މުހައްމަދު އާރިފު މިއާ: އޭނާ ޑީޕޯޓްކުރަން ވަނީ ނިންމާފައި.
19 ޖެނުއަރީ 2025 - 14:21
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އިމިގްރޭޝަނާ ހަވާލުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ މުހައްމަދު އާރިފު މިއާ ކަމަށެވެ.
އޭނާ ޑީޕޯޓްކުރަން ނިންމީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ އާ ގުޅުން ހުރި ކަމަށް ބެލެވޭ ތަނެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ. އެތަނުން 1.05 ގްރާމުގެ މަސްތުވާތަކެއްޗާއި 92 ބަނގުރާ ފުޅި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެތަކެތި އަތުލައިގަތީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނު ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އިން ހިންގި އޮޕަރޭޝަނެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ޓިނޭ
20 January 2025
ގަވާއިދާ އެއްގޮތަށް ވެސް ބަނގުރާ ގެންގުޅެވޭތަ؟؟؟؟
ވަހީދުގެ
19 January 2025
ފުނުވާ ލުމަކީ ހައްލެއްނޫން. ބުރަ މަސައްކަތްކުރާ ގޮތަށް ޖަލަށްލާ! މަސައްކަތުން ލިބޭ ފައިސާއިން އޭނަގެ ޚަރަދު ބަލަހައްޓާނީ!ޤ
ބިސްމަޅި
19 January 2025
ބަގުރާ ކައްކާ އެ ގެންގުޅެ ބޯ މީހުން ކުރާނެ ޕޯޓެއް ބުނެބަލަ
އަންދަލޫސިޔާ
19 January 2025
މައްސަލަ ބަލައި ޖަލަށް ލާންޖެހޭ. އަދި އޭނާގެ ޢާއިލާއަށާއި ބަނގުލަދޭޝް ސަރުކާރަށް އަންގައިގެން އޭނާ ބަނގްލަދޭޝް ޖަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެއަށް ފަހު ކުރަންޖެހޭ.