ޒާހިރު: އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އޭނާ އައްޔަންކުރަން މަޖިލީހަށް ވަނީ ފޮނުވާފައި --- ފޮޓޯ/ރައީސް އޮފީސް
12 ޑިސެމްބަރ 2024 - 16:19
އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.
އީސީއަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްކަން ކުރިން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދެވެ.
އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
މީގެ ތެރެއިން ޒާހިދު އެޗްއާރްސީއެމްއިން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.
އިލެކްޝަން ކޮމިޝަންގެ ތިން މަގާމެއް ހުސްކޮށް އޮތުމުން އެ ކޮމިޝަން މި ވަގުތު އޮތީ ހުއްޓިފަ އެވެ. ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ މެންބަރުން ހާޒިރުވެގެން ކަމަށް ވާއިރު، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވެ އަދި އެހެން ދެ މެމްބަރަކު މަގާމުން ވަކި ކުރުމުން އެ ދެ މަގާމު ވެސް މި ވަގުތު އޮތީ ހުސްވެފަ އެވެ. ކޮމިޝަންގައި ޖުމްލަ ފަސް މެންބަރުން ތިބޭއިރު، މި ވަގުތު މަގާމުގައި ތިއްބެވީ ދެ މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރީ މަޖިލީހުގެ ކޮމިޓީން ބެލި މައްސަލަތަކަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
14 December 2024
ތީގެ ތެރެއިން އެކަކީ ކުރީ ސަރުކާރުގައި ޢިމްރާނުގެ ޕަޕެޓަކަށް އުޅުނު މީހެއް. މިޒަމާނުގައި މީހުން ހާދަ ސުމާޓޭ ދޯ
މަހާޒް ސަލީމް
14 December 2024
ޕާޓީއަށް ނުބަލާ މިނިވަން މީހުން ނަގާފަ މިތިބީ. ރައީސް މުއިއްޒްގެ އިހްލާސްތެރިކަން މިފެންނަނީ
ޝިމާމް.
14 December 2024
މިކަހަލަ މީހުން ކުރިންވެސް ލާނަމަ ގައިމު ހިގާނެނު މިތަން.
ލޫތް އިސްމާއިލް
14 December 2024
ރައީސް މުއިއްޒްގެ އެޕޮއިންޓީސް ވަރަށް ކަމުދޭ.
އައުޒަމަ
14 December 2024
ބަރާބަރު 2 މީހުން. ތަޖުރިބާ ހުރި މީހުން.
އަދުގަމް އަލީ
14 December 2024
ވަރަށް ރަނގަޅު 2 ބޭފުޅުން.
ޒުހޭރު
13 December 2024
ކޮންމެއަކަސް މިހާރު ތަންތަނަށް އައްޔަނުކުރަން މި ފޮނުވަނީ ކަމަށް ގާބިލު ކިޔަވައިގެން ހުރި މީހުން. ހެޔޮ ފާލެއް
ޒަންޖަބީލު
13 December 2024
އަހަރުމެންގެ ގަޓު ރައީސް އީސީއަށްލާނީވެސް ގަޓު މީހުން. ސާބަހޭ ރައީސު.
އަނީލް
13 December 2024
ޱާހިދަކީވެސް މިހާރުވެސް މިސަރުކާރުގެ ސިޔާސީ މަގާމެއްގަ ހުރި މީހެއް. އެކްޓިވިސްޓެއް، ދެންހުރީވެސް އެކަހަލަ މީހެއް. ކުޑަމިނުން ފާޅުގަ ސިޔާސީ ކަންކަމިގަ ނޫޅޭ މީހުން ތިތަންތަނަށް ލާންޖެހޭ. ކިޔަވައިގެންތިބި ނަޒާހަތްތެތި އެތައް ސަތޭކަ ބަޔެއް އެތިބީ. މިނިވަން މީހުން ނުލާ ކިހިނެއްތޯ ތިތަންތަނަށް ރައްޔިތުން އިތުބާތު ކުރަނީ.
ދަށް ގޮހޮރު
14 December 2024
ޒާހިދަކީ އެއްވެސް ސިޔަަސި މަގާމެއްގައި މިވަގުތު ހުރި މީހެއް ނޫން. މިހާރު އެތަގައި ތިބޭނެ އެންޑިޕި މަގުމަތީގައި އުޅުން އެކްޓިވިސްޓުން
ޕަޕެޓް
12 December 2024
ޕާޓިގެ އެކްޓިވިސްޓުން. ތި ސަލާހުގެ އެފްބީ ޕްރޮފައިލް ބަލާބަލަ. އީސީގެ ދުވަސް ދިޔައީ ތި.
ޑަންޑު
13 December 2024
އެމްޑީޕީ ވެސް ލީ އެކްޓިވިސްޓުންނަ އެޕާޓީގެ މަތީ ފަޑިއާ ގުޅުން އޮތް އެމީހުންގެ ބޮޓުން. އެޗްއާރުސީއެމް ގައި ތިބޭނީ ޖީހަނު މަހެމޫދުގެ ބޮޓުން