މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު: އޭނާ ވިދާޅުވީ އެހެން ކްލަބްތައް ވެސް ޕްރޮފެޝަނަލް ސްޓޭންޑަޑަށް ހިންގާތަން ދެކެން ބޭނުންވާ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 ޖެނުއަރީ 2025 - 09:47
ވިޔަފާރި އާއި ކުންފުނިތައް ފަހަތުގައި ނެތި މިހާރު ކްލަބެއް ނުހިންގޭނެ ކަމަށް މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު ވިދާޅުވެއްޖެ އެވެ.
މާޒިޔާގެ ކުންފުނިތައް ހިމެނޭ ކޮންގްލޯމެރޭޓްގެ މެނޭޖިން ޑައިރެކްޓަރުކަން ވެސް ކުރައްވާ އަހްމަދު ސާޖިދު ވިދާޅުވީ މާޒިޔާގެ ދަށުން ހިންގާ ކުންފުނިތައް ނެތްނަމަ އެ ކްލަބެއް ވެސް ނުހިންގޭނެ ކަމަށެވެ.
"މާޒިޔާއަކީ ހަމައެކަނި ކްލަބެއް ނޫން ދެއްތޯ. މާޒިޔާއިން ވަރަށް ބައިވަރު މަސައްކަތާއި ކަންތައްތައް ކުރާ ކުންފުނިތައް (އެބަހުރި). އެހެންވީމަ މިހުރިހާ ކުންފުނިތަކުން ލިބޭ އާމުދަނީން ބައެއް މީގެ [ކްލަބްގެ] ތެރެއަށް އިންވެސްޓްކޮށްގެން މިހުރިހާ ކަމެއް މި ފުރިހަމަ ވާނީ. ހަމައެކަނި ކްލަބެއްގެ ގޮތުގައި އޮވެގެނެއް ނޫން މިކަން މި ކުރަނީ،" މާޒިޔާގެ އާ ކޯޗު ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް، އެ ޓީމުގެ ކޯޗުގެ ގޮތުގައި ތައާރަފު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަހްމަދު ސާޖިދު ވިދާޅުވި އެވެ.
އަހްމަދު ވިދާޅުވީ ގިނަ ކްލަބްތަކުން ވެސް ރަނގަޅު ސިސްޓަމަކަށް ކްލަބްތައް ހިންގާތަން ދެކެން ބޭނުންވާ ކަމަށެވެ. ފުޓްބޯޅައިގެ ހާލަތު، މިވަގަތު އޮތްގޮތުން މާޒިޔާގެ ޒިންމާ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
މާޒިޔާގެ އާ ކޯޗު ލުއިސްމާ، ތައާރަފުކޮށްދިނުމުގެ ގޮތުން އޭނާ އަށް، އަހްމަދު ޖޯޒީ ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ތިއީ ޝައްކެއް ވެސް އޮތް ކަމެއް ނޫންތާ،" ފުޓްބޯޅައިގެ މިހާލަތު އޮތް ގޮތުން މާޒިޔާގެ ޒިންމާ ބޮޑުކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން އަހްމަދު ސާޖިދު ވިދާޅުވި އެވެ.
"އެހެން ކްލަބްތައް ވެސް ނުކުމެގެން މި ޒިންމާގެ ބައެއް ނަގައިފިއްޔާ މާޒިޔާ އަށް ވެސް އިތުރު ކަންކަން ކުރަން ފުރުސަތު ލިބޭނެ."
ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވަނީ މާޒިޔާ އަށެވެ. ގަވާއިދުން މުސާރަ ދިނުމާއި އަނިޔާގެ މައްސަލަތައް ކުރިމަތިވުމުން ފަރުވާކޮށްދިނުމުގެ ހަރަދުތައް ވެސް މާޒިޔާއިން ކުޅުންތެރިންނަށް ކޮށްދެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޮޕް ޑިވިޝަންގައި ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ނެތް އިރު ވެސް މާޒިޔާއިން ވަނީ ކުޅުންތެރިންނަށް މުސާރަ ދީފަ އެވެ.
