ފްރުޓް ޓްރީ ގުދަނުގައި އަލިފާން ރޯވެފައި.-- ފޮޓޯ: އެމްއެންޑީއެފް
23 ޖެނުއަރީ 2025 - 09:55
މާލޭގެ މަޖީދީމަގުގައި ހުރި ގުދަނެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
އަލިފާން ރޯވީ، އެކި ވައްތަރުގެ ޗޮކްލެޓާއި ނަޓްސް އާއި ރީތިވާސާމާނު ފަދަ ގިނަ ބާވަތްތަކެއް ވިއްކާ "ފުރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނުގަ އެވެ. އެތަން ހުންނަނީ މަޖީދީ މަގު، ވިލާ މާޓު ކައިރީގަ އެވެ.
އެ ގުދަނަކީ ދަގަނޑާއި ޓިނުން ދެ ބުރިއަށް ހަދާފައި ހުރި ތަނެކެވެ.
އެމްއެންޑީއެފުން ބުނީ ރޭ ފަތިހު 4:20 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 5:27 ހާއިރު ކަމަށެވެ.
ފްރުޓް ޓްރީ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން ހަރަކާތްތެރި ވަނީ.-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން އެއްކޮށް ނިއްވާލެވުނީ ހެނދުނު ހައެއް ޖެހިއިރެވެ. އޭރު ބޭނުން ނުކުރެވޭ ވަރަށް ގުދަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ޖެހިގެން ހުރި ގެތަކަށް އަލިފާނުގެ އަސަރުކޮށް މީހުން ބަދަލުކުރަން ޖެހުނެވެ.
ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި ފަސް ގެއަކަށް ގެއްލުންވެ އެ ގެތަކުގެ މީހުންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވުނު ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޭގެ ތެރެއިން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ފްރުޓް ޓްރީ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި.-- ފޮޓޯ: އެމްއެންޑީއެފް
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
23 January 2025
ދުވަހަކުވެސް މާލޭގައި ރޯވެފައި އިން އަލިފާންގަނޑެއް ނިއްވާ ލެވުނުތަ؟ މަޖީދީމަގު ފަޔާ ހައިޑްރޭން ޖެހިގެން ޓެރެފިކެއް ނެތް ދަނަވަރުގެ ވަގުތެއްގައި. އަދި ކޮބާ ހައުސިން މިނިސްޓްރީ ރޯވި ދުވަސް.؟ ރައްޔިތުންގެ ޓެކްސް ފައިސާއިން ފަޔާ އެންޑް ރެސްކިއު ނަމުގައި ކުރާކަމެއް ބަލަން އެބަ ޖެހޭ؟
ގުދަން
23 January 2025
މާލެއިން ގުދަން މަދުކުރާ ވާހަކައެއް ދެއްކި ހަނދާނެއްވޭ.
ހގފހޔ
23 January 2025
ދެން ބުނޭ އެލްއޭގާ އެނދިވަރަކަށް ނޭންދިއެއްނޫންހޭ.