އެއާޕޯޓުގައި ޓޫރިސްޓުންތަކެއް. މިއަހަރުގެ މިހާތަނަށް ވަނީ 90،000 ޓޫރިސްޓުން އައިސްފަ އެވެ.
16 ޖެނުއަރީ 2025 - 10:00
މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް 90،000 ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތެރެއިން 70 ޕަސެންޓު ޓޫރިސްޓުން ދިޔައީ ރިސޯޓުތަކަށެވެ. އެއީ 63،400 ޓޫރިސްޓުންނެވެ. އަދި ހޮޓާތަކާއި ގެސްޓްހައުސްތަކަށް އައީ 25،000 ޓޫރިސްޓުންނެވެ. އެއީ ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 28 ޕަސެންޓެވެ. ސަފާރީތަކަށް އެ މުއްދަތުގައި އައީ 2،200 ޓޫރިސްޓުންނެވެ.
އެންމެ ގިނަ ޓޫރިސްޓުން ރިސޯޓުތަކަށް އައި އިރު ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 69 ޕަސެންޓު ނިސްބަތްވަނީ ވެސް ރިސޯޓުތަކަށެވެ. ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ 61،000 އެނދު ހުރި އިރު އޭގެ ތެރެއިން 42،000 އަކީ ރިސޯޓުތަކުގައި ހުރި އެނދުގެ އަދަދެވެ.
ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު އުޅެނީ 13،000 ގަ އެވެ. އެއީ ޖުމްލަ ބެޑް ކެޕޭސިޓީގެ 22 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 90،000 ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 83،000 ޓޫރިސްޓުންނެވެ.
ޑިސެމްބަރު/ޖެނުއަރީގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. މިދިޔަ އަހަރު އެއްވަނައިގައި އޮތް ޗައިނާ އޮތީ ހަތަރުވަނައިގަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަށްކާ
16 January 2025
މީވަރަށް ނުރައްކާތެރި ވާހަކަޔެއް.. 30% މީހުން މިހާރު މި ނަގަނީ އަގުހެކޮ ޗީޕް ޓޫރުޒަމް އިން މޯލްޑިވްސް.. މީގެއިން ރާއްޖެޔަށް ލިބެންވާ ޓެކުސް ކުޑަވޭ..
މަޣްރިބު
16 January 2025
ކޮބާ ޓުއަރިޒްމް ބާނީންތައް ކަޅުބާޒާތުގަ ވިއްކާނެ ޑޮލަރު އެބަލިބޭތާ. ތިރިސޯޓްތަކުގަ މަސައްކަތްކުރާ މަދު މީސްކޮޅުވެސް ޑޮލަރުން މުސާރަނަގައިގެން އަހަރަމެނަށް ވިއްކަން ލައްކަ ޑޮލަރު އޮންނާނެތާ. ސަރުކާރުން އެބުނި 500 ޑޮލަރު ބަހަނާ ނުދައްކާ ބެންކަށް މާރުކޮއްލަދޭތި
ޓަކާން
16 January 2025
މުހިއްމީ ނަންބަރުތަކެއްނޫން. މުހިއްމީ އެންމެނަށް މިކަމުގެ ފައިދާ ބެހިގެންދިއުން.
ގޮއްޔެ
16 January 2025
މިހުރިހާ އެންމެން ވަދެ ނުކުންނަަންހުރި ގޭޓާމެދު މިޤައުމުގެ ވެރިން ލަދުވެތިވާނީ ކޮންދުވަހަކުންބާއޭ ހިތަށްއަރާ. އިންޓަރނޭޝަނަލް ލެވެލްގައި މިހާ ފެންވަރު ދަށް ނިކަމެތި އެއަރޕޯޓެއް މިހާރު މިދުނިޔޭގައި އޮންނާނެހެން ހީނުވޭ. ފުރާމީހުންނާއި އަންނަމީހުންގެ އަތުން ފާޑުފާޑުގެ ޓެކްސްތައްނަގާ މިލިޔަނުން ޑޮލަރުވަންނަ ހުޅުލޭ އެއަރޕޯޓާމެދު އަހަރެން ލަދުގަނޭ.
