މިފްކޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި އިލްޔާސް. އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ: މިފްކޯ
12 ޖެނުއަރީ 2025 - 12:53
މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިފްކޯގައި ތިން އަހަރު ވަންދެން މަސައްކަތް ކުރެއްވި އިލްޔާސް މިދިޔަ މަހުގެ ފަހުކޮޅު އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް އޭނާ "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.
މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުގެ މައްސަލަތަކެއް ޕީސީބީން މިދިޔަ އަހަރު ފެންމަތިވެ، އެ ކަންކަން ބަލައި ނިމެންދެން އެ ކުންފުނީގެ ހިންގުން ހަވާލުކޮށްފައި ހުރީ ވެސް އިލްޔާސްއާ އެވެ. އެ މައްސަލަ ބެލުމަށް ފަހު ސަމާހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އިލްޔާސް މަގާމުން އިސްތިއުފާ ދެއްވުމުން މިފްކޯގެ ހިންގުން މިވަގުތު ބަލަހައްޓަވަނީ ޖެނެރަލް މެނޭޖަރު ހާމިދު ނަޒީމެވެ.
މިދިޔަ މަހުގެ ކުރީ ކޮޅު މިފްކޯގެ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަން ކޮށްފައިވީ ނަމަވެސް، އޭނާ އަދި ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައެއް ނުގަންނަވަ އެވެ.
އިލްޔާސް މަގާމުން އިސްތިއުފާ ދެއްވިއިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅީނަ
13 January 2025
މިހާރު އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން. އެއް އަހަރު ދުވަހު ބޮޑެތި ޗެލެންޖިން ތަކާއި އެކު ވަރަށް ހިތްވަރު ކޮށްލައިގެން ތަން ހިފަހައްތައިލަިފި އިލްޔާސް. މިފްކޯ މިއޮތް ހުރިހާ ދުވަހު ހިންގީ ބޯޑުން ބޭނުންވާ ބައެއް ލައިގެން . ކުންފުނި އެތެރޭގައި ހުސް ޕޮލިޓިކްސް އޮތީ. މި ބައިވަރު އެބަ ޖެހޭ އެއްފަރާތް ކުރަން. ނަމެއްގައި އިލްޔާސް ހަވާލު ވެގެން ހުރީ. އިލްޔާސްގެ ދުވަސް ދުއްވާލަން ތައްޔާރައް ބޯޑު އޮތީ ބުނާ ގޮތް ނުހަދާފިއްޔާ. މީ ހަގީ ގަތަކީ ރައީސް
ކޮރުއަލީ
13 January 2025
ފަތުފުށް ބަލާލަންވާނެ އިސްތިއުފާ ގަބޫލު ކުރުމުގެ ކުރިން
ކުއްލި މުއްސަދި ރާމިޒު
13 January 2025
ތިޔަ ތަނުގެ ޕްރޮކިއުމަންޓް ގެ ހާލަތު ގޮއްސަ އޮތްހިސާބު ވޭތުވެ ދިޔަ ތިން ހަތަރު ގެ ހިސާބު ތައް ބަލާލީމާ ފެންނާނެ.. ވިނަރެސް އިން ތިން އެޕާޓްމަންޓް ގަނެލައިގެން ތިބި މީހުން އެބަތިބި....ފުޅާ ތަހުގީގެއް ހިންގައި މިބާވަތުގެ ކުއްލި މުއްސަދިކަން ހޯދި ގޮތް އެމީހުން ލައްވާ ބުނުވާ...
އިލިޔާސް
13 January 2025
މުއާޒް ބުނާހާ ކަމެއް ނުކުރެވޭނެ!
ސެޓަލައިޓު
12 January 2025
އަހަރެން އިލްޔާސް ދަންނަން. އެއީ ރަނގަޅު، ހިތްވަރު ގަދަ، ވިސްނައިގެން ކަންކަންކުރާ މީހެއް.
ހިތްވަރު
12 January 2025
މަގާމު ދޫކޮށްލާނީ ހިތްވަރު ހުރީމަ.
ހާލަތުމީ
12 January 2025
އެބަ ރަނގަޅުވޭ. ތިމީހުން ތިބެގެން މަސްވެރިކަން ދިޔައީ ދަށަށް. ތިމަންނައަށް ނުވިކަން އެނގިގެން ތި ނެގި ފިޔަވަޅަށް އައްސަރިބަސް.
ހިތަދޫބޭ ތަލަބޭބޭ
12 January 2025
އިލްޔާސު އާއި މިފްކޯ ހިންގުން ހަވާލުކުރީމަ އެންމެ ފުރަތަމަ ވެސް ގެނައި ބަދަލަކީ ކޮރަޕްޝަން ހުއްޓުވަން ކުރީގެ ސީއީއޯ ޝައްމާން އަޅާފައި ހުރި ފިޔަވަޅުތައް އުވާލައި ކަރަޕްޝަން ހިންގާ މީހުންނަށް ކުރީގެ މަގާމުތަކާ ބާރުތައް ދިނުން. އޭގެ އިތުރަށް އައްޑޫގައި ހިންގާ މަސްފެކްޓަރީއަށް ޝައްމާން އައްޔަންކުރި ރީޖަނަލް މެނޭޖަރު ވެސް މަގާމު ދަށްކޮށް ކޮރަޕްޓު މީހުންނަށް އެތަން ހިންގަން ދިނުން. އިލްޔާސުގެ ދުވަސްވަރު މިފްކޯގެ ކޮރަޕްޝަން އޮތީ މެކުހަށް ޖަހާފައި
މިފްކޯ ޒުޥާނާ
12 January 2025
ކޮރަޕްޝަން މުލުން ލުހެލާނެކަމަށް ރައީސް ޑރ.މުއިޒް ބުނުއްވިތާ ހަފަތާއެއް ނުވެ އަމިއްލަ އެބައިމީހުން މަޤާމްތައް ދޫކޮށް ދާންފަށައިފި. މިހާރު ކާނެ އެއްޗެއް ބޯނެއެއްޗެއް ލިބެންނެތިގެން ދާން ޖެހޭނީ
ހަހަހަ
12 January 2025
އެހެން ހިނގާ ކަމެއް ނޫން އެއީ ދޯ؟ ބުނެލާ ބަހަކުން ހިނގާ ކަމެއްނަމަ އެކަން ކޮށްލަންވީނު ލަސް ނުކޮށް…މަގާމުގަ ބަގުޑި ބައްދައިގެން ތިބެނީ ކޮރަޕްޓު މީހުން. ދޫކޮށްލަން ކެރޭނީ ހިތްވަރެއް ހުރީމާ…
ފައިނާ
12 January 2025
އަވަހޭބެޗިގޮތް އިނގޭވިއްޔާނެތްކަން ސަލާމަތެއް