންކޭލުގެ "ޝެލްފް ލައިފް" ނުވަތަ ހަލާކުވެގެންދާ މުއްދަތަށް ބަަލައި، ނީލަމުގައި ގަނެފައި ވަނީ އެއީ ކެޓެލަން އަސްލު އުފެއްދުމެއް ކަމުގެ ސެޓްފިކެޓާއި ދޮންކެޔޮވައް ފީވުމުން އެ ބަދަލުކުރާނެ ގޮތުގެ އިރުޝާދުތަކެވެ. އަދި އެއާ އެކު، ކެޔޮވައް ހަރުކުރި ޑަކްޓް ޓޭޕްގަނޑު ވެސް ދެ އެވެ.
މިއާމީ ބީޗުގައި 2019 ވަނަ އަހަރު ކާބޯތަކެތީގެ އާޓަށް ހާއްސަކޮށްގެން ބޭއްވި އާޓް ބާސެލް ޝޯގައި އެންމެ ފުރަތަމަ ދައްކާލި މި ކެޔޮވަކަކީ އާޓްގެ ގޮތުގައި ބެލެވޭނެތޯ ބޮޑު ބަހުސެއް އުފެދުނެވެ. ކެޔޮވައް އަލުން މިގޮތަށް ހަރުކުރި މިއީ ތިން ވަނަ ފަހަރަށެވެ. އެންމެ ފުރަތަމަ އެގޮތަށް ދައްކާލަން ބެހެއްޓި ފަހަރު ޕާފޯމަންސް އާޓިސްޓެއް ކަމަށްވާ ޑޭވިޑް ޑަޓޫނާ އެ ކެޔޮވައް ބަލަން ގޮސް "ބަނޑުހައިވެގެން" ކަމަށް ބުނެ އެ ކާލީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމް
01 December 2024
އަހަރެމެންވެސް އެތައް މިލިޔަން ޑޮލަރެއް ހޭދަކުރަނީ ހަމަ ކުޑަވަގުތު ކޮޅަކަށް..
ރަތްސަލީމް
30 November 2024
މަނީ ލައުންޑްރިން
ބަނާބަން
30 November 2024
ކަޅު ފައިސާ ދޮންނަން ގަންމަ ގަނޑު ތީ ހުސް އާޓްޕީސް ތީ އެ ކަމަށް އެންމް ގިނައިން ބޭނުންކުރާ އުކުޅު
ޔާމް
30 November 2024
އާރޓްގެ ނަމުގައި މޮޔަހައްދައިގެން މިލިއަނުން ފައިސާ ޚަރަދުކުރުވިދާނެކަން ތިކަމުން ދައްކައިދެނީ. 7-10 ދުވަހުން ބަދަލުކުރި އެއްޗަކަށްވުމުން ކިތައް ދޮންކެޔޮވަށް ތިކަމަށް ހޭދަވެފަ ހުންނާނީ. އަދި އާޓް ޕީސްއެއްގެ ގޮތުގައި ހަރުކުރި (އޮރިޖިނަލް ނޫން) އެތި ކާލައިގެން އާދަޔާ ޚިލާފު ރަހައެއް ލާކަމަށް ބުނުމުން ބުނި މީހާގެ މޮޔަކަން ހާމަވަނީ.
ކޮލަންބަސް
30 November 2024
މަހީކުރީ އެމެރިކާ ދޮންމީހަކަށްކަމަށް ވާނީ. އެކަމަކު ވީ ޗައިނާ ދޮންމީހަކަށް.
އަހައްމު
30 November 2024
މި މީހުން އުޅެނީ ފައިސާއިން ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން..މިލިއަނުން ބަނޑަށް މަރުވަމުންދާ އިންސާނުން ނުފެނޭ،..ބަޔަކު އަދި އެހީ ނުވެއެކޭ ނުން..
ސަމް ބޮޑީ
30 November 2024
ޙަބަރު ލިޔާއިރު ތަންކޮޅެއް ގިނައިން މައޫލޫމާތު ހިއްސާ ކޮލުން ރަނގަޅު ވާނެއް ކަމައް ދެކެން! ގިނައިން މިކަހަލަ ޙަބަރު ލިޔާނެއް ކަމައް އުންމީދުކުރަން.