ފުލުހުން މަސްތުވާއެއްޗެހިތަކެއް ނައްތާލަނީ: ޑްރަގް މައްސަލަތަކުގައި މިހާތަނަށް 16 މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ނުލިބި އެބަހުރި --- ފޮޓޯ/މިހާރު
12 ޖެނުއަރީ 2025 - 10:39
މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލަތަކުގައި ކޯޓުތަކުން ކޮށްފައިވާ ޖޫރިމަނާތަކުން މިހާތަނަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް މީރާއިން ދިން ޖަވާބުގައި ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 16.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް ކަމަށެވެ.
ނަމަވެސް، އެފަދަ މައްސަލަތަކުގައި މިހާތަނަށް ކުރި ޖޫރިމަނާގެ ޖުމްލަ އަދަދެއް ނޭނގެ އެވެ. މީރާއިން ބުނީ ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ހުރިހާ ޖޫރިމަނާއެއް ރިކޯޑްތައް ބަލަހައްޓަނީ މައްސަލަތައް ވަކިން އެނގޭނެ ގޮތަކަށް ނޫން ކަމަށެވެ.
އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޑްރަގް ޓްރެފިކިންގެ 184 މައްސަލައަކުން ޖޫރިމަނާ ފައިސާ ނުލިބި އެބައޮތް ކަމަށް މީރާއިން ބުންޏެވެ. އެއީ އޮކްޓޯބަރު 2017 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ ދެމެދު ކޮށްފައިވާ ހުކުމްތަކުގެ ޖޫރިމަނާ އެވެ.
މީރާއިން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދަން، އެ ޖޫރިމަނާކުރި މީހުންނަށް ހަނދާންކޮށްދިނުމަށް ނޯޓިސް ފޮނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އެހެން ކުށްތަކުގައި ކޮށްފައިވާ ޖޫރިމަނާތަކަށް މިދިޔަ އަހަރު 2.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
އެ ނޯޓިސްއާ އެއްގޮތަށް ފައިސާ ނުދައްކާނަމަ އަދި މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ މަރުހަލާ ކުރިއަށްނުދާ ނަމަ ދައުލަތަށް އެ ފައިސާ އަނބުރާ ހޯދަން މަދަނީ ދައުވާ ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް މީރާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ރުޅިމަޑު
12 January 2025
ވަގައް ކުކުޅު ކޮޅު ހިފާ މީހުން ޖުރިމަނާ ނުކުރަނީ ކީތްވެ؟ މި ވެރިކަން އައި ފަހުން ކުކުޅު ކޮށި ފަޅާލައިފި 6 ފަހަރު.
ޑރ ވާންޗޯ
12 January 2025
ތިޔަޖޫރިމަނާ ދައްކަންޖެހޭ އެކަކުވެސް ޖަލުގެ ތެރޭގަ ބުރަކިޖެހުނުތޯ؟. އެމީހުން މިހާރު އުޅޭގޮތަކާ ވީތަނެއްއެގޭތޯ؟. ގެރެންޓީއާއެކު އެނގޭކަމަކީ ގިނަމީހުންވަނީ ކުރިންވެސް އުޅުނުގޮތަށް ރަނގަޅަށް އުޅެން ދޫކޮށްލާފަކަން. ދެންކޮން ޖޫރިމަނާއެއްގެ ވާހަކައެއްތީ؟.
ކާނިި
12 January 2025
ތި ނުލިބޭނެ. ހަނދާންނައްތާލާ.
ގަޅިރާއްޖެ
12 January 2025
ޖަލުގަ އޮންނަ މީހަކު ކޮންތާކުން ލާރި ހޯދަނީ؟ ގިނަފަހަރު ޖޫރިމާނާ ހުކުމް ކުރަނީ ޑްރަގްސް ވިއްކައުޅޭ ބޯއީސް... އެއީ އަތުގަ ލާރި އޮންނަ ބަޔެއްނޫން. މޮޔަ ބަޔަކު ހަދާފަ ހުންނަ ގާނޫނު ލޮލް! ގަމާރުން ހަދާފައިވާ ގާނޫނު! ދިވެހިރާއަޖްޔަކީ ދުނިޔޭގެ އެންމެގަމާރު ދައުލަތް އޮންނަ ގައުމު.
ދައުލަތުން ވެސް އެތައް ބިލިއަނެއް ނުލިބި އެބަހުރި!
12 January 2025
އެހެންމީހުން ނުދިނޭ ކިޔޭކަށްނެތެވެ! ފުރަތަމަ ސަރުކާރުން އަމިއްލަ މީސްމީހުންނަަށް ދައްކަންޖެހޭ ފައިސާ ދައްކާށެވެ! ކުޑަމިނުން ފާރމަސީތަކަށް ވެސް ފައިސާ ނުދެއެވެ. ހުރިހައި ގެއްލުމެއް ނިކަމެތި ރައްޔިތުންނަށެވެ!
ޝުކުރު
12 January 2025
ހަކުރު ބޮއެ/ވިއްކާ ހަދާ މީހުންނަށް ކުށް ސާބިތުވެ، ޖޫރިމަނާކޮށް ޖަލަށް ލާފަ އަދި ޖޫރިމަނާ ހޯދަން އެބަ އުޅޭ! މި އަޅެ އަޖައިބެއް ކަހަލަ ގައުމެއްނު؟ ހަކުރު ވިޔަފާރިކުރާތީވެ ދައުލަތަށް ލާރި ދައްކަން ޖެހެނީބާ؟ނެތް ރަނގަޅު އެއްގޮތެއްވެސް. ތިޔަ ކަމެއް ކުރާ މީހުން ޖޫރިމަނާއެއް ނޫން ކުރަންވީ! ތިޔަ ވިއްކާ މީ
ސުމަން.
12 January 2025
ޑުރަގު ލާރި ކޮޅު ވެސް ސަރުކާރެއް ނުލިބޭ؟ ކީކޭ ބުނާނީ ދޯ