މިިދިޔަ މަހު ބޭއްވި އެއްވުމެއްގައި ތުލުސްދޫ ކައުންސިލް އަދި އެ ރަށުގެ އިދާރާތަކުގެ ބައެއް މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ތުލުސްދޫ ކައުންސިލް
22 ޖެނުއަރީ 2025 - 14:55
ޓޫރިޒަމް ޕްރޮމޯޓުކުރަން ކ. ތުލުސްދޫ ކައުންސިލްގެ ބޮޑު ވަފުދެއް ތައިލެންޑަށް އިއްޔެ ހިނގައްޖެ އެވެ.
ތައިލެންޑުގެ ރޯޑްޝޯގައި ބައިވެރިވުމަށް ހަފުތާއަކަށް ކުރާ ދަތުރުގައި ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހިމެނޭގޮތަށް ހަތަރު ކައުންސިލަރުންނާއި އިދާރީ ތިން މުވައްޒަފުން ބައިވެރިވެ އެވެ.
އެ މުވައްޒަފުންގެ ޓިކެޓާއި ހުރުމާއި ކެއުމުގެ ހަރަދު ކައުންސިލުން ހަމަޖެއްސުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އެކަމަކު، އިތުރު ތަފްސީލެއް ނުލިބެ އެވެ.
ތުލުސްދޫއަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރުމުން އަންނަ އެއް ރަށެވެ. އެ ރަށުގައި މިހާރު ވެސް 30 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަ އެވެ.
ޓޫރިޒަމް ޕްރޮމޯޓުކުރަން ތުލުސްދޫ ކައުންސިލްގެ ޓީމެއް ތައިލެންޑަށް ދިޔައިރު، މިދިޔަ ނޮވެމްބަރު މަހު ބޭއްވި ވޯލްޑް ޓްރެވެލް މާކެޓުގައި އައްޑޫ ޕްރޮމޯޓުކުރަން ސިޓީ ކައުންސިލްގެ ބޮޑު ވަފުދެއް އިނގިރޭސިވިލާތަށް ދިއުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އެ ދަތުރުގައި ބައިވެރިވި 10 މީހުންގެ ދަތުރަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ ހަވީރު
22 January 2025
ތުލުސްދުއަށް އެއްޗެހި ކިޔަމުން ިދުވަނީ ރިނބުދޫން ހިޖުރަކުރި މީހުން
ސިއްދީގުބެއްޔާ
23 January 2025
ރަށަށް އެރި ބީރައްޓެހިން މާ ހާޑުކޮށް މިއުޅެނީ. ކަލޭމެން ގީތި އޮންނާނެ ރިނބުދޫގަ. ރަށަށް ދޭބަލަ
މުސްލިމާ
23 January 2025
އޭ ރިނބުދޫ އޭ ނުކިޔާ. އަހަރެމެން އައިރު ތީ ކަރަންޓެއް އޮތް ރަށެއްވެސް ނޫން. އަހަރެމެން އައިސް ތަރައްގީ ކޮއްލީމަ ބާރުގަދަ ކޮއްލައިގެން ތިއުޅެނީ
ކާފަރާ
23 January 2025
މުސްލިމާ މެންނަށް ހީވަނީ ލައްކައެކޭ. މާލެއާ ކައިރިއަށް އާދެވުނީމަ ކުރިން އުޅުން ރައްގަޑުމަތީން ހާދައަވަހަށްތި ހަނދާންނެތުނީ. ހަނދާންވޭތަ ޖަގިޔާ ލައިގެން ނުރާނާ ހުރި ގިފިލިން ފެންވެރިކަން. އުސްތައްޓަކަށް އެންމެ ފުރަތަމަވެސް ބޮގުޖެހީ ތިބުނާ ރަށަށް އައިފަހުން. ސައިޒް އޮޅެނީ ހާދަހާ އަވަހަށޭ.
