ވިޔަފާރި / އެޑްވަޓޯރިއަލް

ވަންގަވް: ހިދުމަތް ދިނުމަށް ވަށައިޖެހޭ ޑިޖިޓަލް ނިޒާމެއް!

18 ޑިސެމްބަރ 2023 - 10:14

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރާއްޖޭގައި ސަރުކާރުގެ އެކި އިދާރަތަކުން އެކި ގޮތްގޮތަށް އެކި ޓެކްނޮލޮޖީތަކުގެ ބޭނުންކޮށް, އަޖުމަ ބަލަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މިއަދާ ހަމައަށް އައިރު ހިދުމަތް ދިނުމުގައި އެންމެ ކާމިޔާބުކަމާ އެކު ތަންފީޒް ކުރެވިފައިވާ, ރައްޔިތުން ބަލައިގެންފާއިވާ ޕްލެޓްފޯމްތަކަކީ އޭގެ ޒާތުގައި މުޅިން ޑިޖިޓަލް ޕްލެޓްފޯމްތަކެއް ނޫނެއެވެ. އެފަދަ ގިނަ ޕްލެޓްފޯމްތައް ފަރުމާވެފައިވައި ވަނީ ރައްޔިތުން ޑިޖިޓަލީ ހިދުމަތަަށް އެދި ހުށަހެޅުމުން, ހިދުމަތް ދޭން ތިބޭ މުވައްޒަފުން ހިދުމަތް ދިނުމަށް ވަރަށް ގިނަ މެނުއަލް މަސައްކަތްތަކެއް ކުރަން ޖެހޭ ގޮތަކަށެވެ.

ވަންގަވް ޕްލެޓްފޯމް ތަރައްގީކޮށްފައިވަނީ ސަރުކާރުގެ ހިދުމަތްތަކަށް ރައްޔިތުންނަށާއި, ވިޔަފާރިތަކަށް ޑިޖިޓަލީ އެދި ހުށައެޅުމުގެ އިތުރަށް, ހިދުމަތް ދޭ އިދާރާތަކުން ހިދުމަތް ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް ވެސް ޑިޖިޓަލީ ކުރެވޭ ގޮތަށެވެ.

މިއީ ދިގު ތަސައްވަރެއް އޮތް ޕްލޭނަކާ އެކު ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މީގެ ސަބަބުން، ހިދުމަތް ފޯރުކޯށްދޭ ފަރާތާއި ހިދުމަތްދޭ ފަރާތާ ދެމެދު އޮންނަ ހުސްކަން ނައްތާލައި, ސަރުކާރާއި އާންމުންނާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެން އިތުރަށް ބަދަހިވެގެންދާނެއެވެ.

"ވަންގަވް"ގެ އިކޯ ސިސްޓަމް ތައްޔާރުކޮށްފައިވަނީ ކޮވިޑް ފަދަ ބަލިމަޑުކަމުގެ ހާލަތްތައް ފަދަ ދަނޑިވަޅުތަކާއި ބަދަލުވަމުންދާ ޓެކްނޮލަޖީއަށް އެޑަޕްވެވޭނެ ފަދަ ގޮތަށެވެ. މި އިކޯސިސްޓަމްގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ޕްލެޓްފޯމަކީ ވަންގަވް ވޯކްޕްލޭސްއެވެ. ސަރުކާރުން ބޭނުންވާ އަމާޒަށް ވާސިލުވުމަށާއި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން މިއީ އިދާރާތަކަށް މުހިއްމު ޕްލެޓްފޯމެކެވެ. އަދި މިއީ އިދާރާތަކުން ހިދުމަތްތައް ފޯރުކޮށްދިނުން ރަނގަޅު ކުރުމުގެ މުހިއްމުކަން ވަންގަވްގެ ޓީމުގެ ހޯދުންތަކުން ދެނެގަނެވުމުން އެކުލަވާލެވުން ޕްލެޓްފޯމެކެވެ.

އިދާރާތަކަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ "ވަން ގަވް ވޯކްޕްލޭސް" އަކީ ހިދުމަތް ފޯރުކޮށްދޭ އިދާރާތައް ބޭނުންކުރުމަށްޓަކައި ފަސޭހައިން ގެންނަން ޖެހޭ ބަދަލުތައް ގެނެވޭނެ ރެސްޕޮންސިވް ޕްލެޓްފޯމެކެވެ.މިޕްލެޓްފޯމް މެދުވެރިކޮށް 24 ގަޑިއިރުގެ ތެރޭގައި އާ ހިދުމަތްތައް ތައާރަފްކުރެވޭނެއެވެ. މި ޕްލެޓްފޯމަކީ ހުނަރުވެރި އާކިޓެކްޓުންނާއި އިންޖިނިއަރުންގެ ޓީމަކުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ޒަމާނީ ޑިޒައިންގެ އުސޫލުތައް ބޭނުންކޮށްގެން އެކުލަވާލާފައިވާ ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމަކީ ބޭނުންކުރަން ފަސޭހަ ޑިޒައިނެއްގައި ގާއިމުކޮށްފައިވާ, ސެކިއުރިޓީ ޔަގީންކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާ ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމު ފަރުމާކުރުމުގައި ބަލާފައި ވަނީ އެންމެނަށް ވެސް ބޭނުން ކުރަން ފަސޭހަ ޓޫލްއަކަށް މި މި ޕްލެޓްފޯމު ހެދުމެވެ. އެގޮތުން މި ޕްލެޓްފޯމުގައި ވަނީ ހުރިހާ ފެންވަރެއްގެ ސްޓާފުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ޔޫޒާ ފްރެންޑްލީ އިންޓަފޭސެއް ގާއިމުކޮށްފަ އެވެ.

