ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީއަށް އަލަށް އައްޔަން ކުރާ ދެ މެންބަރުންނަށް ރުހުން ހޯދަން މަޖިލީހަށް

އޭސީސީއަށް އައްޔަން ކުރަން ރުހުން ހޯދަން ފޮނުވި އާސިޔާ އަޒީމާ. އޭނާ ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް ކަން ކުރައްވާފައި --

16 ޖެނުއަރީ 2025 - 09:49

15 comments

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އޭސީސީއަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު ވަނީ އިއްވައިފަ އެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީހަށް ރުހުން ހޯދަން ފޮނުވާފައިވަނީ ރައީސަށް ފެނިވަޑައިގެންނެވި ދެ ނަމެވެ.

އޭސީސީއަށް އައްޔަން ކުރާ ދެ މެންބަރުން:

1. އަހުމަދު ނާޝިދު، މއ. ގޯލްޑަން މޫން

2. އާސިޔާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު

އޭސީސީއަށް އައްޔަން ކުރަން ފޮނުވި ނާޝިދަކީ 2021 ވަނަ އަހަރުން ފެށިގެން ޕޮލިސް ބޯޑުގައި އިންނަވާ މެންބަރެކެވެ. އޭނާ ޕޮލިސް ބޯޑުން ވަކިކޮށްފައިވަނީ މި ސަރުކާރުންނެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އާސިޔާ ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ވަނީ މީގެ ކުރިން މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އޭސީސީން ދެ މެމްބަރުން ހުސްވީ، ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ.

އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

15 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 44%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލާމު

17 January 2025

އަހަރެން ވަކި ކޮށްފަ އޭސީސީއަށް އެނެގީ ތީނަ! ލާއި!!

The name is already taken The name is available. Register?

ޡުމާ

17 January 2025

ވަރަށް ރަނގަޅު. ކަމާ ގުޅުންހުރި ތައުލީމާއި ތަޖުރިބާ ލިބިފަ ހުރި މީހަކު ނުލާތި އެެއްވެސް މުއައްސަސާއަކަށް!

The name is already taken The name is available. Register?

ާމީހާ

16 January 2025

އާސިޔާ އަކީ މާސްޓަރސް އޮފް ލޯ ހަދައި ރައްޔިތުންގެ މަޖިލީހުގެ ލީގަލް ޑިޕާޓްމަންޓުގަ މަސައްކަތް ކޮށްފަެިވާ ފަރާތެއް. ޢަންހެނަކަށް މަގާމެއް ލިބިއްޖެ ނަމަ ގާބިލުކަމަށް ބެލުމެއް ނެތި، މޮޑެލް އެކޭކިޔާގެން ފުރައްސާރަ ކުރުމަކީ ދެރަކަމެއް.

The name is already taken The name is available. Register?

މޫސަ.

17 January 2025

ޢަސްލު މައްސަލަ ޑައިވާޓް ކުރަން ނޫޅުއްވާ އިނގޭތޯ. ޢަންހެނަކަށް މަގާމެއް ދިނުމެއް ނޫން މިތާ މައްސަލައަކީ. ޢޯލް ރެޑޯ އެސީސީގަ އެބަތިބި ދެ އަންހެން މެންބަރުން. ޢޭނަޔަށްވުރެ މާ ގާބިލް މީހުން އެތަަނަށް ކުރިމަތިލާފަ ހުއްޓާ ކޮރަޕްޝަންގެ ދާއިރާގެ ތަޖުރިބާއެއް ނެތް މީހެއް ނެގީމަ ރައްޔިތުންނަށް އިޓްސް ކޮންސާރނިންގް..

The name is already taken The name is available. Register?

ހޮޓްކިންގ

16 January 2025

މުއައްސަސާއަށް މިހާރުވެސް ތިހުރީ ހޮވިފަ. ނަތީޖާ ނެރެދޭނެ ގޮތެއް ހެޔޮ ނެތަސް.

The name is already taken The name is available. Register?

