ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދުއްވާފައިދަނީ.--
18 ޖެނުއަރީ 2025 - 11:49
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓުން އެ އެލާޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ.
ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 1:30 އާ ހަމައަށް ނެރެފައިވާ އެލާޓުގެ ވަގުތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މި އަހަރު ފެށުނީއްސުރެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެގޮތުން މި މަހުގެ ތިން ވަނަ ދުވަހު މާލެ ސަރަހައްދަށް ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިިބިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.
އެ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ހަތް ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނެވެ.
މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަނޑިއަ
18 January 2025
މީ އަހަރުމެންގެ ވެދާރ ފޯކަސްޓް ސެންޓަރަށް ވާވަރަކީ. ވަރަށް ޔަގީންކަމާއެކު ޕޯކާޓްކޮށް އެޑްވައިޒަރީ ނެރެ މީހުންވެސް ބިރުން ކަންބޮޑުވެ ލިބުނުތަކުން ވެލިބަސްތާ ހޯދާ ދެންމެ ދެނެމެ މިވެހެނީކަމަށް ހީކޮށް ކުރި ދިގު އިންތިޒާރު މުޅިން ފެނަށް. އޮޅިގެންވެސް ގަދަ ވާރެއެއް ނުވެހޭ. ދެންފަހަރު ސެކެންޑް އޮޕީނިއަން އެއްވެސް ހޯދާފައި ބުނާ އެއްޗެއްބުނޭ، ތިބޭފުޅުން އެނި އަދިވާވަރެއްނުން.
އަގީލް
18 January 2025
މިމީހުން މިހެން ޔެލޯ އެލާރޓް ނެރުނީމަ މާލޭގަ އެތައްތަނެއްގަ ވެލިބަސްތާ ޖަހައި ޓާސްފޯސް ހަދައިގެން އެތައްބަޔަކު އެލާޓުގަ ނުނިދާ ތިބޭތާ ހަފްތާއެއްވީ. ކުރަން ރާވާފަ ހުރި އެތައް ހަރަކާތެއް ކެންސަލްކުރި. ހާކެރި މޮޅެއްވެސް ޖަހާނުލާ. މިނޫން ވަރެއް ދުވަހަކު ނުވޭ. ދިމާވާ ފަހަރަކުވެސް ޔެލޯ އެލާރޓް ނެރޭއިރު އޮންނަނީ މުޅި މާލޭގަ ފެންބޮޑުވެ ނިމިފަ. ތިޖެހި ވެލިބަސްތާތައް މެޓް އޮފީސް މީހުން ލައްވާ ނަގުވަން ފެނޭ.