20 ޖެނުއަރީ 2025 - 09:11
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އިންސްޓިޓިއުޝަނަލް ސެޓަޕްގެ މަސައްކަތްތަކުގެ އިތުރުން ބިޒްނަސް މޮޑެލް އެކުލަވައިލުމާއި ޑިވެލޮޕްމެންޓް ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތްތައް މި އަހަރުގެ ދެވަނަ ކުއާޓާ އަށް ނިންމައިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކުގެ އޮފީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި އިރު، އިދާރީ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ އިތުރުން ފަންޑިން ސްޓްރެޓެޖީތައް ދެނެގަތުމާއި ބޭރުގެ އިދާރާތަކަށް މައުލޫމާތުތައް ދިނުން ވެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި ޕްރޮޖެކްޓުތަކުގެ ޕައިޕްލައިން ވެސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
1/3 The rollout of the Development Bank of Maldives is structured into three phases, with the first phase - the institutional setup, which is progressing on schedule.
— Mohamed Saeed (@em_saeed) January 19, 2025
ރާއްޖޭގައި ފުރަތަމަ އުފެއްދި ޑިވެލޮޕްމެންޓް ބޭނުންކުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރަން މަސައްކަތް ކުރާނެ އެވެ. އެ ބޭންކުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭން ވެސް ވަނީ ނިންމައިފަ އެވެ.
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ޑީބީއެމްގެ މައިގަނޑު މަގްސަދަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އެންމެ ތަރައްގީ ވެފައިވާ އިގްތިސާދަކަށް ހެދުމަށް އެހީތެރިވެ، ސަރުކާރުގެ އެ އަމާޒު ހާސިލުކުރުން ކަމަށް އެ ބޭންކު އިފްތިތާހު ކުރި ރަސްމިއްޔާތުގައި ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަހަހ
20 January 2025
މިއީ އަރަތެއް، މީހަކު ހީީހީ ހަލާކުވެދާނެ، ހުރިހާކަމެއްވެސްރޫހާނީ، ބަލަ ކޮތަރު އުދުހުނަކަސް އަސްދޫންޏަކައް ނުއުދުހެވޭނެޔޭ، މާރީތިވާނެ، ތިމާމެނައް ކަންތައްތައް ކުރަންނޭގެޔޭބުނިއްޔާ، ކުރަންއެގެނީ އެނމެކަމެއް އެއީ ވައްކަން
ބެއްޔާބެގެ ދަރި
20 January 2025
އެހެންވީމާ ކުރިން ތިޔަ ހުޅުވީ ހަމައެކަނި ނަން ބޯޑެއްތާ ދޯ
ތަރުތީބު
20 January 2025
ތިއީ ކައިވެނިކޮށްގެން ހަނީމޫނު ނިންމާފަ އައިސް ވަލީ ހޯދާ ރަންކިޔަން އުޅުން ކަހަލަ ކަމެއް ދޯ؟
އުދުހޭ
20 January 2025
ބޭންކުން މިވަގުތު ކުރަމުންދާ މަސައްކަތަކީ ނަންބޯޑު ފޮހެސާފުކުރުން ދެއްތޯ؟
އައރަަދަ
20 January 2025
އެހެން މީހުން މަސައްކަތް ނިންމާ ރެޑީ ވީމަ ތަންތަން ހުޅުވަނީ. މިމީހުން ފުރަތަމަ ހުޅުވަނީ ތަން. އެޔަށް ފަހު ތަނަށް ބޭނުންވާ ސާމަނާ މީހުން މިހޯދަނީ. ވަރަށް މޮޅު
ހާސަރު
20 January 2025
"މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެ ބޭންކް ހިންގާ އޮފީސް ބައްލަވާ ލައްވައިފަ އެވެ" ދެމަސް ކުރިން އޮތް ޚަބަރެއް. މިގޮތަށް ކީއްވެތަ އެއަޕޯޓްގެ އާ ޓާމިނަލް ވެސް ހުޅުވާނުލީ!؟ މީހުންތަންތަން ހުޅުވަނީ ނިމިގެން އޭގެ ޚިދުމަތްދޭން ފަށަންވީމަދޯ؟ ކުރާހުރިހާކަމެއް ސިޔާސީ ވިސްނުމުން ކުރާތީ އެއްކަމެއްވެސް ރަގަޅަށް ނުވެގެން ތިއުޅެނީ.