ލައިފްސްޓައިލް / ޒުވާނުން

ހާދަ ފޫއްސޭ، މިތާ ކުރާނެ އެއްކަމެއް ވެސް ނެތް!

ފާލަން މަތީ މީހެއް ވީޑިއޯ ކޯލެއްގައި --- ފޮޓޯ: ފަޔާޒް މޫސާ

އެއްބަޔަކު އެއް ކޮފީން އަނެއް ކޮފީއަށް އަރައަރައި ތިއްބާ ދުވަސް ނިމިދާނެ އެވެ. އަނެއް ބަޔަކު އަބަދުވެސް ކޮންމެވެސް ކެއުމެއްގަ އެވެ. މި މީހުންގެ ޖަވާބަކަށް ވާނީ މިތަނުގައި ދެން ކުރާނެ އޮތީ ކޮން ކަމެއް ހެއްޔޭ އެވެ.

ދޮގެއް ނޫނެވެ. މުނިފޫހިފިލުވާލައި ކުޅިިވަރުކުޅެން މި މާލެއިން ޖާގައެއް ފުރުސަތެއް ދައްކަބަލާށެވެ. ފުޓްސަލް ދަނޑުތަކާއި އިންޑޯ ކޯޓްތަކާއި ދެން މިހެން ހުރި ކޮންމެ ތަނެއް އެއީ ހަގީގަތުގައި އާންމުންނަށް ހުރި ތަންތަނެއް ނޫނެވެ. ކޮންމެވެސް ގްރޫޕެއް، ޖަމިއްޔާއެއް، އެކަޑަމީއެއް ނުވަތަ ކްލަބަކަށް "ހިބަކޮށްފައި" ހުރި ތަންތަނެވެ.

ހުރިހާ އުމުރުފުރާތަކަށް ކަމުދާނެހެން ކުޅިވަރު ކުޅެވޭނެ އެކި ކަހަލަ އާކޭޑްތަކާއި ގޭމިން ފެސިލިޓީތަކާއި ކުޅިވަރު ކޯޓުތައް އެހެން ގައުމުތަކުގައި ހުންނަހެން ނުވަތަ ރާއްޖޭގެ ނިސްބަތުގައި ވެސް މިތާކު ނެތެވެ. ބޭނުން ވަގުތަކު ކުރެވޭނެ ކަމަކަށް އޮތީ ކަރޯކޭ ނުވަތަ ނޫނީ ކޮފީއަކަށް ދިއުމެވެ.

އާޓިފިޝަލް ބީޗުގައި ހުރި ޖޯއްޔެއްގައި މީހަކު އޮށޯވެލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެކަމަކު މީގެ އަހަރުތަކެއް ކުރިއަށް ދާއިރު، 1990 ވަނަ އަހަރު މިނިވަން 25 ފާހަގަކުރުމުގެ މުނާސަބަތުގައި ހުޅުވި ސަރުކާރު މުވައްޒަފުންގެ ނާދީ އަކީ އެ ދުވަސްވަރަށް ބަލާއިރު ހައްލެކެވެ. މިހާރު ޓާޓާ ފްލެޓްތައް އަޅަމުންދާ ބިމުގައި ގޯތިތެރެއަކާއި އިންޑޯ އެކި ކުޅިވަރުތަކާ އެކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެ ތަން ހުޅުއްވައިދެއްވީ ސަރުކާރު މުވައްޒަފުން މަސައްކަތުގެ މާހައުލުން ބޭރުން ބައްދަލުކޮށް، އެކި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބިދޭ އުފާވެރި ޖައްވެއް ތަނަވަސްކުރުމުގެ މަގްސަދުގަ އެވެ. މި ނާދީގައި ކެރަމާއި ރާޒުވާ އާއި ބެޑްމިންޓަނާއި ޕިންގްޕޮންގް ކުޅެވެން ހުއްޓެވެ. އަދި މާލޭ ފިޓްނަސް ކްލަބްގެ ޖިމެއް ވެސް ހިންގި އެވެ.

