އައްޑޫ އެކި ދާއިރާތަކުގެ މެމްބަރުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރައްވަނީ. --
14 ޖެނުއަރީ 2025 - 14:52
އައްޑުއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލެއް ހޯދަން، އައްޑޫގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ފެނަކައިން ބުނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ފޭދޫ އުތުުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ފެނަކައިން ބުނި ގޮތުގައި އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
އައްޑޫގެ މަޖިލިސް މެމްބަރުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ކަރަންޓު މައްސަލަ ހައްލުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
ކަރަންޓު ކެނޑޭ މައްސަލާގައި އެ ސިޓީގެ އެކި ދާއިރާގެ މެމްބަރުން ރޭ ވެސް ބައްދަލުކުރެއްވި އެވެ.
ފެނަކަ އިން ނެރުނު ބަޔާނުގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ ސީޕީއެސް ޖެންސެޓްތަކަކަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެކަން ހައްލު ކުރަން ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަދު އެއް ޖެންސެޓްގެ ސްޕެއާ ޕާޓްސް ލިބޭނެ ކަަމަށް ފެނަކައިން ބުންޏެވެ.
އެކަމަކު ބާކީ ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބޭނެ ވަކި އިރެއް އެ ކުންފުނިން ނުބުނެ އެވެ. އެކަމަކު އެކަން އެއްކޮށް ހައްލު ކުރެވެންދެން ކަރަންޓު ލޯޑު ހިފެހެއްޓުމަށް، އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑެން ފެށުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ދުވާލަކު ދެއިރު މިހާރު ކަރަންޓު ކަނޑަމުންދާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ސަބަބުން ގޭގޭގައި ހުންނަ އަގު ބޮޑު ތަކެއްޗަށް ގެއްލުން ލިބުމާއި އާންމު ދިރިއުޅުމަށް ވެސް އުނދަގޫވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު
15 January 2025
އައްޑޫގެ ކަރަންޓް މައްސަލަ ހައްލުވާނެ އޮތް ހަމައެެކަނި ގޮތަކީ، Fenaka އުވާލާފައި، ރީޖަންތައް ތައް ހަދާ އެތަންތަނާއި ހިންގަން ހަވާލުކުރުން. ނަޝީދުގެ ވެރިކަމުގައި ޔުޓިލިޓީ އޮތްގޮތަށް ވަކި ކުންފުނިތައް ހަދާ، އެސަރަޙއްދަކަށް އެތަން ހިންގަން ދޫކޮށްލުން. އައްޑޫއަށް މަހަކު 50 ވަރަކަށް މިލިޔަން ރުފިޔާ ލިބޭއިރު، އެއިން މާލޭގައި 1000 މުއައްޒަފުންނަށް މުސާރަދީފައި ދެން ސްޕެއަރ ގަންނާނެ ލާރިއެއް ނުހުންނާނެ.
އޮނަރަބްލް އަފީފު ދީދީ
15 January 2025
އައްޑޫ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދޭނީ FENAKA ގެ ބަދަލުގައި އައްޑޫގެ ކަރަންޓްގެ ހިދުމަތް STATE ELECTRIC COMPANY ގެ ދަށަށް ބަދަލުކޮށް އަދި އައްޑޫގައި ވަކިން ހުރި ހުޅުމީދޫ އަވަށާއި، ރިސޯޓް ހިންގަމުންދާ ސައުތުޕާމް، ހެރެތެރެ އަދި ވިލިގިލި ފަދަ ރަށްތަކަށްވެސް ސެންޓްރަލް ޕަވަރ ހައުސް އިން ކަރަންޓްދެވޭގޮތަށް، ސެންޓްރަލް ޕަވަހައުސް އިން މިދެންނެވި ސަރަޙައްދަށް Marine Electric Cable އަޅައި އެއް ވިއުގައަކުން މުޅި އައްޑޫސިޓީގެ ކަރަންޓް ގުޅާލައިގެން.
