ދިރާގުން ދޭން ހަމަޖެހިފައިވާ މޮޑެލްގެ ލޯންޗެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
15 ޑިސެމްބަރ 2024 - 14:57
ދިރާގުގެ މިއަހަރުގެ އެންމެ ބޮޑު ޕްރޮމޯޝަން ކަމަށްވާ "ވިން އަ ސްޕީޑް ބޯޓު" ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.
މި ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ "ވިން އަ ސްޕީޑްބޯޓް" ޕޯޓަލްއިން އެންރޯލް ކޮށްގެންނެވެ.
Dhiraagu | Win a Speedboat
Subscribe to Dhiraagu Postpaid, Prepaid or Fibre Broadband and stand the chance to WIN a Speedboat.
މި ލިންކުން ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނެ.
ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން ފެށި މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުގެ 400ރ. އިން ފެށިގެން މަތީގެ ޕޯސްޓްޕެއިޑް ޕެކޭޖް ގެންގުޅޭ ކަސްޓަމަރުންނާއި ފައިބާ 40އެމް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށާއި 400ރ. އަށް ވުރެ ބޮޑު އަދަދެއް ރީޗާޖުކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އަދި އަލަށް އެ ނެޓްވޯކާ ގުޅި މި އަގުތަކުން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަނުގައި ދިރާގުން ދެނީ އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެވެ. އެ ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހުންނާނެ އެވެ. މިއީ އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނޭ ލޯންޗެކެވެ.
މިއީ ޕިކްނިކް ދަތުރު ދިޔުމަށް ނުވަތަ މަސް ދަތުރު ދިއުމަށް ކަމުދާނެ ލޯންޗެއް ކަމަށް ދިރާގުން ބުނެ އެވެ. މި ޕްރޮމޯޝަނަކީ މިދިޔަ ސެޕްޓެމްބަރު މަހު ދިރާގުން ފެށި ޕްރޮމޯޝަނެކެވެ. މިރޭ 11:59 ވަންދެން ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙެވޭ
16 December 2024
ޓެސްލާ ވީގޮތް އެގޭތަ