"ހާއްސަކޮށް، ތަފާތު އޮފީސްތަކުގެ މެދުގައި ހުންނަ ބައެއްކަހަލަ މައްސަލަތަކަކީ، އަޅުގަނޑު ހިތުން މިކަހަލަ އުފާވެރި ޖައްވެއްގައި، އެތަންތާނގެ މުވައްޒަފުން ބައްދަލުކޮށްލައި ވާހަކަ ދައްކާލުމުން ވަރަށް ފަސޭހައިން ހައްލުވެގެންދާނެ ކަންތައްތަކެއް. އެކަހަލަ އެއްވެސް ފުރުސަތެއް ނެތުމުން ސަރުކާރުގެ މުވައްޒަފުންނަށް އެމީހުން އަރާމުކޮށްލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ތަނެއްވެސް ނުހުރޭ. އަދި އެއީ އެމީހުންގެ ހަޔާތަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް ކަމުގައި އޮންނަނީ ފާހަގަކުރެވިފައި،" ސަރުކާރު މުވައްޒަފުންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި މައުމޫނު ވިދާޅުވި އެވެ.

އެތަން އުވި ހިނގައްޖެ އެވެ. އޭގެ ފަހުން އެކަހަލަ ކަމެއް ނެތެވެ.

ދެން ފެނުނީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ހުޅުވި އަލިމަސް ކާނިވަލުގެ ސްޓޯލްތަކެވެ. މިއަދު މިއުޒިކް ޝޯ އާއި ސިޔާސީ ސަކަރާތް ކާނިވަލުން ފެނުނަސް އެއް ޒަމާނެއްގައި އެއީ ވަކި ކުލައަކަށް ނުބަލައި އާއިލާތަކާއި ރައްޓެހިގެން ގޮސް އެކި ގޭމުތައް ކުޅެން އޮތް އުފާވެރި މާހައުލެކެވެ. ދެން މިދިޔަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ދެތިން ދުވަހަކަށް ބޭއްވި މިނިވަން އުފާ ކާނިވަލުން ވެސް އެ ފެނުނީ މިހާރުގެ ޖީލަށް ބޭނުންވެފައި އޮތް މި ފުރުސަތުތަށް އޮތް ޑިމާންޑެވެ.

މީހަކު ފާލަން މަތީ ފޯނާއި ކުޅެނީ -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު

މިފަދަ ކުޅިވަރާއި މުނިފޫހިފިލުވުމުގެ މައިދާންތަކަކީ ހަމައެކަނި ފޫހި ފިލުވުމަށްވުރެ ބޮޑަށް، އެކަކު އަނެކަކާ ބައްދަލުވެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި އެކިކަހަލަ ކުޅިވަރާއި ގޭމުތަކުން އާންމު ދިރިއުޅުމުގެ ނުތަނަވަސްކަމާއި، ސްޓްރެސް ފިލުވައިދީ، މީހާގެ ކޮގްނިޓިވް ހުނަރުތައް ތަރައްގީ ކޮށް، މައްސަލަ ހައްލުކުރުމުގެ ހުނަރު ވެސް ފަހި ކޮށްދެ އެވެ.

ގޭތެރޭގައި އަބަދު ތިބުމަށްވުރެ ބޭރު ތެރެއަށް ނުކުމެ، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ކޮންމެ އުމުރަކަސް ހުސްވަގުތުތަކުގެ ބޭނުން ހިފައި، އިޖްތިމާއީ އަދި އުފެއްދުންތެރި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތެއް ލިބި އެވެ.

ހަމަ އެގޮތަށް، މިއީ ރައްޓެހިންނާ ބައްދަލުވެ ކޮފީ މޭޒުގައި އެތައް ގަޑިއިރެއް ބޭކާރު ވާހަކަދެއްކުމުގައި ހޭދަކުރުމަށްވުރެ މާނަވީ ގޮތެއްގައި ވަގުތު ހޭދަކޮށް އުފާކޮށްލަން ލިބޭނެ ފުރުސަތެކެވެ.

