ބީއެމްއެލްގެ އެ ބޭންކުގެ ލީޑަޝިޕް އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސް، އެކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ސަހާ ވަހީދު
01 ޑިސެމްބަރ 2024 - 11:33
ބީއެމްއެލްގެ ލީޑަޝިޕް އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސް، އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ސަހާ ވަހީދު ހަމަޖައްސައިފި އެވެ.
އެ މަގާމުގެ މަސްއޫލިއްޔަތާ އެކު ބޭންކިން އޮޕަރޭޝަންސް އާއި ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް އާއި ހިއުމަން ރިސޯސަސް އާއި އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓް ބަލަހައްޓަވާނީ ސަހާ އެވެ. ބޭންކިން ދާއިރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަހާ ވަނީ ބީއެމްއެލްގައި މުހިންމު މަގާމުތަކެއް ފުރުއްވައިފަ އެވެ.
މީގެ ކުރިން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ. އޭނާ ވަނީ އެ މަގާމުން މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.
ސަހާ އެންމެ ފަހުން ބީއެމްއެލްގައި އަދާކުރއްވީ ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިން އެންޑް ޗޭންޖް މެނޭޖްމަންޓުގެ މަގާމާއި ވި ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމެވެ.
ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލަ އޮފް ސައިންސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އޭނާ ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަ އޮފް ލޯސް (އެލްއެލްއެމް) ވެސް ފުރިހަމަ ކުރައްވައިފަ އެވެ. އަދި ސަހާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް އިން ޗާޓަޑް ބޭންކަ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ހާސިލުކުރައްވައިފަ އެވެ.
ބީއެމްއެލްގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް ބޭންކުގެ ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި، ބޭންކުން މިއަދު އާ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއް ވެސް އިއުލާން ކުރި އެވެ.
- އަދުލީ އަހުމަދު ދީދީ، ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ)
- މޫސާ ނިމާލް، ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ
- ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރު (ސީސީއޯ)
- އައިޝަތު ޒަމްރާ ޒާހިރު، ޗީފް މާކެޓިން އޮފިސަރު (ސީއެމްއޯ) - ސަން ކަލާމް، ޗީފް އިސްލާމިކް ބޭންކިން އޮފިސަރު (ސީއައިބީއޯ)
ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ލީޑަޝިޕް މަގާމުތަކަށް ދިވެހިން އައްޔަން ކުރެވުމަކީ ތައުލީމީ ގާބިލު ދިވެހިން ބިނާ ކުރުމަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
"މިއިން ކޮންމެ ބޭފުޅަކީ ވެސް އެ ބޭފުޅެއްގެ ދާއިރާގައި ނަމޫނާ ތަޖުރިބާކާރުން؛ އަދި އެ ބޭފުޅުން ސާބިތުކޮށްދެއްވާފައިވާ ގާބިލުކަމާއި ރާއްޖޭގެ ބޭންކިން ދާއިރާއާ ބެހޭ ގޮތުން ހޯއްދަވާފައިވާ ފުރިހަމަ މައުލޫމާތާއެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
01 December 2024
ބިދޭސީން ބޭރުކުރޭ.
އެޗް އެމް
01 December 2024
އިސްލާމިކް ބޭންކިން އޮފިސަރެއްވެސް އެބަހުރި.! ހަލާލު ބޭންކާއި، ހުއްދަ ބޭންކާއި، ޝަރުޢީ ބޭންކާއި، އިސްލާމީ ބޭންކުފަދަ ބޭންކްތައްވެސް އެބަތިބޭ. ކުރަނީ އެއްކަމެއް.
ހަމްދާ
01 December 2024
އަޅުގަޑުގެ ފުރިހަމަ ތާއީދު ސަހާއަށް އެބައޮތް
ޑެޑީ
01 December 2024
އެއީ ކޮންތާއީދެއް؟
ކަލޭ
01 December 2024
ކާލެގެ ތާއީދު ބޭނުންވޭތަ؟