ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ބަޔަކު ޓެންޓުތަކުގެ ކައިރިން ވާރެޔާ ހިޔާވަން ކުޑަ ނަގައިގެން ދަނީ: ޣައްޒާގެ ހަމަލާތައް ހުއްޓާލައި، އާންމުން އެ ބައެއްގެ ގެދޮރަށް އެނބުރި ދާން ފުރުސަތު ދިނުމަކީ ހަމާސްގެ ޝަރުތެއް. -- ފޮޓޯ: އޭއެފްޕީ
13 ޖެނުއަރީ 2025 - 23:44
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާ ބެހޭ އެއްބަސްވުމެއް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ ފަހު ހަފުތާގެ ތެރޭގައި ގާއިމުކުރެވިދާނެ ކަމަށް ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން މިތިބީ އެއްބަސްވުމަކާ ވަރަށް ގާތުގައި، މި ހަފުތާގައި އެކަން ކުރެވިދާނެ. އަޅުގަނޑު އެކަމަށް ވައުދެއް ވަނީއެއް ނޫން. އަދި ލަފައެއް ކުރަނީއެއް ވެސް ނޫން، އެކަމަކު އެއީ ވެދާނެ ކަމެއް، އަޅުގަނޑުމެން މަސައްކަތް ކުރާނީ އެކަން ވޭތޯ،" ނޫސްވެރިންނާ ބައްދަލުކުރައްވައި ސުލިވަން ވިދާޅުވި އެވެ.
މަޝްވަރާތައް ކުރިއަށްވުރެ ވަރުގަދަވެފައި ވަނިކޮށް ބައިޑެން އާދީއްތަ ދުވަހު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަ ދައްކަވައިފަ އެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ ވެރިޔާ ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ މިއަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
މި މަހުގެ 20 ވަނަ ދުވަހު ބައިޑެންގެ ވެރިކަން ނިމުމަކަށް އައި ޑޮނަލްޑް ޓްރަމްޕާ ހަވާލުކުރެއްވުމުގެ ކުރިން އިޒްރޭލާއި ހަމާސް އެއްގަލަކަށް އަރުވަން ބައިޑެން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.
ސުލިވާން ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ މެދު މިހާ އުންމީދު ބޮޑުނުވާ ކަމަށެވެ.
"އެއީ އެ ފަރަގުތައް އޭގެ ޒާތުގައި މިހާރު ކުޑަކޮށްފައި ވާތީ،" ބައިޑަންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ އިސް އޮފިޝަލް ސުލިވާން ވިދާޅުވި އެވެ.
މި ކަންކަމުގެ ތެރޭގައި އިޒްރޭލުގެ ރަހީނުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރުމާއި ޣައްޒާގައި އިޒްރޭލު ސިފައިން ގާއިމުވެ ތިބޭނެ ގޮތަކާ މެދު އޮތް ހިލާފް ހިމެނެ އެވެ.
ސުލިވާން ވިދާޅުވީ އިޒްރޭލަށް ޣައްޒާގައި އަސްކަރީ މަގުސަދު ހާސިލްވެފައި ވާއިރު ހަމާސް އަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
14 January 2025
އިރާނާ ހަނގުރާމަކުރަން ރެޑީވަނީ. ޓުރަމްޕު ހުވާކުރާ ހިސާބުން އިރާނާ އިޒްރޭލުގެ ހަނގުރާމަ ފަށާނެ. ދަރުއަޅާނީ އިނގިރޭސިންނާ ފުރާންސުން. ފަސްމުގުލުގާ އޮންނާނީ އެމެރިކާ. ދެން ޢަރަބި ޕުރިންޓަރުތައް.
ވެންގަބޯ
14 January 2025
އެމެރިކާގެ ހަތިޔާރު އުފައްދާ ކާރުހާނާތަކަކަށް ގުދުރަތީ ގޮތުން ހާދިސާތަކެއް ދިމާވުމުގެ ސަބަބުން ލަދުން ބުނަން ނުކެރިގެން މިއުލެނީ ހަތިޔާރު ޔަހޫދީންނަށް ނުފޮނުވިގެން މިއުޅެނީ ހަމަ އަނެއްކާވެސް ބޭނުންވާވަރަށް އުފެއްދުމުން ޔަހޫދީންނަށް ހަތިޔާރު ފޮރުކޮއް ދޭނެއެވެ އަނެއްކާވެސް ސުޕަޕަވަރޭ ކިޔަނީ. ތީ ޒީރޯ ޕަވާ.!!! ތީ ހަމަ ހައްޕުޑު ހަނގުރާމަ ކުރުމަކީ މަތިން އައިސް ރައްޔިތުންގެ ބޮލަށް ބޮން އެލުމެއްނޫން. އެމެރިކާ ތީހަމަ ހުކުޑައްލާ ގުއާތީ