މާލޭ ޓްރެކްގައި ބަޔަކު ކަސްރަތަށް ދުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އާންމުންނަށް ވެސް ކުޅިވަރު ކުޅެވޭނެ ގޮތެއް ބޭނުންވޭ

ކުޅިވަރާއި ހެލިފެލިވެ އުޅުމާ ނުލައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ފުރިހަމައެއް ނުވެ އެވެ. އެކަމަކު އެކިވަރުގެ އެކިގޮތްފޮތަށް ގާ އަޅާފައި ހުރި މި ފުރަމާލެ ވަށައި ދުވުމަކީ ވެސް ކޮންމެ މީހަކަށް ކުރެވޭނެ އަދި ކުރަން ރަނގަޅު ވެސް ކަމެއް ނޫނެވެ. ދެން ދާން އޮތީ މާލޭ ދުވާ ޓްރެކަށެވެ. އެއް ލޭނުގައި ތަމްރީނުކުރަމުންދަނީ ގައުމީ ޓީމުގެ ދުވުންތެރިންނެވެ. އަނެއް ލޭނުގައި ފަރިތަކުރަނީ ކުޅިވަރު އެކަޑަމީތަކުގެ ދަރިވަރުންނެވެ. ދެން އޮތް ލޭނުގައި ފޯރީގައި ބޫޓް ކޭމްޕު ޖައްސަނީ އެވެ. އާންމު މީހާ ދުވެލާނެ ފުރުސަތެއް މިތާކު ވެސް ނެތެވެ.

ކުޅިވަރު ކޯޓުތަކުގެ ހާލަތަކީ ވެސް މިއެވެ. ފުޓްސަލް ދަނޑުތަކެއް ކޮންމެ އަަވަށެއްގައިހެން ހުރެ އެވެ. އެކަމަކު މި ދަނޑުތަކަށް ރައްޓެހިންނާ އެކީ ގޮސް ކުޅެލެވޭ ވަރަށް ވުރެ ޑިމާންޑް ބޮޑުވެފައި ޖާގަ ހޯދަން އުނދަގުލެވެ.

ބެޑްމިންޓަން ކުޅުމަށް ވެސް ގައުމީ ޓީމާއި ކްލަބުތަކާއި އަދި އާންމުންވެސް ދާންއޮތީ ހަމަ އެއް ކޯޓަކަށެވެ. ކުދިކުދި ކޮޓަރިތަކުގައި ތާށިވެފައި ތިބި ކުޑަ ކުދިންނަށް ވެސް އެއް އުމުރެއްގެ ކުދިންނާ އެކު މިފަދަ ކުޅިވަރުތައް ކުޅެން ދަސްކޮށް، އެ ހުނަރުތައް ތަރައްގީ ކުރުމުގެ ފުރުސަތުތައް ލިބެން ހުރީ އަތުން ގުނާލެވޭހާ ވެސް މަދުންނެވެ.

"ބެޑްމިންޓަން ކުޅެންޏާ މި ތިބެންޖެހެނީ ހެނދުނު 8 ޖަހާއިރަށް ބަލަބަލާ. ކިރިޔާ ވެސް ލަސްވެއްޖިއްޔާ ގިނަފަހަރު ބޭނުންވާ ގަޑިއަކަށް ނުލިބޭނެ ކޯޓެއް. ކަމާކަންފަށާ ދާން ވެސް މި ޖެހެނީ ހުޅުމާލެ. އެކަމަކުވެސް ހަމަ ކުޅެން ބޭނުންވާތީ ދަނީ،" އާންމުކޮށް ބެޑްމިންޓަން ކުޅެންދާ ޒުވާނަކު ބުންޏެވެ.

