މާލެ: ގަލޮޅުގެ އިތުރު ގެއަކުން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި.-- ފޮޓޯ: މިހާރު
22 ޑިސެމްބަރ 2024 - 09:10
ގަލޮޅުގެ އިތުރު ގެއެއްގައި މަރުވެފައި އޮތް މީހަކު ރޭ ދަންވަރު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ ގ. ބިއުޓީ ވިލާ، ދާއޫދު ޖިމްރީޒް، 45 އެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ރޭ މެންދަމު 1:27 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު، އިއްޔެ ހަވީރު ވެސް ވަނީ ގަލޮޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފަ އެވެ. ނަމަވެސް، އެއީ ކާކު ކަމެއް، އޭނާއަށް ވީ ގޮތެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
22 December 2024
ޑްރަގްގެ ބޮޑުންނަކީ އިއުތިރާފުގެ އެއްބަސްވުން އެންމެފަސޭހައިން ހެދޭމީހުން، އަދި ކިތަންމެބޮޑު ޑްރަގް ބޮނޑިއަކާއެކު ހައްޔަރުކުރިޔަސް ކޮންމެސް އުންސުރެއްހަމަނުވެގެން އެންމެ ފަސޭހައިން ދޫކޮށްލާމީހުން. މީ ސަރުކާރުގެ ބޮޑުންގެ އަތެއް ފައެއްވެސް މިކަމުގަ ނުހިމެނޭތީ ކަންހިނގާގޮތްތޯ؟.
ސަމީ
22 December 2024
ހެހެ.އަނެއްކާ ކޮންމެ ގެއެއްގެ ކަންމަތީގައި ފުލުހެއް މިހާރުހުރި ކަމިޝަނަރ ނުބަހައްޓާނެބާ. އެސޮރު ގަބޫލުކޮށްފާނެ ކޮންމެ ގެއެއްގެ ކަންމަތީގައި ފުލުހެއް ބެހެއްޓީމަ މަރުތައް މަދުވާނެއޭ
ދިވެހިބިން
22 December 2024
ހާދަބައެކޭ ގޮތްނޭންގޭގޮތްގޮތައް މަރުވެފަތިއްބާ މިފެންނަނީ... މުސްކުޅިންބުނެއުޅެއެއްނު ވައްކަމާ ދޮގުހެދުމާ ފަސާދަ އާންމުވެއްޖެނަމަ އެތަނެއް ނާމާންވާނެއޭ!
ސީޒަނޭ
22 December 2024
ސީޒަން ފެށުނީ.. ދެން ފުލުފުލުގަ މި ޒާތުގެ ހަބަރުތައް ތޯއްޗެ އިވޭނީ.. މިރާއްޖޭގަ އަންނާނި ހުސް ސީޒަންތަައް.. ވަގުން މަތިން ވެއްްޓޭ ސީޒަނާއި، ވަޅި ޖަހާ ސީޒަނާއި، ވައްކަމުގެެ ސީޒަންތަކާއި ސިޔާސީ ބޮޑެތި ކޯޅުމުގެ ސީޒަންތައް..
ކިމް
22 December 2024
ސީޒަން ސީޒަން އަށް ދޯ ކަންކަން މިވަނީ…
ފޮނިފޮނިޓައްޕު ކުމާރު
22 December 2024
ޖިމްރީޒް؟...... މަރްޙޫމްގެ ފުރާނައަށް ރަޙްމަތްލައްވާށި. އާމީން.
1181
22 December 2024
ދަންނަ މީހަކީތޯ؟
ޖިބޭ
22 December 2024
ހިތާމަހުރި. މުޅި އުމުރު މަސްތުވާތަކެތީގެ ވަބާގައި. ވަގުތު ފާއިތުވެގެން އެދިޔައީ
މުޖައްރިބު
22 December 2024
މާލޭގެ ހުރިހާ ގެއަކަށް ފެން ކިޔަވަން ޖެހޭ. އެމް ޑަބްލިއު އެސް ސީ އިން ފެން ފޮނުވާ އިރު ޓޭންކަށް ފެން ކިޔަވާފައި ފޮނުވަން ވީ. ވަރަށް މުހިންމު ކަމެއް.
މިހާލި
22 December 2024
ޢުހު އަރެމެން ގެޔައް ތި ފޮނުވާނެކަމެއް ނެތް . މާލެ ތެރޭ މާބާރުގަދަ އެއްޗެއް އެނބުރެނީބާ
ވޮޗްމޭން
22 December 2024
މިހާރުވެސް ފޮނުވަނީ ދެ އިރު ކިޔަވާފަ. ކަލޭމެންނަށް ނެގެނީނޫން.