އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާއި ޕާޓީގެ އިސްވެރިންތަކެއް: އެ ޕާޓީގެ އެކި ބޭފުޅުންނަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
12 ޖެނުއަރީ 2025 - 11:36
އެމްޑީޕީގެ މެންބަރުންނަށް އެކި މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލަން އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ އެކި މެމްބަރުންނަށް ސުލޫކީ މައްސަލަތަކާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތައް އުވާލަން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެ ހުށަހެޅުން ހުށަހެޅި އެއް ސަބަބަކީ އެމްޑީޕީ އިދިކޮޅު ޕާޓީއެއް ގޮތުގައި އޮވެ ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މި ނިންމުން ނިންމުމާއެކު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) އާއި ކުރިން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަލީ އާޒިމް އާ މެދު އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާނެ އެވެ.
މޫސަ 2014 ވަނަ އަހަރު އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއްގަ އެވެ. ނަމަވެސް 2023 ވަނަ އަހަރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
އެހެން ނަމަވެސް އެމްޑީޕީގެ މާލެ ސިޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާން މޫސަ ހުށަހެޅުމުން އެ ޕާޓީން ވަނީ އެ ފުރުސަތު ނުދެވޭނެ ކަމަށް އަންގައިފަ އެވެ. އެއީ 2014 ވަނަ އަހަރު މޫސައާ މެދު އެޅި ފިޔަވަޅުގެ ދަށުން، އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ނަމަވެސް، ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ ޕާޓީގެ މަގާމުތަކަށް ވާދަކުރުން މަނާ ކޮށްފައި އޮތުމުންނެވެ.
ޕާޓީގެ ވިޕާ ހިލާފުވި މައްސަލާގައި އާޒިމް ވެސް އެމްޑީޕީން ވަކިކޮށްފައިވާއިރު، ގައުމީ މަޖިލީހުން އެ ނިންމުން ނިންމި ފަހުން އޭނާ ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމައިފަ އެވެ. އަދި އެމްޑީޕީން ކުރިން ވަކިވެ ވަޑައިގެން، ޑިމޮކްރަޓްސް ޕާޓީ އުފެއްދި ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދައިގެ މެމްބަރުން
13 January 2025
ފައްޔާޒު އިސްތިއުފާ. ޕާރޓީ ހަރަކާތްތައް އެއްގޮތަކަށްވެސް ވަޔަކު ނުހިފައޭ. އިސްތިއުފާ ދޭށޭ.
ޖެއްސު
13 January 2025
އެއްވެސް އަގެއް ނެތް ބަޔަކު ވައްދަން. އެކަކަކީ އަމިއްލަ ކުންފުނީގެ މުއަޒިފުންނައް މުސާރަނުދޭ މީހަކާ އަދި މީހުންނާ ދިމާލައް ކިޔޭނުކިޔޭ އެއްޗެހި ނޭނގޭ މީހުނާ ދޮގު ހަދައިގެން މީހުންގެ ވާހަކަ ދެއްކުމުގެ ރެކޯޑް އޮތް މީހުން
ސުނާރު
12 January 2025
ފޫވައްކާ ގުރޫޕު! އަމިއްލަ ފޫވައްވެސް ކާލާފަ އެއައީ
މިކާހު
12 January 2025
ފޫވައް އުފުރާލި ގުރޫފު އެނބުރި އަންނަނީ ދެން ނޭގެ ކޮއްޗެއް ކަމެއްވެސް އުފުާރާލާނީ
މިކާ
12 January 2025
ތިޔަ ޕާޓީޣޭ ލީޑަރސިޕު ފަހަތައްޖެހިލާފަ ޒުވާނުންނައް ފުރުސަތުދީ އޭރުން ރަނގަޅުވާނެ.. ޑީއާރުޕީ ގުރޫޕު ބޭރުކުރޭ
ސޮލާމ
12 January 2025
އަންނި ގެނެސް 2028 ގަ ނެރެގެން ޕާޓީ އަށް ފައިދާވާނި މިހާރު ތިބި ޑީއާރުޕީ މީހުން ތައް އިސްސަފުން ބޭރުކުރޭ
ހަމަދު
12 January 2025
އެމްޑީޕީގެ ނިމުން ކައިރިވާ ވައްތަރު ޖަހަނީ
ޓިން ޓިިން
12 January 2025
ފައްޔާޒާ އިބޫ އެއްފަރާތްވެފާ އަނެއްކާވެސް އަންނިއާ އަންނިގެ ގުރޫޕަށް އެމްޑީޕީ ހަވަަލުކުރޭ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 January 2025
މިހާރު މިއީ އެމް.ޑީ.ޕީގެ ސަފުތައް ރުކުރުވާލަންވީ ވަގުތު. މި ހުސް އަނގަ ތަޅާ ހަމައެކަނި އާޓު ދައްކާ ސަރުކާރު ރަނގަޅަށް ޖަވާބުދާރީ ކުރުވަންވީ ވަގުތު. އެމް.ޑީ.ޕީ އަށްވުރެ މިކަންކަމަށް ފަރިތަ ސިޔާސީ ހަރަކާތް ހިންގާ ބަޔަކު މިއަދު ރާއްޖެއަކު ނޫޅޭނެ ހަމަ ގައިމުވެސް
ކޮންކީ
12 January 2025
އަހަރެމެން ތިޔަ މީހުން ތިބޭ ޕާޓީއަކަށް ދެން ވޯތެއް ނުލާނަން ހެޔޮ އެމްޑިޕީ ވިޔަސް ވަރަށް ސާފު