ނަޖުމާ
23 January 2025
އެބުނާހެން ފުނައޮށް ދިއްލައިގެން އުޅުނު ބަޔެއް ތުލުސްދޫ މީހުންނަކީ. އަހަރެމެން އައިސް ތަރައްގީ ކޮއްލީމަ ކިހާ މަޖާ
ފިރޯޒާ
24 January 2025
ހޫނ ހޫން. ރިނބުދޫ މީހުނާ ބެހިނުލާ ތުލުސްދޫ ބައިގަނޑަށް ކެތްނުވޭ ދޯ. ގޮނޑެއްހެން އޮތް ރަށެއް. އަހަރެމެން އައިސް ތާހިރު ކުރީ. އެންމެ ކުޑަމިނުން އެއްޗެހިވެސް ދޮވެ އުޅުނީ އަތުން. އަހަރެމެން ދޮންނަމެޝިންތައް ގެންގުޅޭތަން ފެނި އާވާރާ ވެގެން އަނގަ ހުޅުވިފަ ތިބީ. ރިނބުދޫން އައި ބައިގަނޑޭ ކިޔަން ލަދެއް ނުގަނޭ ފަހެ
ދޮހޮއްތުބެ
22 January 2025
ތީ އަދި އާވައްތަރެއްގެ ކަމެއް... ތައިލެންޑަކީ މިގައުމައް މާގިނައިން ޓޫރިސްޓަކު އަނަންތަނެއްވެސް ނޫން އަދި ކިއެއްތެ އެވެރިންގެ އޮންނަނީ މާ އެހެން ޒާތެއްގެ ޓޫރިޒަމެއް
ނުރަބޯ
22 January 2025
ބެންކޮކަށޭ ނުބުނަން ރީތި ކޮށްލާފަތަ ތައިލެންޑަށޭ ތިކިޔަނީ
ދިއްދޫމީހާ
22 January 2025
ފަތުރުވެރިކަން އިސްތިހާރް ކުރާށޭ ކިޔާފަ ޒިމްބާބްވޭއަވެސް ތިޔަ ވެރިން އަދި ދާނެ..
ބިންތެޅި1
22 January 2025
ބިންކޮޅެއް ވިއްކާލީ
ނަތީޖާ
22 January 2025
އައްޑޫގެ މޭޔަރުދޯ ތަމްރީނުކުރީ.
ހަމަތަ
22 January 2025
ދެބިން ވިއްކާލާފަލާރިގަނޑު ހިފައިގެންބެޗީތަ...
މުރާސިލް
22 January 2025
ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ ނަމުގައި ތުލުސްދޫ ކައުންސިލްގެ ބޮޑު ވަފުދެއް ތައިލެންޑަށް ދިޔަ ދިޔުމުގެ މަޤުސަދު ވަރަށްގޯސްކަން ކަށަވަރެވެ. ސަބަބީ ތައިލެންޑަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ޓުއަރިސްޓުން އަންނަ ޤައުމުތަކުގެ ލިސްޓުގެ ޓޮޕް 19 ޤައުމުގެ ތެރޭގައިވެސް ހިމެނޭ ޤައުމެއް ނޫނެވެ. އަދި 71 މިލިއަން އާބާދީގައި ހިމެނޭ ތައިލެންޑު ރައްޔިތުގެ ތެރެއިން %7 މީޙުންވެސް ޓުއަރިސްޓުގެ ގޮތުގައި އެހެން ޤައުމުތަކަށް ދަތުރެއް ނުކުރެއެވެ.
ކިރުސައި
22 January 2025
އެސްޓޯނިޔާއަށް ކުރި ދަތުރެކޭ މިއެކޭ ތަފާތެއް ނެތް
ކަބުލޮ
22 January 2025
ތިހެން ކުނި މެނޭޖުކުރަން ކިތައް ތަނަށް ގޮސްފި.. ވީކަމެއް ހަރާން.. ދަނީ ޗޮކުހުން.. ނޭގި ތިއްބާ ކުނިގޮޑު ރޯވެގެން ކުނި މެނޭޖު ވަނީ.. ބޯ ހަލާކު