ސަރުކާރުގެ ހިދުމަތެއް ވަން ގަވް އާ ގުޅުން ފާހަގަކުރުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ: ޓްރޭޑް ނެޓް މޯލްޑިވްސް
21 ޖެނުއަރީ 2025 - 10:31
ސަރުކާރުގެ އެކި މުއައްސަސާތަކުގެ ހިދުމަތްތައް އޮންލައިންކޮށް ދޭ ޕްލެޓްފޯމް "ވަންގަވް" ވިއުގައި ސަރުކާރުގެ ގިނަ އިދާރާތައް ބައިވެރިނުވާތީ، ބެލެނިވެރި ކުންފުނި ޓްރޭޑްނެޓްގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް، ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މިދިޔަ ސަރުކާރުން އުފައްދަވައި، "ވަން ގަވް" ވިއުގަ ތައާރަފްކުރީ ނެޝަނަލް ސިންގަލް ވިންޑޯ އޮޕަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަމަށެވެ.
ސަރުކާރުން ހޯދަން ޖެހޭ ހިދުމަތްތައް ގުޅިފައިވާ އެއް ވިއުގައެއްގެ ދަށުން ފޯރުކޮށްދިން މި ހިދުމަތުގައި މިހާތަނަށް ބައިވެރިވެ ހިދުމަތް ދޭން ފަށާފައިވަނީ ދައުލަތުގެ 14 އިދާރާއަކުން ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ވަން ގަވް ވިއުގަ ތެރޭގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ނުހިމެނޭއިރު އޭގެ ތެރޭގައި ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ގިނަ ހިދުމަތްތައް ބައިވެރިނުވެ ހުރި ކަމަށް ސިޓީގައިވެ އެވެ.
ކުޑޫގެ ސިޓީގައި ވިދާޅުވީ، އޭގެ ބަދަލުގައި ވަން ގަވް އާ ނުގުޅި އިދާރާތަކުން އަމިއްލަ ވިއުގަތައް ގާއިމްކޮށް، މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ކޮރަޕްޝަނަށް މަގުފަހިވެ، މަސައްކަތުގެ ސްޕީޑާއި އެފިޝިއެންސީއަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.
އެއް ވިއުގަ އަކުން މިކަން ކުރުމަށް ބަޖެޓާއި ވަސީލަތްތައް ކަނޑައަޅާފައިވާއިރު، ވަކިވަކިން އިތުރު ވިއުގަތައް ހެދުމަކީ ދައުލަތުގެ ބަޖެޓުން ވެސް ބޮޑެތި އިސްރާފުތަކެއް ވެގެން ދާނެ ކަމެއް ކަމަށާއި ބައެއް ވިއުގަތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ބޮޑެތި ހަރަދުކޮށްގެން އަޕްގްރޭޑްކުރަން ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"... އެ ކުންފުނީގައި، ކަމަށް ބޭނުންވާ ފަންނީ ވަސީލަތްތަކާއި ފައިސާ ހުރިއިރު، ވަކިވަކިން ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް ކުރުމަކީ ދައުލަތަށް ލިބެން އޮތް ފައިދާތަކެއް ގެއްލިގެންދާ ގޮތަށް ތަރުތީބުގެން ކުރިއަށްދާ ކަމެކެވެ." ސިޓީގައި ކުޑޫ ވިދާޅުވި އެވެ.
ވަން ގަވް އުފެއްދި މަގުސަދު ހާސިލްނުވެ، މި ގޮތަށް މި ކަން ހިނގައިދިއުމަކީ ވަން ގަވްގައި ބައިވެރިވުމަށް ހުރަސްތަކެއް ހުރި ނަމަ، އެ ހުރަސްތައް ދެނެގަނެ ހައްލެއް ހޯދެން ޖެހިފައިވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޓްރޭޑް ނެޓްގެ އިސްވެރިން ހާޒިރުކުރަން ނިންމާފައިވަނީ ސަރުކާރު މަސްއޫލިއްޔަތު އަދާ މިންވަރު ބަލާ ކޮމިޓީ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރުތަލާ
21 January 2025
ފުރަތަމަ ވަންގަވް ކޮއްބަލަ ޓްރާންޕޯޓް ކަހަލަ ތަންތަން. ދެން ވަކި ލޮގިން ހަދައިގެން އުޅޭ ޑީއެންއާރު، އިމިގުރޭޝަން، ޕެންޝަން ކަހަލަ ތަންތަނަށް މަޖުބޫރު ކޮއްބަލަ އީފާސް ބޭނުން ކުރަން. ކުންފުނީގެ ހުރިހާ ރިސޯސެއް އެންސީއައިޓީއަށް ދީގެންވެސް އެތަން ވަރަގަދަ ކޮއްބަލަ
ތަކުރު...
