ފިނޭންސް މިނިސްޓްރީ. ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް މީހަކު ހޯދަނީ
04 ޑިސެމްބަރ 2024 - 16:14
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް އުފެއްދި އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރު އޮފް ރިފޯމުގެ މަގާމަށް މީހަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، އެ މަގާމަށް ޝައުގުވެރިވާ މީހުން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަަލަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށެވެ.
ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އެ މަގާމުގައި މަސައްކަތް ކުރަން ޖެހޭނީ ފިނޭންސް މިނިސްޓްރީގަ އެވެ.
ރިފޯމް ކޮމިޝަނަރުގެ މަގާމަށް އިއުލާނު ކުރި އިރު، މުސާރައެއް ހާމަކޮށްފަ އެއް ނުވެ އެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާއިން ޑިގްރީ ނުވަތަ އެ އަށް ވުރެ މަތީ ފާސް ހާސިލް ކޮށްފައިވާ މީހަކަށެވެ. ދާއިރާގެ 10 އަހަރުގެ ތަޖުރިބާ ހުންނަންވާނެ ކަމަށް ވެސް އިއުލާންގައި ވެ އެވެ.
އެ މަގާމުގެ މަސްއޫލިއްުޔަތުތަކުގެ ތެރޭގައި ރިފޯމު ސްޓްރެޓެޖީ އެކުލަވައިލުމާއި އިނޮކޮމިކް، އެސްއޯއީ އަދި ފިސްކަލް ރިފޯމުތަކާ ގުޅޭ ޕްރޮގްރެސް ރިޕޯޓުތައް އެކުލަވާލައި އެކަމާ ގުޅޭ ފްރޭމްވޯކްތައް އެކުލަވައިލައި ޕްލޭންތައް ރޭވުން ހިމެނެ އެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ޕްލޭންތައް ރާވާފައިވެ އެވެ. އޭގެ ތެރޭގައި ސަބްސިޑީ ޓާގެޓު ކުރުމާއި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
05 December 2024
ތިވަރުގެ މަގާމަކަށް ޝަރުތު ދަށްކޮށްލާފަ އޮތީ ޑިގްރީ ފެންވަރަށް. ކީކޭ ބުނާނީ؟ ހާދަ ހީވެޔޭ ވަކި މީހަކަށް ފަހާފަ އޮތް ކޯޓެއްހެން.
އަބްޑޫޅް +
05 December 2024
ހާދަ ހީވެޔޭ، އެ މީހަކު ފެނިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަނީހެން.
އަތޭހަރު
04 December 2024
ކަމުގެޢިލް.މަކާއި ތަޖުރިބާއެއް ބޭނުމެއްނުވާނެ. ގޮނޑިހޫނުކޮށްލާފަ ކުޅިބައި އަތުރާލަންއެނގުނީމަ ފުދޭނެ.
ލަދުހަޔާތް ކުޑޭ
04 December 2024
ރިފޯމް ކޮމިޝަނަރ އަކަށް މަށަށް ފެންނަނީ މިހާރުގެ އާރޓިކަލްސްތަކަށް ކޮމެންޓްކުރައްވާ " އޮނަރަބްލް އަފީފު ދީދީ " އައްޔަނުކުރަން. އޭނާއަކީ މޮޅުހިޔާލު ގެންގުޅޭ އެކަން ގަލަމަށްތިރިކުރާ ބޭފުޅެއް. އޭނާ މިމަޤާމަށް އަތުވެއްޖެނަމަ އުތުރުން ދެކުނަށް ސަރުކާރުގެ އެސްއޯއީތަށް ރިފޯމްކުރުމުގެ މޮޅު ޕްލޭންއެއް ހުށަހަޅުއްވާނެ.
ބުޅާ ކޮންސަލްޓަންޓު
04 December 2024
މިސްޓަރ ރިފޯމަކަށް އެންމެ ކަމުދަނީ މަޖިލިސް ރައީސް އަދުރޭ.