ކުދިންތަކެއް މާލޭގައި މޫދަށް އެރެނީ -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ބޭނުންވަނީ އާކޭޑުތަކާއި، އެކިކަހަލަ ސްޕޯޓްސް އެރީނާތައް

މިފަދަ ކުޅިވަރާއި މުނިފޫހިފުލުވުމުގެ ހަބްތަކަށް އެންމެން ވެސް މި ތިބީ ކެތްމަދުވެފަ އެވެ. ތަރައްގީވަމުން އަންނަ ސިޓީތަކުގައި އެންމެ މަގްބޫލު ތަންތަނަކީ ވެސް މިއީ އެވެ. އީ ސްޕޯޓްސް އެރީނާތަކާއި ވީއާރް ގޭމިން ސެންޓަރުތަކުގެ ވިޔަފާރި 2030 އާ ހަމައަށް 65.5 ބިލިއަނަށް އަރާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރާއިރު ރާއްޖޭގައި ވެސް މި ދާއިރާ ފުޅާކުރެވޭނެކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.

މީގެ އިތުރުން ތަފާތު އުފެއްދުންތެރި ފަންނުތައް ވެސް މުނިފޫހި ފިލުވުމުގެ ގޮތުން އަޖުމަ ބަލާލެވޭނެ ފުރުސަތުތަކެއް ފަހިވާން ޖެހެ އެވެ. އޮއެވާލި އާޓް ފިހާރައިގެ "ޕޯ އަ ކޭންޑަލް" ތަޖުރިބާ އާއި ކްލޭސްޓޫޑިއޯގެ އެކި ސެޝަންތަކަށް އޮތް ޑިމާންޑް މިކަމުގެ ހެއްކަކަށް ފުދެ އެވެ.

"ވަރަށް ޑިމާންޑް އޮވޭ. އެންމެ ގިނައިން އަންނަނީ 20-30 އަހަރުގެ ޒުވާނުން. ރައްޓެހިންނާއި، ކަޕްލްސް އަށް ހާއްސަ ޕޮޓަރީ އަދި ޑޭޓް ނައިޓް ކްލާސްތަކަށް ވެސް ޑިމާންޑް ބޮޑު. އަދި ޗުއްޓީތަކާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަކޮށް ބާއްވާ ސެޝަނަށް ވެސް ބޮޑު ތަރުހީބެއް ލިބޭ،" ކްލޭ ސްޓޫޑިއޯގެ މާކެޓިން ޓީމުގެ ފަރާތުން ބުންޏެވެ.

މި ނޫނަސް، މިފަދަ އާކޭޑްތަކާއި ގޭމިން ސެންޓަރާއި ކުޅިވަރު ކުޅޭނެ މައިދާންތަކުން މިހާރު ގެތަކުގައި، އެކަހެރިވެ، ސްކްރީނަށް ގެއްލިފައި ތިބޭ ޅަ ޒުވާނުންނަށް މީހުންނާ ބައްދަލުވެ ގުޅުން ބަދަހިވުމުގެ ފުރުސަތު ފަހިވާނެ އެވެ.

65 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 7%
icon angry icon angry 7%
icon wow icon wow 4%
icon inlove icon inlove 54%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދސފދފ

11 January 2025

ކުޑަކުއްޖަކު ހިންހަމަ ޖައްސާލާ ހިނގާ ދުވެހަދާލަން އޮތީ ސެންޓްރަލްޕާކު އެކަނި

The name is already taken The name is available. Register?

މީ99

10 January 2025

90ގެ މައުމޫނުގެ އަހަރުތަކުގެ ވާހަކަ ދެއްކީމާ ޒާތެއްގެ ރުޅިއެއް އަންނަނީ. މިމާލޭގެ އިޖްތިމާއީ ޙާަލަތު މިދަރަޖައަށް ވައްޓާލި މީހަކީ މައުމޫން. ހުރިހާ ބާރެއް ލިބެ އޮވެމެ، އެއްވެސް ވިޝަންއެއް ނެތި، ހަމައެކަނި ވެރިކަން ހިމާޔަތްކުރުމުގެ ޓާގެޓްގައި ވެރިކަން ކުރީ. މިއަދު މައުމޫން މުސްކުޅިވީދުވަހު މިޒާތުގެ އެއްޗެހި ނުލިޔުއްވާ. އޭރުން މީހުންނަށް ކިޔޭ އެއްޗެހި މަދުވާނެ.

