އެމްޑީޕީ ޖަގަހަ އަށް ކަޅުތެޔޮ ޖަހާފައި--
15 ޖެނުއަރީ 2025 - 10:31
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައި، ގެއްލުން ދީފި އެވެ.
ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ވަގު ފޯމްތަކެއް ހުށަހަޅާފައިވާ މައްސަލާގައި އެމްޑީޕީން ވަނީ އެކަން ކުރި ކަމަށް ތުހުމަތުވާ މީހުންގެ ފޮޓޯ ޖަގަހައިގެ ގޭޓުގައި ހަރުކޮށްފަ އެވެ.
ރޭގެ ވަގުތެއްގައި އެތަނަށް ބަޔަކު ކަޅުތެޔޮ ޖެހުމުން ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ބަލައިފަ އެވެ.
ނަމަވެެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޕާޓީތަކުގެ މެދުގައި ހިނގާ އެފަދަ ކަންކަމާ ގުޅިގެން ކަޅުތެޔޮ ޖެހުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަގު ފޯމްތަކެއް ޕީއެންސީން ހުށަހެޅި މައްސަލާގައި އެމްޑީޕީގެ މެންބަރުން ވަނީ އެ އޮފީސް ކައިރީގައި ވެސް އިހުތިޖާޖު ކޮށްފަ އެވެ.
އެ ޕާޓީ އަށް ވަގަށް ވެއްދި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކާއި އާންމު ގިނަ މެންބަރުން ހިމެނެ އެވެ. އެ މައްސަލަ އެމްޑީޕީން ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
މި މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުހުމަތުކަލޯ
15 January 2025
ތުހުމަތުވާ ބައެއްގެ މައްޗަށް ކުށް ސާބިތު ނުވަނިސް އެމީހުންގެ ފޮޓޯ އާންމު ތަނެއްގަ ޖަހާގެން އަބުރު ކަތިލީމާ އަދި އެކަން ހުއްޓުވަން ތިބޭ މީހުންނަށް އެތަން ފެނި ނުހުއްޓުވީމާ ދެން ކަޅުތެޔޮވެސް ފިއްލެޔޮވެސް ޖަހާނެ!~
ކަޅުއުނބުށޭމު
15 January 2025
ޕާޓީގެ ހަރަކާތްތައް ތިޔަ ފެށީ ތިޔަ ޕާޓީގެ އަސްލު ސިފައާއެކުގައި. ޕާޓީއަކުން ވަކިވެ ގުޅުނު ބޭފުޅުންކޮޅާއެކު އަސްލު މަސައްކަތް އަސްލު ގޮތުގައި އަސްލަށް ރުޖޫޢަވެ ފެށީ. ދެން ތިޔަ ބާވަތުގެ ލައްކަ ކުޅިސަމާ ފެންނާނެ.
ކައުންސެލަރު..
15 January 2025
9/11 ގެ ހާދިސާއަކީ %100 އިންހައުސް ޖޮބެއް.
އެ ޖޮބު
15 January 2025
ދެން އެތައް ރައްޔިތުންނައް ނޭގި މުއިއްޒު ޕާޓީއަށް މީހުން ވެއްދުން އެއީ ކޮން ކަހަލަ ޖޮބެއް؟؟ ލޮލް
ނާޑުވާ
15 January 2025
ވެރިކަން ކުރަން ނޭނގޭ ބަޔަކަށް ވެރިކަން ލިބުނީމަ މިކަހަލަ ކިތަންމެ ކަމެއް ހިނގާނެ.
ބަކުބެ
15 January 2025
ކަޅުތެޔޮ ޖަހަލާ ވަރުގެވެސް ބައެއް ނޫން
ފިތުނަ
15 January 2025
އެމްޑީޕީގެ ފިތުނަ ފެށިފަމިއޮތީ. މިހާރު އެމީހުނަށް ސަމާލުކަންނުލިނޭތީ ޖަހާ ސަކަރާތް. ގުރޫޕު ކުދިންކޮޅަކަށް ލާރިކޮޅެއްދީގެން އަމިއްލަ ޕާޓީ ހަރުގެޔަށް ކަޅުތެޔޮ. ރައްޔޮތުންގެ ހަމްދަރުދީ ދެން ކަލޭމެނަށް ނެތް. ސިކުޑި ދޮވެލާފަހުރި ބަޔަކު އެކަނި ތިޔަ ސަކަރާތަށް ހެއްލޭނީ
ކަހެރުވައް
15 January 2025
ތިއީ ފިނޑިކަން. ގަޓުހުރި ބަޔަކު ކަޅުތެލެއް ނޫން ޖަހާނީކީ. ކޮންމެމީހަކު ކުރިޔަސް ތިކަން ކުށްވެރި ކުރަން..
ޖެއްސު
15 January 2025
މިފަހުން އެމްޑީޕީއައް ޕާޓީއައް ވެއްދި ބަޔަކީ މިކަހަލަ ހާޖާނު ހަދާ އޮޅުވާލަން ވަރައް މޮޅު ބައެއް
ސަސި
15 January 2025
ހަމަ ޔަގީން ތިކަން ފެންނަ ހިސާބުގަ ކެމެރާއެއް ނުހުންނާނެ
ރަދީފްއޮފިޝަލް
15 January 2025
ވަރަށް ފިނޑި އަމަލެއް. މިކަހަލަ ބޭބީ ކަންތައްތަކުން ދުރުހެލިވެ ތިބޭ ވަރަށްވުރެ ރާއްޖޭގެ ޑިމޮކްރެސީ ބޮޑުވެ ތަސައްރަފް ފުދިފައިވާކަމަށް އަހަރެން ހީކުރީ.ނަމަވެސް އަދި ހަމަ މިއުޅެނީ ޑިމޮކްރެސީގެ އަލިފްބާގަކަން އެނގި ހާމަވީ. ވ.ވެދުން