ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު. ފޮޓޯ | މިހާރު
19 ޖެނުއަރީ 2025 - 18:26
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އުމުރުން 55 އަހަރުގެ ޝުއައިބު އެންމެ ފަހުން ފަރުވާ ހޯއްދެވީ، ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އައްޔަންކުރީ މާޗު 26، 2011ގަ އެވެ. ޝުއައިބު ވަނީ ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. އޭނާ ރިޓަޔާކުރެއްވީ ނޮވެމްބަރު 22، 2022 ގަ އެވެ.
ޝުއައިބު، ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ގަތަރު ޔުނިވާސިޓީން 1997 ގަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފަ އެވެ.
ޝުއައިބު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ޝުއައިބު ކުރެއްވި އެވެ.
އޭނާ ވަނީ މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސާމަތު އުމަރު
21 January 2025
ޖަސްޓިސްގައި އެކީ މަސައްކަތް ކުރިއިރު ފާހަގަކުރެވުނީ ވަރަށް ހިތްހެޔޮ ޚުލްގުހެޔޮ ތެދުވެރި ބޭފުޅެއްގެ ގޮތުގައި. ދިވެހިންގެ ތެރޭގައި މިހާރު ނުފެންނަވަރު ރަނގަޅު ބޭފުޅެއް. ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާކުރަން. އާއިލާއަށް ކެތްތެރިކަން ދެއްވާށި.
ރަމަ
20 January 2025
ރާއްޖެ ނުދެކޭފަދަ ތެދުވެރި ވަކިފަރާތަކަށްނުޖެހޭ ހަމަހަމަކަން ގެންގުޅުއްވި ވަރަށް ރަގަޅު ފަޑިޔާރެއް އަބަދުވެސް ބުނާއެކައްޗެއްއޮވޭ ކިތަންމެ ގާތަސް ރައްޓެއްސަކަސް ތިމަންނަގެ މަސައްކަތާއިގުޅިގެން އެއްވެސްވާހަކައެއް ނުދެއްކުމަށް.
ފަނޑިޔާރުު
20 January 2025
ޝުއައިބް ދެއްކެވީ ނުވިކި ފަނޑިޔާރުކަން ކުރެވޭނެ ކަމެވެ. ނަމޫނާ ބޭފުޅެކެވެ. ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ޢަބްދުﷲ އަހުމަދު
20 January 2025
إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ.މިއީ މަދުން ދިވެހިންގެތެރެއިން ފެންނަ ފަދަ ދިވެހިވަންތަ ދަރިއެއް އަދި ޚިދުމަތްތެރިއެކެވެ.ޚުލްޤު ހެޔޮ އަޚުލާޤު ރަގަޅު ހިތްހެޔޮ ބެއިކަލެކެވެ.ރަޙުމަތްތެރިކަމުގެ ނަމޫނާ ބެއިކަލެއްމެއެވެ.މާތްﷲ ޝުޢަބުގެ ފުރާނަ ޖަންމަތުލް ފިރުދައުސްގައި ލައްވައި ޢާއިލާ އަށް ކެތްތެރިކަން މިންވަރުކުރައްވާށި.އާމީން.
އޮނަރަބްލް އަފީފު ދީދީ
19 January 2025
إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ
އާފް
19 January 2025
މާތް ކަމަކީ އަމިއްލައަށް މަސައްކަތުން ހާސިލްކުރެވޭ މަގާމެއްކަން ޝުއައިބްގެ ހަޔާތަށް ބެލުމުން ފެންނާނެ. މުޅި ގައުމު ފަޚުރުވެރިވޭ ޝުެައިބަށްޓކާ.. ފުރިހަމަ މުއުމިނެއްގެ ނަމޫނާ އެއް މިގައުމުން ފަހުގެ ތާރީޚެއްގަ ފެނުނު….
ޢެޑްމުންޑޯ
19 January 2025
إنا لله و إنا إليه راجعون ، ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި ،
މުހައްމަދު އަލިމަނިކު
19 January 2025
އިންޓެގްރިޓީއަކީ މީހެއްނަމަ ޝުއައިބަކީ އެ މީހާ. ތެދުވެރިކަމަކީ މީހެއް ނަމަ ޝުއައިބަކީ އެ މީހާ. ވަރަށް ބަރާބަރު ވަރަށް ހިތްހެޔޮ ބޭފުޅެއް
ބުރަތޭރީ
19 January 2025
މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙްމަތާއި ނިޢުމަތް މިންވަރުކުރައްވާ ޢާއިލާ އަށް ކެތްތެރިކަން މިންވަރުކުރައްވާށި.
މަ ބުނީ
19 January 2025
ރާއްޖެ ދެކިފައިވާ މަދު ތެދުވެރި އިޙްލާސްތެރި ވަފާތެރިންގެ ތެރެއިން މާތް އަޙްލާގެއްލިބިފައިވާ ހުލްގުހެޔޮ ހޭފުޅެއް މާތް ﷲ މައްޔިތާއަށް ފާފަފުއްސަވާ ރަޙްމަތިގެ ޖަންމަތުލްފިތުދަޢުސް މިންވަރުކޮށްދެންވަވާށިއެވެ އާމީން.