The name is already taken The name is available. Register?

ޖާގަ ލިބެނީ ބަންގާޅީންނަށާއި ބިދޭސީންނަށް

10 January 2025

ޚާއްޞަކޮށް މާލޭގައި މަޑުކޮށްލާނެ ޢާންމު ތަންތަނުން ދިވެހިންނަކަށް ޖާގައެއް ނުލިބެ އެވެ. އެތަންތަން ފުރިފައި އޮންނަނީ ދެޖިންސުގެ ބަންގާޅީންނާއި އެހެންވެސް ބިދޭސީންނެވެ.

The name is already taken The name is available. Register?

ސްވިމިންގް ޓްރެކް

09 January 2025

ސްވިމިންގް ޓްރެކް ވެސް މީ މިހެން ވެފަ އޮތް ތަނެއް. ވަކި ބަޔަކު ހިބަކޮށްގެން އެތަން ބޭނުންކޮށްގެން މުއްސަނދި ވަމުންދާ ތަނެއް. އާއްމުންނަށް ބޭނުންކުރަން ލިބެނީ މެންދުރު އެންމެ ހޫނު ގަދަވާ ގަޑިއާ ރޭގަނޑު ދަންވަރު ގަޑި އެކަނި.

The name is already taken The name is available. Register?

ބެއްޔ

10 January 2025

ތީ ވަރަށް ބޮޑު ތެދެއް. އެކަމަކު އެތާގެ ތަރައްގީ އަށްވެސް ކްލަބަކުން ކޮށްދޭ ކަމެއްނެތް

The name is already taken The name is available. Register?

ރީޖަނަލް އަފީފު ޑީޑީ

09 January 2025

ހުޅުމާލެގައި ވޯޓަރ ތީމްޕާކެއްނެތް، ޕެއިންޓްބޯލް ޝޫޓީންނެތް، ރައިފަލް ޝޫޓިންގ ކުލަބެއްނެތް، ޑާރޓްބައިކިންގ ޓްރެކެއްނެތް، ރޭސްޓްރެކެއްނެތް، ސަޅި ސުވިމިންގ ޕޫލެއްނެތް، ޑީސެންޓް ވެލްނެސް ސްޕާއެއްނެތް،ބޯލިންގް ގޭމްނެތް، ކުޑަކުދިންނަށް ކުޅެވޭނެ ތަންތަންމަދު. ހުސްވައްކަމާ މާރާމާރީ، ސައިކުދުއްވާފަ ކޮފީބުއިން

The name is already taken The name is available. Register?

ސަހަރޯއި

09 January 2025

ދަރިން ދުވެލާނެތަނެއް ނެތިގެންތަ މިއުޅެނީ. ފައިއިނދުނުފުރައިން އިނގިލިކުރީގަލާގެން އޮތްހާ ކުޅިވަރެއްގައި ބައިވެރިކޮށްގެން ދެނަމާދުދޭތެރެއެއް އަތްވެއް ވާރެއެއް ބަލާނެކަމެއްނެތް ދެކޮޅަށްދަމާ ދަރިންތައްވަނީ ހަލާކު. ބޮޑުވެގެން ކަންމަތީ ބިއްޖެހިފަ

The name is already taken The name is available. Register?

ޔާރު

10 January 2025

ކޮބާ އަމިއްލަ ދުޅަހެޔޮކަން.

The name is already taken The name is available. Register?

ފޫހިވާކަށް ވަގުތެއްނުވޭ

09 January 2025

އޮފީހަށްދަމުން ގޭތެރެމަސައްކަތްކުރަމުން ދަރިން ސްކޫލްދޮށާ ޓިއުޝަނާ ގުރުއާންކުލާހާ ކުޅިވަރުތަކަށް ގެންގޮސް ގެނެސްހަދާފަ އެނދަށްއަރާނެވަގުތެއް ކިރިޔާވަނީ.

The name is already taken The name is available. Register?

