މޯލްޑިވިއަންގެ ދެ ބޯޓު: އަަލަށް ގެންނަ ވައިޑް-ބޮޑީ އެއާކްރާފްޓުން ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެވޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
31 ޑިސެމްބަރ 2024 - 13:29
މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑް ބޮޑީ އެއާކްރާފްޓަށް ގިނަ މުވައްޒަފުން އަލަށް ނަގާފައިވާ ކަމަށް އެ އެއާލައިނުން އިއްޔެ ބުނެފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއާބަސް އޭ-330 މަރުކާގެ ބޯޓު އަންނަ ހޯމަ ދުވަހު ރާއްޖެ ގެނެސް، ދަތުރުތައް ފަށަން ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. އެއްފަހަރާ 264 މީހުން އަދި ދުރު މަންޒިލަށް ދަތުރުކުރެވޭ ބޯޓަށް 21 މުވައްޒަފުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި އޭ-330 ގެ ކެޕްޓަން ޓްރެއިނީއަކާއި އެ ރޭޓިންގެ ދެ ކެޕްޓަނުންނާއި ދެ ފަސްޓް އޮފިސަރުންނާއި 14 ކެބިން ކްރޫ އަދި ދެ އިންޖީނިއަރުން ހިމެނެ އެވެ. މުވައްޒަފުން ނެގީ، ޗައިނާ ބަހުން ވާހަކަ ދައްކާ އަށް ކެބިން ކްރޫން ވެސް ހިމަނައިގެންނެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދަތުރުކުރާ މަންޒިލްތައް ފުޅާކުރަމުން ގޮސް އަންނަ އަހަރުގެ ތެރޭގައި ޗައިނާ އާއި ޔޫރަޕްގެ މަންޒިލްތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޑިސެމްބަރު މަހު "މިހާރު"އަށް ވިދާޅުވީ އެ ބޯޓުތަކާ އެކު އާ ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީ އަށް ދަތުރުތައް ބަލާފައިވާ ކަމަށެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 24 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓާއި ޑޭޝް މަރުކާގެ ހަ ބޯޓާއި ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ. މި ވަގުތު ބޭރު ދަތުރުތައް ކުރުމަށް ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއައު
31 December 2024
ޕައިލެޓަކަށް ވެސް އެކްޓިވިސްޓެއްލާ. އެހެން މަގާމުތަކައްވެސް ލީއެއްނުން ވާއެއް ނުވާއެއް ނޭނގުނަސް. އެހެންވީމަ ޕައިލެޓުކަން ވެސް ކުރެވޭނެ
މުހައްމަދު އަލީ ޖަނާހް
01 January 2025
އެމްޑީޕީ ފުރަތަމަ ފަހަރަށް ވެރިކަމަށް އައި ހިސާބުން ފެށިގެން އެކައްޗެއް ނޭނގުނަސް އެކްޓިވިސްޓުން ލާން ފެށީ. އޭގެ ފަހުން އެކަން މި ހިނގަނީ އެމަގުން. އިންސާފަށް ލޯބިކިރާ ތެދުވެރިއަކު މި ދެއްކި ވާހަކަ ޤަބޫލުކުރާނެ.
އުދުހެނަ ބަތްތެއްލާ
31 December 2024
ކުދިންނަށް ވަޒީދީފައި ގްރޫޕު ފޮޓޯ ނެގުމަށްފަހު ކަނޑާ ނުލާތި ހަނދާންކޮށް