21 January 2025
ކުޑޫގެ ތި އިންކުއަރީ އަދި ކުޑަކޮށް ފުޅާކޮށްލަން ފެނޭ. އެއީ، މިކަހަލަ ހިދުމަތްތައް ދޭން ދައުލަތުގެ ވުޒާރާއެއް މިހާރުވެސް އޮއްވާ (އެންސީއައިޓީ)، އެ ވުޒާރާގެ ޒިންމާއެއް ކުންފުއްޏެއް ހަދާ އެކުންފުންޏާ ހަވާލު ކުރިމައްސަލަ. އަޅުގަޑަށް މައުލޫމާތު ލިބިފަ އޮތްގޮތުން ވަންގަވް އަކީ އެންމެ ފުރަތަމަ އެންސީއައިޓީއިން ފަރުމާ ކުރި ސިސްޓްމެއް. ދެން މިބުނާ ޓްރޭޑްނެޓް ކުންފުންޏައް މި ސިސްޓަމް ހަވާލުކުރީ. ކިހިނެއް، ކީއްވެ، ހިގިކަމެއް؟
ޢިސްރާއު
21 January 2025
ރަނގަޅު. މި ގައުމުގައި ކަމެެއްވާ ބަޔަކަށް އޮތީ ޓްރޭޑްނެޓް އެކަނި. ހުރިހާ އިދާރާތަކަށް ބައިވެރިވާން ގާނޫނަކުން މަޖުބޫރު ކުރީމަ ނިމުނީނު. ޓްރޭޑްނެޓް ހަދަން ޖެހުނީ އެންސީއައިޓީއަށް ނުވާތީ. އެހާރުވެސް، މިހާރުވެސް ހަމަ އެކައްޗެއް.
ނަސީރު މުހައްމަދު
21 January 2025
ސަރުކާރުގެ ރަސްމީ އިދާރާ އަކުން ކުރަމުން ދިޔަކަމެއް، ކުންފުންޏެއް ހަދައިގެން ކުރާސަބަބަކީ މާލިއްޔަތު ގަވައިދުގައި ހުރި ލޫޕްހޯލްތަކުގެ ބޭނުން ހިފުން. މީގެ ލާމަސީލު މިސާލެއް އެޗްޑީސީ އަކީ. މީ ލައްކަ ވާހަކަ
ދީދީީ
21 January 2025
މިމީހުން ޑިޖިޓަލް ކުރަނީ ރައްރިތުންގެ ޑިމާންޑް އޮންނަ ކަންކަމަކަށްނޫން. އެންމެ ފަސޭހައިން ކޮއްލެޥޭ ހިތުމަތްތައް ކޮއްފަ ހެޑްލައިން ހަދަން
މަރުޒޫގްް
21 January 2025
ކުޑޫ ތި ސުވާލު ކުރަންވީ ފައްޔާޒުއާ. އެންސީއައިޓީގެ މެންޑޭޓް ނަގާފަ ފާޑެއްގެ ކުންފުންޏެއް ހަދައިގެން ބޭރުންދިން ފަންޑެއް ހުސްވި އިރުވެސް 2ތިން ސާވިސް ލައިވް ކޮއްލެވުނީ. އެވެސް ހަދާފަހުރީ އެއްޗެއް ހެދިކަމަށްވާން
މަރުޒޫގް
21 January 2025
ކުޑޫ ތި ސުވާލު ކުރަންވީ ފައްޔާޒުއާ. އެންސީއައިޓީގެ މެންޑޭޓް ނަގާފަ ފާޑެއްގެ ކުންފުންޏެއް ހަދައިގެން ބޭރުންދިން ފަންޑެއް ހުސްވި އިރުވެސް 2ތިން ސާވިސް ލައިވް ކޮއްލެވުނީ. އެވެސް ހަދާފަހުރީ އެއްޗެއް ހެދިކަމަށްވާން
ރަޝީލާ
21 January 2025
ވަންގަވް އުވާލީމަ ނިމުނީ. އެންސީ އައިޓީ ވެސް އެބަ އޮތެއްނު.
ސަރުދާރުު
21 January 2025
ކީއްކުރާ ޓްރޭޑްނެޓްއެއް އެންސީއައިޓީ އޮއްވަ؟ އެއްކަމެއް ކުރާ 2 ތަނެއް. ތިޔަ ޓުރޭޑްނެޓް އެންސީއަޓީއަށް ބަދަލްކޮއްބަލަ. ކޮނމްތަނެއްފަވެސް އެވަރަށް ވެރިންނާއި ސިޔާސީ މީހުން
ބައުންސް
21 January 2025
ދެން ތި އުވާލާފާ އީފާސް އަށް މއިގްރޭޓް ކޮއްބަލަ!