ބެންކުން
16 January 2025
ޑޮލަރ އަދިވެސް 19.40 ގަ،
ކަހެރުވައް
16 January 2025
ބެންކުތަކަށް 2 ހަފްތާތެރޭ 45 މިލިއަން ޑޮލަރު ތިވަނީ..
ޒަވިޔަނި
16 January 2025
މިވަރުންވެސް މިއުޅޭ މަހުޖަނުން އުޅޭނެ ޑޮލަރު މާރުކުރަން ޖެހިދާނެތީ ކަންބޮޑުވެގެން. ބަލަ ދަރާ ވިކިފަ އޮތް ގައުމުގެ ލޯނުތަކަށް ބޭނުން ކުރާށޭ އެއިން ޚަރަދު ކުރަން އުޅެނީ
އޮނަރަބްލް އަފީފު ދީދީ
16 January 2025
ރަނގަޅު ލިއުމެއް. ރިސޯޓް ސައުދާޤަރުން މިފަދަ ހިސާބުތައް އޮޅުވާލައިގެން ވާހަކަ ދައްކާއިރު އަހަރުމެންގެ ތެރެއިން ގިނަދިވެހިންނަކީ ލިބެންހުރި ވަސީލަތްތަކުގެ އެހީގައި ތަފާތު ހިސާބު ހޯދައިގެން ވާހަކަ ދައްކާ ބަޔަކަށް ނުވާތީ މަޙުޖަނުން އޭގެ ފައިދާ ނަގާ. އެހެންކަމުން އަދި މިއަށްވުރެންވެސް ބޮޑަށް މިއަދަދުތައް ދެނެގަތުމަށާއި، ލިބޭ އާމްދަނީވެސް ވަޒަން ކުރުމަށްޓަކާ ރާއްޖެ އަންނަމީހާ ހުންނަ ހޮޓެލަށް ފާއިސާދެއްކި ބުކިންގ އިމިޤްރޭޝަނަށް ހުށަހަޅަން ކަޑައަޅުއްވާ.
އޮނަރަބްލް އަފީފު ދީދީ
16 January 2025
ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް އަހަރަކު 60-40 ބިލިޔަން ޑޮލަރާއި ދެމެދުގެ އާމްދަނީ ލިބޭކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ބުނާއިރު ރިސޯޓް ތަކުން ހުށަހަޅާ ހިސާބުތަކުން މިއަދަދު 15 ބިލިޔަނަށްވެސް ނާރާ؟! މިކަމުގެ ޙަޤީގަތް ދެނެގަތުމަށްޓަކާ ޑިޕްލޯމަޓިކް އިނާޔަތްލިބޭ ފަރާތްތައްފިޔަވާ ރާއްޖެއަންނަ އެންމެން ހޮޓަލަށް ފައިސާދެއްކި ޕޭމަންޓް ރިސިޕްޓް ހުށަހަޅައި Electronic Travel Authorization ނަގާންޖެހޭގޮތަށް އިމިޤްރޭޝަން ޤަވާއިދު އިސްލާޙްކުރޭ.
ވިލް
16 January 2025
ގައިމު ސައުދާގަރުން ބުނީ ރިސޯޓްތަކަށް އަންނާނެ މީހަކު ނުވާޅޭ
99090909
16 January 2025
ގެސްޓްހައުސްތައް މީހުްނ ނޫޅޭ ރަށްތަކަށް ބަދަލުކުރަންވި. ނޫނީ ރިސޯޓް ފަޅިކުރަންވީ. ގެސްޓްހައުސް ހުއްޓާލާ. ރާއްޖެއަކީ އަގުބޮޑު ތަނެއް. ވަކިލާރިކޮޅަކަށް މިތަނަށް ނުވަދެވޭނެ
ޕިންކީބަނާނާ
16 January 2025
ކަލޭ އެކަނި މި ގައުމުގަ ވިޔަފާރި ކުރަންވީ އެންނު، އޭރުން އަދި މާ ރަގަޅު ވާނެހެން ހީވޭ، އާދައިގެ މީހަކަށް ބައި ރުފިޔާ އެއް ލިބެން އޮތަސް އެޔަށް ހުރަސްއެޅޭތޯ ބަލާތި.