އެޑްމުންޑޯ

16 January 2025

ކަލޯ މަހީކުރީ ހޮލީވޫޑްގެ ތަރިއެއްކަމަށް

The name is already taken The name is available. Register?

ގުޑް ޗޮއިސް

16 January 2025

ނާޝިދު ސަރ އަކީ ފުލުހުންގެ ތެރޭގައި އުޅުއްވި ވަރަށް މޮޅު އިންވެސްޓިގޭޓަރެއް. ވަރަށް ބޮޑަށް އުސޫލްތައް ހިފެހެއްޓެވި އޮފިސަރެއް. ކާށިދޫގައި ކުޑަކުއްޖަކު މަރާލި މައްސަލައާ އެހެން މަރުގެ މައްސަލައެއްގައި ނާޝިދު ސަރއާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުނު. ޚާއްސަކޮށް ކާށިދޫ ގެ މައްސަލައިގެ ހަޤީޤަތް ހޯދުމަށް ކަންކަން ރާވައިގެން އެ ގެންދިޔަގޮތަކީ ވަރަށް މޮޅުކޮށް ކުރެއްވިކަމެއް. މިހާރުވެސް އެވާހަކަ ފުލުހުންގެ ތެރޭގައި ދައްކާ.

The name is already taken The name is available. Register?

ޜަނީކާ

16 January 2025

މައުލޫމާތަށް ޓަކައި ދަންނަވާލަން. ފުލުހުންގަ ނުތިބޭނެ މޮޅެތި އިންވެސްޓިގޭޓަރުން. ތިބާއާ އެއްފަހަރު ދިމާވެގެން މާ ރަގަޅު މޮޅު މީހެއް ހެން ހީވެދާނެ. މީހަކު ޤާބިލުކަން ބަލާނީ އެގޮތަކަށް ނޫން. ޝުކުރިއްޔާ.

The name is already taken The name is available. Register?

ދުމަށި

16 January 2025

ދެން ގޯހެއް ނެތްތާއެވެ. މޮޑެލް ކުރާ ކުދިންނާއި ކޮމޭޑިއަނުން ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ތިބުމަކީ އެފަދަ ދާއިރާތަކުގައި މަސައްކަތްކުރުމަށްލިބޭ ހިތްވަރެކެވެ. ކޮންމެސް ގޮތަކުން މަސްހޫރުކަން ހޯދީމާ އެއޮތީ ގާބިލްކަން ލިބިފައެވެ.

The name is already taken The name is available. Register?

ޝަޒޫދާ

18 January 2025

ރައީސް ބޭނުން ވަނީ ނުކިޔަވާ ތިބި މަޝްހޫރު މީހުން، މިސާލަކަށް މޮހޮންމާ، ޓިނު އަދުރޭ، އަސްލު ރަނގަޅު ނިންމުމެއް، އިޚްލާސްތެރި ޓްވީޓް ކުރާ ކުދިން ބޭނުންވަނީ މިނިވަން މުއައްސަސާއަށް.

The name is already taken The name is available. Register?

ސޯލިހު ހުސްނީ

16 January 2025

އިންސްޓަގްރާމް މޮޑެލް އެއް މިތަނަށް ލާފަ ކޮމީޑިއަންއެއް އެހެންތަނަކަށް މިލަނީ ގާބިލުކަމަށް ބަލާފަ.

The name is already taken The name is available. Register?

އޮނަރަބްލް ކުރުސީ

16 January 2025

ފަސާދަ އާއި ހިޔާނާތްތައް ސިއްރު ކުރާ ކޮމިޝަނަކީ ބޭކާރު ތަނެއް. ތީ އުވާލަން ޖެހޭ ކޮމިޝަނެއް

The name is already taken The name is available. Register?

ގެރޭގެރޭ

16 January 2025

މޮޑެލް ކުރާ ކުދިންތޯ މިހާރު މުވައްސަސާތަކަށްވެސް... ތިޔަ މަންޖެއަށް 90 ޕަސެންޓް މެންބަރުން ވޯޓު ދޭނެ ގެރޭ ގެރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454