ފްލެޓް މަސައްކަތް ކުރަނިކޮށް ކޭބަލަކަށް ގެއްލުންވެފައި.
19 ޖެނުއަރީ 2025 - 11:34
ހުޅުމާލޭގެ އެކި ސަރަަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތައް ހެދުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ރޭ 11:00 ހާއިރު ކަރަންޓު ކެނޑުނީ ހިޔާ ފްލެޓުގެ 9 ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށެވެ. އަދި އެމްޕީއެލްގެ ފްލެޓްތަކާއި ހުޅުމާލެ ފޭސް އެކެއްގެ އެކި ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑުނެވެ.
އެ މައްސަލާގައި ސްޓެލްކޯ އިން ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ މައްސަލަ ދިމާވީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަަމަށެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑި އާންމުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްވުމުގެ ގޮތުން، ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ސަމާލުވާން އެދިފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން. ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން… pic.twitter.com/AYwDTnoQ6e
— STELCO (@STELCOMALDIVES) January 19, 2025
ކަރަންޓް ކެނޑުނު ޓަވަރުތަކަށް ރޭ 12:15 ހާއިރު ސްޓެލްކޯ އިން ވަނީ ކަރަންޓް ދީފަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ދިނީ ހުޅުމާލެ 1 ގެ ތިން ޓްރާންސްފޯމަރެއް އެނަޖައިޒްކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
22 January 2025
މައްސަލަ ދެނެގަނެ އެސެސް ކުރެވޭ ގާބިލް ޓީމެއް މިފަހަރު އެ ވަނީ އެކުލަވާލާފަ ކަން ސާފު
ޒިންމާދާރު
19 January 2025
މިކަމުގެ ފުރިހަމަ އަދި ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ފްލެޓްތަކުގެ ވެރިން. އެމީހުން ކަރަންޓު ފުރަތަމަވެސް ނުލިނަމަ މިހެންނުވީހެއްނު؟
ކޮރަލް
19 January 2025
ޒިންމާ ވާން ޖެހޭ ބަޔަކު އެބަ އުޅެ އެވެ. ހައި ވޯލްޓޭޖް ކޭބަލް އަޅާފަ ވާ ސަރަހައްދު ގެ ކުރެހުން ބަޔަކު އަތުގަ ވާނެ އެވެ. އެބަޔަކުގެ ހުއްދަ ނެތި ނޫނީ އެބަޔަކު ނުބެލުމުގެ ސަބަބުން ދިމާވި ކަމެކެވެ. މާލޭގަ 50 އަހަރު ވީ އިރުވެސް ކޭބަލް އަޅާ ނުނިމުނެވެ. އެއީ ވެސް ވިޔަފާޜި އެކެވެ.
އިހްސާސް
19 January 2025
ހުޅުމާލެއަކީ ވަހުން ހިއްކާ މީހުން އާބާދުކުރަމުންދާ ތަނެއް. އެކަމަކު ކޯރުކޮންނައިރަށް މިއޮންނަނީ ކަރަންޓު ކޭބަލަށް ގެއްލުންވެފަ. ތިތަންތަނަށް ކަރަންޓުކޭބަލު ވަޅުލިއިރު ކޭބަލު ވަޅުލާފައޮތްކަން އެނގެން އޮވޭބާ ކޮންނަބަޔަކަށް. އެނގޭނަމަ އެކަން އެނގިތިބެ ކޮންނައިރު ހަމަ ފަރުވާކުޑައީ. ނޭގޭނަމަ އެކަން އެނގޭނެ ގޮތް ހަދައިގެން ނޫނީ ކޮނުމުގެ ހުއްދަ ދެވިގެންނުވާނެ.
ޕިކްސް
19 January 2025
ކީއްކުރާނީ. ޕުލޭންކޮށްގެން ހަދަމުންދިޔަ ތަނެއް ބަޔަކު ސިޔާސީ މަންފާއަށް ތަނެއްދޮރެއް ބަލާނުލާ ކަން ކުރުމުގެ ނަތީޖާ މިއީ. އަދި ގޯތިތަށް ހަދަންފެށީމަ ވާނެގޮތެއްވެސް ނޭގެ. އަލުން ކަރަންޓު ވިޔުގަ އަޅަންކަން ނޭގެ ޖެހޭނީ
ބޯހަލާކު01
19 January 2025
ތިތަނަކީ ޕްލޭނެއްގެ ދަށުން ކަރަންޓާ / ފެނާ ނަރުދަމާ އަޅާފަ އޮތް ތަނެއްނު. ކީއްވެ ކަރަންޓް ކޭބަލް އަކަށް ގެއްލުން ވާންޖެހުނީ، ކިހިނެއް ހުއްދަ ދީފަ ތިއޮތީ ކޭބަލް އޮތް ތަނަކުން ކޮންނަން؟ ކާކު މިކަމާ ޒިންމާ ނަގަނީ؟ އެންމެ ފަހުން މާލެއަށް ވީވަރު ދޯ ހުޅުމާލެއަށްވެސް ތިވީ! އެޔެއް މިޔެއް ނުބަލާ ކަރަންޓު އަޅާފަ ތިއޮތީ!! މަ ހީކުރީ މާލެއިން އިބުރަތް ހާސިލް ކޮށްގެން އެއަށްވުރެއް ރަނގަޅަށްކަމަށް ހުޅުމާލެ ހެދީ!! ބޯހަލާކު
މާހިރުކާ
19 January 2025
ތީ ބޮޑުވެއްޖެ ކަމެއްނު. އެމީހުން ހުއްދަ ހޯދައިގެން އެކަނ ކުރަން ބުނެބަލަ. ތީ މިހާރު އެމީހުންެގ ފަރާތުން ހިނގި 2 ވަނަ ހާދިސާ
އައްޕަނ
19 January 2025
ކުރިންބުނި އެތި ކެންސަލުތަ އެހެންވީމާ