ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސް މިއަދު ަނީ ބޭރު ފައިސާ މާރުކުރަން ޖެހޭ ބިލު ތަސްދީގު ކުރައްވައިފަ. --ފޮޓޯ: ރައީސް އޮފީސް
14 ޑިސެމްބަރ 2024 - 16:31
ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 56 ވޯޓާއެކީގަ އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުންނެވެ.
އެ ބިލްގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ.
ބޭރު ފައިސާ އިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރު ކުރުން ކަމަށް ބިލްގައިވެ އެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެ އެވެ.
ޑޮލަރު މާރުކުރުމުގައި ބިލްގައި ހިމަނާފައިވާ ދެ ގޮތުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރުމުގައި އަމަލުކުރާނެ ގޮތްތައް އެމްއެމްއޭ އިން ކަނޑައަޅާނެ އެވެ.
ބޭރު ފައިސާއާ ބެހޭ ބިލް ފާސްކުރި އިރު މިދިޔަ އޮކްޓޫބަރު މަހު ބޭރު ފައިސާއާ ބެހޭ ގަވައިދެއް އެމްއެމްއޭ އިން ގެޒެޓު ކުރި އެވެ. މަޖިލީހުން މިއަދު ފާސްކުރި ބިލްގައިވާ ގޮތުން ކުރިން އެމްއެމްއޭ އިން އާންމުކުރި ގަވާއިދާ އެއްގޮތަށް މި މަހުގެ ނިޔަލަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ އެވެ.
އެހެންވެ، އޮކްޓޫބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ރިސޯޓުތަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭ އިރު ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭނެ އެވެ. ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
15 December 2024
ތި ބިލު ތަސްދީގު ކުރިޔަސް ނުކުރިޔަސް މިހާރު ހިންގާ ރިސޯޓް ތަކަށް އެއްވެސް އަސަރެއް ނުކުރާނެ. ތި ގާނޫނު އެވެރިންގެ މައްޗަށް ނުހިނގާނެ. ކޮސްވިޔަސް ތިވަރު ބޮޑު. އެމީހުންނަކީ ސަރުކާރާއެކީ އެއްބަސްވުމެއް ހަދައިގެން 99 އަހަރަށް ކުލި ދައްކައި ތިބުނާ ޓެކްސް ދައްކާ ބައެއް. އެހެންވީއިރު އެއްބަސްވުންތައް އުވާލައި އައު އެއްބަސްވުމެއް ހަދައިގެން ނޫނީ ތިކަމެއް ނުކުރެވޭނެ. ތިފާޑުގެ ގާނޫނު ތައް މާޒީއަށް ނުހިންގޭނެ.
ޕިންމޯޑް
15 December 2024
ދިވެހި ރާއްޖޭގެ ރައީސްއަކު ރައްޔިތުންގެ ހައްގުގައި ނިންމަވާނެ އެންމެ އުނދަގޫ ނިންމެވުންތައް މި ރައީސް އެ ގެންދަވަނީ ނިންމަވަމުން، މިކަމަކީ ފަސޭހަ ކަމެއް ކަމަށްކަށް ގައިމުވެސް ނުވާނެ. އެތައް ބޮޑެތި ވިޔަފާރި ވެރިންނާއި ދެކޮޅަށް މިކަން ރައްޔިތުންގެ ހައްގުގައި ނިންމަވަން ހަމައެކަނި ކެރުނު ރައީސުލް ޖުމްހޫރިޔާ އަކީ އަދުގެ ރައީސް ޑރ.މުއީޒް. މީ ދިވެހިރާއްޖޭގެ ތާރީޚް ގައި ވެސް ރަން އަކުރުން ލިޔަން ޖެހޭފަދަ ކަމެއް. ޝުކުރިއްޔާ ރައީސް.
އިމްރާން އަލީ
15 December 2024
ޑޮލަރު ތާށިކަން ހައްލު ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް.
އަމާން އަލީ
15 December 2024
މިހެންވެ ބުނަނީ ރައީސް މުއިއްޒް މިކަން ރައްޔިތުންގެ ހައްގުގައި ކުރާނެޔޭ. ސާބަހޭ ރައީސް
ސިޔާދު އަލީ
15 December 2024
ރައްޔިތުންގެ ފަޅީގައި ހުރި ވެރިޔެއް.
ފަރަހާޒް
15 December 2024
ހަގީގީ ގަޓް ރައީސް.
އަފްރާސިޔާބު
15 December 2024
ގާނޫނު ހިނގަނީ އެގާނޫނެއް ވުޖޫދު ވުމަށްފަހު ހިނގާ ކަންކަމަށް. މާޒީއަށް ގާނޫނު ހިންގާނީ ގަމާރުން. އެހެނެއް ނޫން. އިންސާނިއްޔާ ދެކޮޅަށް ޖަރީމާ ހިންގާފައިވާ ފަރާތްތަކާ ދެކޮޅަށް އެއިރު ނެތް ގާނޫނެއް އުފަންކޮށްގެން އެޖަރީމާގެ މައްސަލަތައް ބެލިދާނެ. އެފަދަ މީހަކު މަރުވެފައިވާނަމަ ދެން ކުރާނީ ކޮންކަމެއް. މިސާލަކަށް ހިޓްލަރު ޔަހޫދީން މެރިއޭ ކިޔާފައި ގާނޫނެއް ހަދައި300 އަހަރު އަދަބެއް ކަނޑައެޅިޔަސް އެ ހުކުމް ތަންފީޒެއްނުވާނެ.
ރާވެރިބެ
15 December 2024
6 މަސްދުވަސް ފަހުން އެގޭނީ ވާ ގޮތެއް. ޜައްޔިތހުންނަށް ބޭންކުން 15/42 ގެ ރޭޓުން ބޭނުންވާ ޑޮލަރު ލިބޭތޯ ނޫނީ ހަމަ ބްލެކްމާކެޓުންތޯ ގަންނަން ޖެހެނީ. ޙަމަ ގާނޫނެއް ފާސްކޮށްލާ އިރަށް ސަނާ ނުކިޔޭނެ. މި ގައުމުގަ ހެޑްލައިން ހަދާނެ. ކަމެއް ނުކުރެވޭނެ.
އިބޫސައްލި
14 December 2024
ސާބަހޭ ސާބަހޭ ރައީސް ޑރ މުއިއްޒު. ރައްޔްޔިތުންނޝްޓަކައި ވެރިކަން ކޮށްދެއްވި ވެރިއެއް ތި.
ދޮންފުތު
14 December 2024
ސަރުކާރަކައް ރައްޔިތުމީހާއައް މިހާތަނައް ކޮއްދެވުނު އެންމެ ރަނގަޅު ކަންތައް މިއީ ..
އިއްމީދު
14 December 2024
އައްޔަތުން ބޭނުންވާ ކަންކަމުގަ ޑޮލަރު ލިބޭނެކަމަ އުއްމީދުކުރަން ތިޔަފައިދާ ރައްޔަތުންނަ ލިބޭނެ ކަމައުއމީދު ކުރަން
އަފްރާސިޔާބު
15 December 2024
އަހަރެން އަންނަ އަހަރު އުޑުން ތަރިއެއް ގެނެސް ބާއްވާނަން އެންމެނަށް ފެންހިސާބުގައި. އެކަމަކު އެއީ މަށަށް ގެނެވޭ ވަރުގެ އެއްޗެއްނަމަ.