ކުޅުންތެރިންގެ ކަންކަން ބެލެހެއްޓުމަށް މި އިންތިޒާމު ހަމަޖައްސާތީ ގިނަ ކުޅުންތެރިން ވެސް މާޒިޔާގެ ފުރުސަތަކަށް ބަލާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަހްމަދު ވިދާޅުވީ އެހެން ކްލަބްތަކުން ވެސް ކުޅުންތެރިން ކަންކަން ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ފުޓްބޯޅަ ހަރުދަނާ ވާނެ ސަބަބެއް ކަމަށެވެ .އޭރުން އެ ކްލްބްތަކަށް ވެސް ކުޅުންތެރިން ދާން ޝައުގުވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރޮފެޝަނަލް ސްޓޭންޑަޑެއްގައި ކުޅުންތެރިން ބެލެހެއްޓެންޏާ އެހެން ކްލަބްތަކަށް ވެސް ދާނެ ކުޅުންތެރިން،" އަހްމަދު ސާޖިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފައިދާ
15 January 2025
މާޒިޔާ އަކީ ދިވެހި ފުޓުބޯޅަ އަނދަވަޅަކަށް ވައްޓާލުމުގައި ބައްސާމު އާއި އެއްވަރަކަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް އެކަމުގެ ޒިންމާ ނަގަންޖެހޭ ބައެއް
އޮނަރަބްލް އަފީފު ދީދީ
15 January 2025
ކުޅިވަރު ކުޅިއަރުވަން ބޭނުންނަމަ ތުރާކުނުން އައްޑުއަށް ހިމެނޭ ހުރިހާ ރަށްތަކަށާއި އެރަށްތަކުގެ މީހުނަށް "ހަމަހަމަ އުސޫލުން ފުރުސަތު ދިނުމަށްޓަކާ" ކުޅިވަރުވެސް ލާމަރުކަޒުކޮށް ހިންގުމަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ 3 ރީޖަނެއްގެ މައްޗަށް ރާއްޖޭގެ ކުޅިވަރުކަންކަން އިންތިޒާމް ކުރެވިގެންދާގޮތަށް ޕްލޭންކޮށްގެން ސިޔާސަތު ކަނޑައަޅާންޖެހޭ.
އަފީފު އަސްލު ރައީސްގެ އެޑްވައިޒަރަކަށް ލާންވީ
16 January 2025
މިވަރު ގެ މީހަކު އަހަރެމެނަށް ލިބިފަ ހުރި ކަމަށްޓަކާ ޝުކުރު ކުރަން.
އޮނަރަބްލް އަފީފު ދީދީ
15 January 2025
މަތީގައިދެންނެވި ބަދަލު ގެނައުމުގެ ވިސްނުން މާލޭސަރުކާރުގައި ހުރިނަމަ އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ FIFA އަދި AFC އާއި ވާހަކަ ދައްކައިގެން އެފަރާތް ތަކުގެ މާލީ ފަންނީ އެހީތެރިކަން ހޯދައިގެން Football Association of Maldives ގެ ނަމުގައި ތިރަށުގައި އޮތް އިދާރާ އުވާލާފައި Maldives Football Federation ގެ ނަމުގައި ޤައުމީ ފުޓްބޯޅަ އިދާރަ އަލުން ވުޖޫދު ކުރުމުގެ މަސައްކަތް ކުރަން ވަގުތާއި ތާވަލްތައް ކަޑައަޅާ އެކަންކަން ކުރުމަށް މަސައްކަތް ފެއްޓުން.
