އެންސީއައިޓީގެ އެކައުންޓު ހެކްކޮށްފައި.-
26 ޑިސެމްބަރ 2024 - 15:54
ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ އެކްސް އެކައުންޓް ރޭ ހެކްކޮށްފި އެވެ.
ސަރުކާރުގެ ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ސެންޓަރުން އިއްޔެ މެންދުރު ވަނީ މައިކްރޮސޮފްޓް 365 އެޑްމިނިސްޓްރޭޓަރުންނަށް ބޭއްވި ފަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމަށް ޕޯސްޓުކޮށްފަ އެވެ.
ނަމަވެސް، އެ އެކައުންޓުގެ އެކްސެސް ފަހުން ވަނީ ގެއްލިފަ އެވެ.
އެންސީއައިޓީގެ އެކްސްގެ ނަން ވެސް، އެލްސީއެމްބާޑު ނަމަކަށް ކިޔާ ބިޓްކޮއިންގެ ވިޔަފާރިކުރާ ބައެެއްގެ ނަމަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު، އެކައުންޓުގެ ޔޫޒާ ނަމަށް ބަދަލެއް ނާދެ އެވެ.
އެ ތަން ހިންގާ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ބުނީ އެކައުންޓުގެ ކޮންޓްރޯލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ސެންޓަރުގެ އެކައުންޓް ހެކްކުރުމުން ސޯޝަލް މީޑިއާގައި ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ. އެ މީހުން ބުނާގޮތުން ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ރައްކާތެރިކަން ނެތްއިރު، އެންސީއައިޓީން ބަލަހައްޓާ ދިވެހިންގެ ޒާތީ މައުލޫމާތުތައް ލީކް ނުވާނެތޯ ބައެއް މީހުން ސުވާލު އުފެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރބިނާނަތު
27 December 2024
އެންސީއައިޓީގަ ހުރިހާ ތަންދޮރު އެނގޭ މީހުންތައް ޓްރޭޑްނެޓަށް ބަދަލުވީ ބޮޑުމުސާރަ ލިބޭތީ. ތިތާ މީހާރު އުޅެނީ ސުމެއްގެ ޓީމެއް. މީޓިންތަކުގައިވެސް ހަމަނުޖެހޭ ވާހަކަ ދައްކާ ބައެއްތީ. ޖެމްސް2 ވެސް ނުނިމިގެން އެތައް ދުވެހްއް ފާއިތުވީ. އެއްވެސް ފެންވަރެއް ނެތް ހަމަ. ޔޫޔައި ޑިޒައިނަރޭކިޔާފަ އުޅޭމީހާއަށް ޔޫޔައިގެ ބެސްޓް ޕްރެކްޓިސްވެސް ނޭންގޭ. ހަމަ ސުމެއް. ޑިވޮލޮޕަރުންނަށް ނޯޑް ޖަވާއަށް އެހާ ކޮށި. ޕީއެޗްޕީ އެކަނި އެނގެނީވެސް. އެވެސް މިޑް ލެވަލަށް.
ޚސކސކ
27 December 2024
އީފާސް ކިޔާ ނޮހޮރުއްޕާން އެއްޗެހި ހަދާ ގުރޫޕުތަ މީ
އަހުމަދުއަލޯ
26 December 2024
ސަޅި،...ލޮލް
ވަރަށްދެރަ
26 December 2024
ވަރަށް މުނާސިބު ސުވާލެއް. ހަމައެއާއެކު، އެންސީއައިޓީގެ ހާލަތު ހުރި ފެންވަރަކީ އެއީވިއްޔާ ދައުލަތުގެ ދެންހުރި ތަންތަނުގެ ހާލަތު އަދި މާ ނާޒުކުވާނެތާއޭ ވެސް ހިތަށްއަރާ.
އެހެނަސް
26 December 2024
ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހިނގާ ކަމެއް އެންމެ ބޮޑެތި ސަރުކާރު ކުންފުނިތަކުގައި ވެސް.
ބޯހިލިކް
26 December 2024
ތި ކިނާނަތު މެން އައިސް މުޅި ތަން ހަރާބް ކޮށްފި. ކުރެވޭ އެއްކަމެއްވެސް. ކުރަން އެނގޭ ކަމެއްވެސް ނެތް.
ޢަލީ އަހުމަދު
26 December 2024
ޙުސް މާ އިނގޭ މީހުން އުޅޭ ތަނެއް.