އޮނަރަބްލް އަފީފު ދީދީ
15 January 2025
އާބާދީބޮޑު އައްޑުއަށް ޕީކް ގަނޑިތަކުގައި 25 MW ކަރަންޓް ބޭނުންވޭ. މާލޭސަރުކާރުން އައްޑޫގައި ބަހައްޓާފައިހުރި 20 ޖެން ސެޓުން ޖުމްލަ 26.5MW އުފައްދާއިރު 20 ޖެނަރޭޓަރ ގެ ތެރެއިން 5 ޖެނެރޭޓަރ ހަލާކުވެފައިވާތީ، އެއްވެސް އިންޖީނެއްނިއްވާނުލާ އަބަދުހިންގައިގެން މިހާރުއުފެއްދެނީ ޖުމްލަ 26.8 މެގަވޮޓް ކަރަންޓް. މިއީ އައްޑޫގެ ގޭބިސީތަކުގެއިތުރުން އެއަރޕޯޓް، ހޮސްޕިޓަލް އަދި މަގުމަތީގައިހުރި ފެންހިންދާ ޕަމްޕްހިންގުމަށް ބޭނުންވާ ކަރަންޓަށްވުރެން މަދު އަދަދެއް.
ބްރޭކިންގ ނިއުސް
14 January 2025
މެމްބަރުން ފެނަކައަށް ވަނުމާއެކު އިންޖީނުތައް ރަނގަޅުވެ، ކަރަންޓު މައްސަލަ ހައްލުވެއްޖެ.
ކުޓޭ
14 January 2025
އެއްވެސް ސަރުކާރަކުން ނުވިސްްނާ އައްޑޫސިޓީ ގަރަންޓް މައްސަލު ހައްލު ކުރާކައް.އެމީހުން ވިސްނާނީ އެމީހުންގެ އަމިއްލަ ޖީބަބުރަވޭތޯ
ޑަކު
14 January 2025
ތީގެ ހައްލު އޮތީ އުމަރުއަތުގާ.
ފޯމާ
14 January 2025
އައްޑޫ ރައްޔިތުން ބަރާބަރަށް ކަރަންޓް ބިލަށް ފައިސާ އެބަދްއްކާ.. ވީއިރު އައްޑޫގެ ރައްޔިރުންނަށް ގަވާއިދުން ކަރަންޓްގެ ހިދުމަށް ލިބެން ޖެހޭނެކަން ރައީސުލް ޖުމުހޫރިއްޔާ ކަށަވަރު ކުރްންޖެ.. ކަރަންޓް ފޯރުކޮށްދޭ އިންޖީނުގެ އަށް ރާނާ މީހުންނާ ވަޑިން ނާއި ކަމާއި ނުގުޅޭ އެތައްސަތޭކަ މުއައްޒިފުން ލައިގެން އިންޖީނު ނުހިންގޭ ކަމާއި ކަރްންޓް ފޯރުކޮށް ނުދެވޭކަން އެގެން އއބަޖެހޭ. އައްޑޫގެ ކޮންމެ ރަށްކަށް ވަކި އިންޖީނު ގެއެއް ހަދާ އަގުހެޔޮކޮށް ކަރަންޓް ދޭންޖެހޭ
ޙަސޭނު
14 January 2025
ސްޕެއަރ ޕާޓުސް ހޯދަނީ މައްސަލަ ދިމާވީމަތޯ. ސްޕެއަރނުލައްވާ ހިންގުމުން ދެންލިބޭ ގެއްލުން މާބޮޑުވާނެ. ސްޕެއަރ އެއީ ބޭނުންވާނެ އެްޗެއްކަން މާކުރިންވެސް އެގޭ އިރު ނުހޯދިއޮތުމަކީ ދެރަކަމެއް.
ނިވިދިއްލޭ
14 January 2025
އިންޖީނުގެއެއް ހިންގޭނީ އިންހީނު ތަކަށް ބޭނުންވާ އިސްޕެއާރ އިސްޓޯރު ރޫމެއް ހުރެގެން. އިސްޓޯރު ރޫމުގައި ބޭނުން ވާނެ ސާމާނު ގެނެސްފާ ބަހައްޓާފަ ހުންނަންޖެހޭނެކަން އެގެންޖެހޭނެ. އެކަންނުކޮށް ރައްޔިތުން އަތުން އަތުން އެކަށީގެންނުވޤ އަދަދަށް ފައިސާ ނަގާ ބޭކާރު ގޮތުގައި ހަރަދުކޮށް ހުސްކޮށްލާ ނިވިދިއްލޭ ސުވިޗަކުން ކަރަންޓް ދިނުމަކީ އަނިޔާއެއް.
ބޭރުވެލާ
14 January 2025
ބޮޑަށް ސިފަވަނީ ބޮއްކުރާ ދޮށައް އޮޑި ދިއުން ކަހަލަ ކަމަކާއި.....
ހައްލުބޭނުންވަނީ
14 January 2025
މީޓިންގެއް ނޫން ބާއްވަންވީ. މައްސަލަ ހައްލުކުރަންވީ.