މިފްކޯގެ ސީއީއޯ ވިޓާލީ ލުބިމޯވް--
09 ޑިސެމްބަރ 2024 - 10:16
މިފްކޯގެ އާ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފި އެވެ.
އޭނާ މިއަދު ވަނީ އެ ކުންފުނީގެ މަސައްކަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.
ޑރ. ވިޓާލީ އަކީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުގެ ބޭފުޅަކު މި އައްޔަންކުރީ ދެ ފަހަރަށް އިއުލާން ކުރުމަށް ފަހު އެވެ. މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމަށް މީހަކު ހޯދަން އެންމެ ފަހުން އިއުލާންކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރު (185،040ރ.) އާއި 15،000 ޑޮލަރު (231،300ރ.) ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
11 December 2024
އަޑު އެހިން 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ހަދާ ވާހަކަ މިކަން މިކަން ކުރިއަށް ގެންދާ ގޮތް ރައްޔިތުންނަށް ހާމަކޮށް ދީ
އަބްޑޫޅް +
11 December 2024
ހޫނ. ރޫސީ ނަމެއް ކިޔާ ސުވިޒަރުލެންޑު ގެ ބޭފުޅެއް ދޯ؟
އަބްޑޫޅް +
11 December 2024
ބޭރުގެ، މިބޭފުޅާ އަށް އެނގޭތަ ތިމަންނާ އަކީ ބޭފުޅެއްކަން؟
ފެކްޓްް
10 December 2024
އެނގޭހާވެސް ކަމަކީ މީނާ ރަޝިޔާއަށް، އީރާނަށް އަދި އުތުރު ކޮރެއާއަށް މަސްދަޅު ނުވިއްކާނެކަން. އަދި އެއިން ބޯޓަކަށްވެސް ރާއްޖެއާ ހަމައަށް އައުމަށް ފަހިނުކޮށްދޭނެކަން. ލޮލް
މޯޑްސ5
09 December 2024
ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އައްވުރެ ބޮޑު މުސާރައެއް ދީގެން ކޮންކަމެއް ކުރަން ތިއުޅެނީ.
މަސްގަންނަ އާދަނު
09 December 2024
މިފެންނަނީ ވުޒާރާތައް ހަދައިގެން ޙުއްބުލްވަތަން ދިރުވުމުގެ އަސްލު މަންޒަރު...!
ޖިއާމު
09 December 2024
މިހާރުވެސް އިންޑިޔާމީހުންނާ ޖެހިގަތުމުގެ ސަބަބުން އެގައުމުގެ ފަތުރުވެރިން އައްނަލެއް މަދު، ދެން ޔުުކްރޭން މީހަކުލައިގެން ރަޝިޔާ އާ ޖެހިގަނެވޭތޯ ބަލާ، އޭރަށް ދެން ރަގަޅުވާނީ.
މިންވަރަށް އީމާވުން
09 December 2024
ކއޔޮޅު އަލީ މަސްދަޅު އަގު ހެޔޮވެސް ވެދާނެނޫ؟؟؟ އަބަދުވެސް ނުބައިކޮންނޭ ތިޔަ ވިސްނަނީ. ކޮންމެކަމެއްވެސް ވާނީ ﷲގެ ރަޙްމަތްފުޅާއެކު ރަނގަޅަށްކަމަށް ހިތުގަ ޔަގީންކަން ބާއްވަބަލަ. މިންވަރަށް އީމާންވެ އީމާންތެރިކަން އިތުރުކުރީމަ ހުރިހާ އުދާހެއް ފިލައިގެން ހިނގައިދާނެ.
އުދުހޭ
09 December 2024
ކްއައިސިސް މެނޭޖްމަންޓަކާ މަސްވެރިކަމުގެ އުފެއްދުން ދުނިޔޭގެ ބާޒާރަށް ވިއްކުމާ ހުރި ގުޅުމަކީ ކޮބާ؟ ޕީއެޗްޑީ ހަދާފައިވާ ކަނބުރަކާ ހަނދަށްދިއުން ހަވާލުކުރުން ކަހަލަ ކަމެއްނޫންބާ މީ؟
މިތިބީ ބލަން
09 December 2024
އިރުކޮޅަކުން ސިޔާސީ އޯޑަރަށް ކިޔަމަން ނުވެގެން "މަސްވެރި ބަޣާވާތެއް" ގެނައި ކަމުގެ އިލްޒާމުގައި މަގާމުން ވަކި ނުކޮށްފިއްޔާ ރަނގަޅު! މިތިބީ ބަލަން!