އޮނަރަބްލް އަފީފު ދީދީ
15 January 2025
ރާއްޖޭގެ އެހެންއެއްވެސް ރަށެއްގެޓީމަކަށް ޤައުމީފެންވަރުގެ އެއްވެސް މުބާރާތަކާއި ކައިރިވެސްނުވެވޭގޮތަށް ޤަވާއިދުހަދައިގެން ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކުން ޙިސޯރުކޮށްފައިއޮތް FAM ގެ ބަދަލުގައި ނެޝަނަލް ފޫޓްބޯލް ފެޑަރޭޝަން ހެދުމަށްޓަކާ މަތީގައިދެންނެވި 3 ރީޖަނުގައި ސަރަޙައްދީ ފުޓްބޯޅަ އެސޯސިއޭޝަން ޤާއިމްކޮށް ރީޖަނަލް އެސޯސިޢޭޝަންތަކާއި ކޮންމެސަރަޙައްދެއްގެ އެންމެ ސީނިއަރ 3 ޓީމްގެ އިންތިޙާބީ ވެރިން، ވޯޓްދީގެން ފެޑަރޭޝަނަށް މީހުން އައްޔަން ކުރެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
15 January 2025
ނެޝަނަލް ފުޓްބޯލް ފެޑަރޭޝަން އުފެދުމާއިއެކު ފެޑަރޭޝަން ކަޕް އަދި ދިވެހި ލީޤް ހޯމްއަވޭ އުސޫލުން ބޭއްވުމަށްޓަކާ ކޮންމެ ރީޖަނެއްގައި ހޯމް ސްޓޭޑިއަމްގެ ގޮތުގައި ދަނޑު ތަރައްޤީ ކުރަން IOC ފީފާ އަދި AFC ގެ އެހީތެރިކަން ހޯދައިގެން އިންޓަރނޭޝަނަލް އެއަރޕޯޓް ތަކާއި ކައިރިން އުތުރުން ހަނިމާދޫ، ސެންޓްރަލް އިން ކ.ހުޅުމާލެ އަދި ސަދާން އިން އައްޑޫސިޓީގައި ސާފު ގޭމްސް ބޭއްވޭ ފެންވަރަށް 3 ސަރަޙައްދުގައި އެކޮމޮޑޭޝަންއާއި އެކު 3 ސްޓޭޑިއަން ތަރައްޤީކުރެވިދާނެ.
ޔޫތުއަލީމަނިކް
15 January 2025
ކޮބާ ކުރީސަރުކާރުން މަހުލޫފުގެ ހެޔަކަމުންމުން އެހެންކުލަބުތަކަށްދޫންޖެހޭފައިސާ ތިޔަކުލަބަށްދީ ހުސްކޮށްލިވިޔަފާރިފައިދާތައް
އޮނަރަބްލް އަފީފު ދީދީ
15 January 2025
ކ.އަތޮޅުމާލޭގެ ކަންމަތީ ޤޫރޫޕްތަކުން ތިކަންކުރުމަކަށް ވިޔަފާރި ކުންފުންޏެއް އަދި ހިންގުމުގެދާއިރާގެމީހުނާއި އަމުދުން ލިޔެކިއުންތަކެއްވެސް ބޭނުމެއްނުވޭ. ނަމުގެކުރިއަށް "ޤައުމީ" ލައިގެން ތިރަށުގައި ރެޖިސްޓްރީކޮށްފައިހުންނަ އެސޯސިއޭޝަންތަކުގެ މުޅިބަޖޭޓާއި ޔޫތް މިނިސްޓްރީގެ ބަޖޭޓް އެއްކޮށްކަހަލަގޮތަކަށް ތަޅާހުސްކުރަނީ ތިރަށު ކަންމަތީ ޤުރޫޕް ތަކުގެމައްޗަށް. ޤައުމީޓީމް ތައްވެސް ހަދަނީ ހަމަ މިކަހަލަ ގޮތަކަށް. މާލޭމީހުންވަނީ ކުޅިވަރުވެސް ޙިސޯރު ކޮށްފަ.
ރަދީފްއޮފިޝަލް
15 January 2025
ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބްތައް ވެސް ހިންގަނީ ވިޔަފާރި މޮޑެލްއަށް. ރާއްޖެކަހަލަ ކުޑަތަނެއްގަ އެފަދަ ފުރުސަތެއް ނެތް. މާޒިޔާއިން ކުލަ ފާޓާއެއް 3ކޭ އަށް ވިއްކީމަ ފައިދާވާނެ.
މިއު
15 January 2025
ކަލޭމެން ފުޓުބޯޅަ ހަލާކު ކުރީ. ވާހަކަ ނުދައްކާ.