ސްރީ ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 283 މިލިއަން ރުޕީސް މޭޒެއްގެ މަތީ އަތުރާފައި.
17 ޖެނުއަރީ 2025 - 21:38
ސްރީ ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި އޮޕަރޭޝަނެއްގައި 283 މިލިއަން ރުޕީސް އަތުލައިގެންފި އެވެ.
އެމެރިކާ ޑޮލަރުން ބަލާ ނަމަ މިއީ ގާތްގަނޑަކަށް 955،000 ޑޮލަރު (14.7 މިލިއަން ދިވެހި ރުފިޔާ) އެވެ.
ޕީއެންބީ އިން ބުނީ މިއީ ޑްރަގް ޓްރެފިކްކުރާ މީހެއްގެ އަތުން މިހާތަނަށް އެ ގައުމުގައި އަތުލައިގެން އެންމެ ބޮޑު އަދަދު ކަމަށެވެ.
މި ނޫޓުތައް ފެނުނީ ކުރުނެގަލާގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މި އޮޕަރޭޝަނުގައި 18 ގްރާމްގެ "އައިސް" (ކްރިސްޓަލް މެތަމްފެޓަމިން) އާއި ޑަބަލް ޓެކްސީއަކާއި ވޭނެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
Police Narcotics Bureau (PNB) has seized Rs. 283 million in currency notes, marking the largest amount of cash ever confiscated from a drug trafficker in #SriLanka #LKA.
— Sri Lanka Tweet 🇱🇰 (@SriLankaTweet) January 17, 2025
According to police, the money allegedly belongs to a suspect who is currently in prison, and that he has… pic.twitter.com/YV7gyCGwYH
ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ފައިސާތައް: މިތަނުގައި މިލިއަނެއްހާ ޑޮލަރަށްވާ ފައިސާ ހުރި
ފުލުހުން ބުނީ މި ފައިސާ އަކީ މިހާރުވެސް ޖަލުގައި ހުރި މީހެއްގެ ފައިސާ ކަމަށް ބެލެވޭ ކަމަށެވެ.
ފައިސާތަކުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކުރުނެގަލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މެޖިސްޓްރޭޓް ވަނީ އެ މީހާ ބަންދުގައި ބަހައްޓައި އިތުރަށް ސުވާލު ކުރުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކަށް ދީފަ އެވެ.
ލަންކާގައި މިދިޔަ އަހަރު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި އެތައް ހާސް ބަަޔަކާއި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ހާއްސަ މަސައްކަތްތަކެއް ފެށި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންކާ
19 January 2025
283 ރުފިޔާ ދޯ އެހެންވީމަ؟ އޯކޭ ދެން. ލޮލް
ފަރިހިބެ
18 January 2025
ރާއްޖޭގަ ދުވަހަކުވެސް މަސްތުވާތަކެތި ވިއްކާ މީހުންގެ ފައިސާއެއް އަތެއްނުވާނެ މިއީ ބޮޑުއަރަތެއް...