ކެލިގްރަފީގެ ހުނަރުން ވިދާލި ނާއިޝްއާ، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
08 ޑިސެމްބަރ 2024 - 17:01
އިސްލާމިކް ކެލިގްރަފީގެ ހުނަރުން ގިނަ ބައެއްގެ ސަމާލުކަން ހޯދި، ޖަމާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ދަރިވަރު ހުސެއިން ނާއިޝް އަށް އިސްލާމިކް މިނިސްޓްރީން ރަނގަޅު ފުރުސަތުތަކެއް ހޯދައިދީފި އެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިއަދު ވިދާޅުވީ ނާއިޝް އެދުނު ގޮތަށް ކީރިތި ގުރުއާން ލިޔުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހުނަރު ދަސްކޮށްދިނުމަށް އެހީވާނެ ކަމަށެވެ.
އޭގެ އިތުރުން ނާއިޝް ސްކޫލު ނިމުމުން ގުރުއާން މަރުކަޒުގެ ތެރޭގައި އެ ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް މަސައްކަތްތައް ހަވާލުކުރާނެ ކަމަށެވެ.
އައްޑޫގައި އަންނަ އަހަރު ހުޅުވާ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ގުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހާ ޒަމާނީ ވަސީލަތްތައް މި ދަރިވަރަށް ހޯދައިދެވޭނެ. އަދި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނެ. އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުގު ހުރި މިފަދަ ހުރިހާ ކުދިންނަށް މި ފުރުސަތު އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.
ކެލިގްރަފީގެ ހުނަރުން ވިދާލި ނާއިޝް އަދި އާއިލާއާ، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ށ. ކަނޑިތީމަށް އުފަން ނާއިޝް ވިހެއިއިރު ވެސް ވާހަކަ ނުދެއްކޭ އަދި އަޑުނީވެ އެވެ. ކިޔެވުމުގައި އިތުރު އެހީތެރިކަން ބޭނުންވާތީ އާއިލާއިން އޭނާ ގްރޭޑު 4 އަށް މާލެ ބަދަލުކުރި އެވެ. އެ ހިސާބުން ފެށިގެން 21 އަހަރުގެ ޒުވާނާ ކިޔަވަމުން އަންނަނީ ޖަމާލުއްދީން ސްކޫލުގަ އެވެ.
ނާއިޝް ކެލިގްރަފީކޮށްފައިވާ ލިޔުމެއް.
އޭނާ ލިޔެފައިވާ ކެލިގްރަފީގެ ފޮޓޯތަކާއެކު އެ ސްކޫލުން އިއްޔެ ކުރި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
ޖަމާލުއްދީން ސްކޫލުން ބުނީ ފާރުތަކުގެ އިތުރުން ހިތްތަކަށް ވެސް އޭނާގެ ހުނަރުވެރިކަން ދޫކޮށްލާފައިވާ ކަމަށެވެ.
"ހުނަރުން އިންތައް ފަހަނައަޅާ ގޮސް، ނުކުޅެދުންތެރިކަމަކީ މީހެއްގެ ހުނަރެއް އަދި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޮތް ފުރުސަތު ހަނިވާންޖެހޭ ސަބަބެއް ނޫންކަން ނާއިޝް ވަނީ ދައްކުވައިދީފައި." އެ ސްކޫލުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބްސް
09 December 2024
މިއީ މިހާރު އޭއި ބޭނުންކޮއްގެން ކުރެވޭ ކަމެއް ، އަތުން އެކަން ކުރުމަކީ އަދި ތަފާތު ހުނަރެއް.
އައްލު ކަރަން ޖޯހަރު
09 December 2024
"މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިއަދު ވިދާޅުވީ ނާއިޝް އެދުނު ގޮތަށް ކީރިތި ގުރުއާން ލިޔުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހުނަރު ދަސްކޮށްދިނުމަށް އެހީވާނެ ކަމަށެވެ" އެއީ ދޯ ހޯދަދިން ފުރުސަތަކީ. އޯކޭ ހެޑްލައިންއެއް އަޅާލާ ނޫހައް އެރިއްޖެތާ ޝަހީމުއަށް. ޕްރި މެޑޯނާ
ށޭކުބެ
09 December 2024
ޙަމަ ކޮންމެސް އެއްޗެކޭ ކިޔާފަ ކޮންމެ ދުވަހަކުވެސް ނޫހުގަ ފޮޓޯ ޖަހާތި އިނގޭ ސަހީމޫ!
ދީވާ
09 December 2024
ޢަރަބި ލިޔުމުގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ ފަންނުވެރި ބޭފުޅަކީ ޢަބްދުލްމުޢީދު ޙަސަން . އިސްލާމިކް މިނިސްޓާރީ އިން ނޫނީ އިސްލާމީ ޔުނިވަރސިޓީ އިން މިބޭފުޅާގެ ބޭނުން ހިފުން ވަރަށް މުހިއްމު .
ސަލީމު އިދުރީސް
09 December 2024
މިގައުމުގެ ޒުވާންޖީލު ފައިދާހުރި އިލުމެއް އުނގެނުމުގެ ފުރުސަތު ފަހިވެގެން ރާއްޖޭ ކުރިމަގު އޮތީ އަރަބި ތާރީހާ އަރަބި އަކުރު ދަންނަ އިލުމުވެރިން މިހާރު ވަރައްގިނަ! މިސާލަކައް ޖަޕާނުގަ ގިނައިން މީހުން ހިގާބިގާވާ ތަންތަނުން މީހުން އަޅާފިއަވަޅު ވަގުތުން ހަކަތަޔައް ބަދަލުވާގޮތައް އެބަހުރި އަދި ޔޫރަޕުގެ އިލުމިވެރިން ދަނީ ފާހާނަޔައް ބޮޑުކަމުދާ ނަޖިސް ވަގުތުން ހަތަޔައް ބަދަލުވާނެ އީޖާދު ކުރަމުން
ހުނަރު
08 December 2024
ހަނދާނަށް އައީ މައުހަދުގައި ލީބިޔާގެ ބޭކަލަކު ކެލިގްރަފީ ދަސްކޮށްދިން ދުވަސްވަރު. މިސްރު ފަދަ ޤައުމުތަކުގައި މި ފަންނުގެ ޕްރޮފެސަރުން އެބަތިބި. ބޭނުންވަނީ އެފަދަ މީހުންގެ އެހީ. ނާއިފުގެ ލިޔުން ކަމުދޭ. ބައެއް އަކުރުތައް އަދިވެސް ފުރިމަކޮށް ރަނގަޅުކުރަންޖެހޭ. އިތުރު ކާމިޔާބަށް އެދެން.
ރަނގަޅު
08 December 2024
މިހާރުވެސް އަރަބިއްޔާގައި މިސްރު އަތުލިޔުމުގެ ގައުމީ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރާ ޓީޗަރުން އެބައުޅޭ...