ފައީފާ

10 January 2025

ތިމާ ބިޒީވިޔަސް ދެވޭ ނޫނީ ބިޒީ ވިޔަސް ވަގުތު ހޯދައިން ދާންބޭނުންވާ މީހުން ތިބޭ ވަރަށް ބިޒީ މީހުންވެސް ވަގުތުހޯދައިން އަމިއްލަ ހިތްހަމަ ޖެހުމަށް ވަގުތުހޯދާ މަހަކު 1 ފަހަރު ނަމަވެސް.

The name is already taken The name is available. Register?

ނިރުމަލާ

09 January 2025

އަހަރެމެން ކުޑައިރު ހެންވޭރު ބޯޅަދަނޑުގަ ކޮންމެވެސް ކުދިބަޔަކަު ފުުޓް ބޯޅަ ކުޅެން ނުއުޅޭ ވަގުތެއް ނުފެނޭ،، އަހަރެމެންވެސް ރޭގަނޑު 9 އެއް 10 ޖަހާ އިރވެސް ގޭދޮށުން ޓީމް ނަގައިގެން ކުޅެްން.. އޭރު ވަރަށް ސަޅި... ނިއުރޭޑިއެންޓް ގެ ގިނަކުޅުންތެރިންނަކީ ހެންވޭރު ދަނޑު ކައިރި ގެތަކުގެ ކުޅުންތެރިން....

The name is already taken The name is available. Register?

އައިމިނާ

09 January 2025

މިއީ މުސްލިމުން. 5 ނަމާދު ވަގުތުން ކޮށްފަ ދިރިއުޅުމަށް މަސައްކަތްކޮށްފަ ޢާއިލާއަށް އެހީތެރިވެފަ ދެން ކޮންވަގުތުތަކެއްތޯ އޮންނާނީ ބާކީވެގެން އުޅެން. ނުވިސްނޭ.

The name is already taken The name is available. Register?

ސޭދް

10 January 2025

ނަމާދު ނުކުރާ ޒުވާނުން ގިނައީ. ބުރުގާ އަޅައިގެން އުޅުނަސް ދީނާ ވަރަށް ދުރު.

The name is already taken The name is available. Register?

ދނއމ

09 January 2025

ކޮންމެކަމެއް ސިޔާސީކޮށް ދީނީކާޑުކުޅެ ހަދާކަށް ނުޖެހޭ. ސިޔާސީ ކަންތަކާއި އަޅުކަން ކޮށްފަވެސް މުނިފޫހި ފިލުވަން ބޭނުންވޭ

The name is already taken The name is available. Register?

ށަމަދު

09 January 2025

ކުރާނެކަމެއްް ނެތިގެންް އުޅޭޭ ގިނަަ މީހުނަކީީ ނަމާދެއްް ނުކޮށްް ވަޒީފާއަކަށްް ނުގޮސްް މައިންް ބަފައިންް ފެލައިގެންް ނޫނީީ ކޮންމެވެސްް ނުހައްގުު ގޮތަކުންް ލާރިި ހޯދާއިގެންް ކޮފީއަށްް ދުވާމީހުންް، ޒިންމާދާރުު ވަޒީފާގަަ އުޅޭޭ މީހަކަށްް ނޯވޭޭ ފޫހިވާނެެ ވަގުތެއްް، ދުވާލުު 10 ކޮފީއަށްް އަރާނެެ ވަގުތެއްވެސްް، އޭނާާ މަސައްކަތްކޮށްފަަ ނަމާދުކޮށްފަަ ދުވަންގޮސްް ޖިމަށްގޮސްް މޫދަށްގޮސްް އާއިލާއަށްް ވަގުތުު ދީފަަ ނިދާލަންް ލިބެނީީ ކުޑަަ ވަގުތުކޮޅެއްް

The name is already taken The name is available. Register?

ޙަސަނާަ

10 January 2025

މުސްލިމުންގެ ކޮންމެ ކަމެއް ވާންޖެހޭނީ ދީނީ ކަމަކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454