"ވަން ގަވް ވޯކްޕްލޭސް" ތަރައްގީ ކޮށްފައިވަނީ މުވައްޒަފުންނަށް މުހިންމު 14 އެޕެއް ހިމަނައިގެންނެވެ. އެ އެޕްތަކަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުވުމަށް ހިމަނާފައިވާ އެޕްތަކެކެވެ. މި އެޕްތަކުގެ ސަބަބުން، ޖަވާބުދާރީވުމާއި ޒިންމާދާރު ސަގާފަތެއް އިދާރާތަކުގައި އާލާކޮށް، އިދާރާތަކުގައި ކުރާ މަސައްކަތްތައް ފަރުވާތެރިކަމާ އެކު ރެކޯޑުކުރެވޭނެ އެވެ. މިއީ ހިދުމަތްތަކުގެ ފެންވަރު ވެސް އިތުރަށް ރަނގަޅުވެ, މަސައްކަތްތައް އިތުރަށް ފުރިހަމަވުމަށް މަގުފަހިވާނެ ކަމަކެވެ.

ކޮންމެ އިދާރާއެއް ވެސް ކަސްޓަމައިޒް ޕްލެޓްފޯމަކަށް ހެދުމުގެ ގޮތުން މި ޕްލެޓްފޯމް ޑިވަލޮޕްކޮށްފައި ވަނީ ލޯ ކޯޑް އަދި ނޯ ކޯޑް ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. މިކަމުގެ ސަބަބުން ކޮންމެ އިދާރާއަކަށް ވެސް މި ޕްލެޓްފޯމުގައި ކަސްޓަމައިޒްޑް ސާވިސްތަކާއި ފޯމްތަކާއި ވޯކްފްލޯތައް ކުޑަ ހިދުކޮޅެއްގެ ތެރޭގައި އެޑް ކުރެވޭނެ އެވެ.

މި ޕްލެޓްފޯމުގައި އެންމެ އިސްކަން ދޭ އެއް ކަމަކީ ލިޔެކިޔުންތަކުގެ އިންޓެގްރިޓީ ހިފެހެއްޓުމެވެ. މިކަން ކަށަވަރުކުރުމުގެ ގޮތުން މި ޕްލެޓްފޯމުން ވަނީ ޓްރޭސް ކުރެވޭނެ ސްޓޭންޑާޑައިޒްޑް ޑޮކިއުމަންޓް ކޮންޓްރޯލް ނަންބަރުތަކެއް ރެކޯޑުތައް ބެލެހެއްޓުމަށް ތައާރަފްކޮށްފަ އެވެ. އަދި އިދާރާތަކުގެ ޑޭޓާ ކޮމްޕްރޮމައިޒް ނުވެ އޮންނާނެ ސެކިއުރިޓީ ވަރުގަދަ ޕްލެޓްފޯމަކަށް ހެދުމުގެ ގޮތުން މި ކަންތައްތައް ހަރުދަނާ ޑޭޓާބޭސް ޓޫލަކުންދަނީ މެނޭޖްކުރަމުންނެވެ.

ހިދުމަތް ފޯރުކޮށްދިނުން ހަރުދަނާކޮށް, ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިއަށް ހުރި ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ ޕްލެޓްފޯމަކަށް ހެދުމަށްޓަކައި "ވަންގަވް"ގެ ޓީމުންދަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން އިދާރާތަކާއި އެކު ވަރަށް ގާތުން މަސައްކަތްކޮށް, ޕްލެޓްފޯމްގެ ގާބިލްކަން އިތުރުކޮށް، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގެ ބޭނުންތަކަށް އާ ފީޗާސްތައް ތައާރަފްކުރުމަށް އެ ޓީމުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

އޭގެތެރޭގައި ޕްލެޓްފޯމްގައި އެޖެންސީތަކަށް އެތެރޭގެ ޕްރޮސެސްތައް ރީފައިންކުރުމުގެ މަސައްކަތާއި ރިއަލް ޓައިމް ވޯކްފްލޯ މޮނިޓަރިން ޓޫލްސް ޑިވަލޮޕްކުރުމުގެ މަސައްކަތްތަކާއި އާ ފީޗާތައް ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވަންގަވްގެ ވަރުގަދަ އިކޯ ސިސްޓަމުން ދައްކައިދެނީ ހަމައެކަނި ޓެކްނޮލަޖީގެ ކުރިއެރުމެއް ނޫނެނެވެ. މި އިކޯ ސިސްޓަމަކީ ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި ހިދުމަތް ލިބިގަތުމުގައި ތަޖުރިބާކުރާ ގޮތަށް އައި ބޮޑު އިންގިލާބީ ބަދަލުގެ ރަމްޒެކެވެ. މި ޕްލެޓްފޯމަކީ ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްދީ, އިތުބާރު އުފެއްދުމާއި، އިނޮވޭޝަންގެ ތެރެއިން އިދާރާގެ މަސައްކަތްތައް ފަސޭހަކުރުމާއި، ޒިންމާވާންޖެހޭ ފަރާތްތަކުން ޖަވާބުދާރީވުމުގެ ފުރުސަތު ބޮޑުކޮށްދިން ޕްލެޓްފޯމެކެވެ.

ނޯޓު: މިއީ "ވަންގަވް"ގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454