މަޖިލީހުން މީގެ ކުރިން ބޭއްވި ކޮމެޓީއެއްގައި އޭސީސީގެ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
17 ޑިސެމްބަރ 2024 - 17:07
އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލާން ކުރިން ކުރި އިއުލާން ބާތިލްކޮށް މިއަދު އަލުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މި މަހުގެ 8 ވަނަ ދުވަހު ފުރަތަމަ ކުރި އިއުލާނުގައި ވަނީ، އެ ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް އިއްޔެއާ ހަމައަށް މުއްދަތު ދީފަ އެވެ.
ނަމަވެސް، އެ ވަގުތު ހަމަވި ފަހުން، ކުރީގެ އިއުލާން ބާތިލްކޮށް މިއަދު ކުރި އިއުލާނުގައި ބުނީ އެ މަގާމަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.
އޭސީސީން ދެ މެމްބަރުން ހުސްވީ، ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.
ދެ މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
މަގާމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސިޓީގައި ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ގާނޫނުއަސާސީ އަދި ގާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ކުރަމުން ދަނިކޮށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމުން، ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ދެ މެންބަރުން އިސްތިއުފާ ދެއްވުމުން އޭސީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުހައްމަދުގެ އިތުރުން ޝަޒްނާ ހާޝިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިނާން
18 December 2024
ބާތިލުކުރިއްޔޭ.. ޕިސް ޕިސް.. ކީއްވެބާ ދޯ..
ސާނާޒް
18 December 2024
ޢަނެއްކާ މިޖެހުނީ އަލުން ފޯމު ސެޓް ތައްޔާރުކުރަން.. މި ޕްރޮސެސްވެސް ޑިޖިޓަލްކުރާނެ ނަމަ..
ޗެޓު ޖީޕީޓީ
18 December 2024
ހާޑު ކޮޕީ ހިފައިގެން ރައީސް އޮފީހަށް ނުގޮސް، ޕޯޓަލްއަކުން މިމަގާމުތަކަށް ކުރިމަތިލެވޭނެ ގޮތް ހަދާނެ ދުވަހެއް ނާންނާނެތަ؟
ވަރުދާ
18 December 2024
ޢަސްލުވެސް ދޯ. މިއޮށް ޒަމާނުގަ އަދި..
ތަޣައްޔަރު11
18 December 2024
ފެންނަނީ އެތެރެ ކޮރަޕްޝަންއިން ތަޣައްޔަރުވަމުން ދާތަން. ނަންލިސްޓު ތަރުތީބުވަނީ، އެންމެ ނުކުތާއަކަށް ބަލައިގެން. ކުރިމަތިލުންވެސް އެކިފަހަރު އެކިގޮތަށް. އަނެއްބައިފަހަރު ވީނުވީއެއްނޭނގި އިއުލާން ބާތިލު. ވަކިމީހެއްގެ ޑޮކިއުމެންޓް އަދި ހަމަނުވަނީ ކަންނޭނގެ. ކޮރަޕްޝަނަށް ކުރެވެންހުރި ހުރިހާކަމެއް ރައީސްއޮފީސް ތެރެއިން މިކަން ހިންގާ ބަޔަކު ކުރަމުން އެބަދޭ. ފެންނަނީ ބަހާ އަމަލާ މުޅިން އިދިކޮޅަށް.
ރަދީފު ކޮރަޕިސްޓް
18 December 2024
ކުރިން ކުރިމަތި ލީ މީހުން އަލުން ފޯމު ލާން ޖެހޭނެތަ؟ ކީއްވެ އަލުން އިއުލާން ކުރީ