ޚަބަރު / އިލެކްޝަންސް ކޮމިޝަން

ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ހަރުގެ ޖަލްސާގައި ޕީއެންސީގެ އާންމު މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ލިބުނު ފޯމުތައް، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާގޮތަށް ދަފްތަރުކޮށްފައިވާ ކަމަށެވެ. އެއާ އެކު، އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް އީސީން ބުންޏެވެ.

އެ ލިސްޓަށް my.elections.gov.mv ނުވަތަ ޝަކުވާ ޕޯޓަލް ppr.elections.gov.mv އަދި އޮފީހަށް ހާޒިރުވެގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

އީސީން ބުނީ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަން ޖެހޭނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލިއިރު، ބައެއް މީހުންގެ މައުލޫމާތު ވަގަށް ނަގައިގެން އެކި ޕާޓީތަކަށް ވައްދާފައިވާ ކަމުގެ ޝަކުވާތައް މި ފަހުން ވަނީ ބޮޑުވެފަ އެވެ. އޭގެ ތުހުމަތު މި ފަހުން އެންމެ ބޮޑަށް އަމާޒު ކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށެވެ.

މިވަގުތު މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ވެސް ޕީއެންސީ އެވެ. އީސީން މިއަދު އާއްމުކުރި ނަމްބަރުތަކުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.

ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. އެކަމަކު، މިދިޔަ އަހަރު ފެށިއިރު އެ ޕާޓީގައި 52،142 މެމްބަރުންނެވެ.

27 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރުބެ

25 January 2025

މިހާރު ހުރި ހުރިހާ ޕާޓީއެއްގެ ހުރިހާ ފޯމުތަކެއް އުވާލާފައި އީފާސްއިން ފޯމު އަލުން ފުރަން އިއުލާން ކުރަންވީނޫންތޯ.

The name is already taken The name is available. Register?

ގޮއްޔެ

24 January 2025

އެކި ޕާޓީތަކޭ ނުކިޔާ ޕީއެންސީއޭ ކިޔާ. އެމްޑީޕީގެ ވަރަށްގިނަބަޔަކު ވަނީ ވަގަށް ޕީއެންސީއަށް ވައްދާފއި. މީގެއިތުރުން ފުލެޓަށް ކުރިމަތިލާފައިތިބި އެތައްބަޔަކާއި ސިވިލްސާރވިސްގެ އެތައްބަޔަކުވެސް ވަގަށް އެޕާޓީއަށްވަނީ ވައްދާފައި. ފުލެޓްލިސްޓް އިއުލާންްކުރުން ފަސްކުރަމުން އަންނަނީ އެ ގަނޑެއްގަންނަންވެގެން. މައްސަލަޖައްސައިފި ބައެއްވިއްޔާ ލިސްޓުންކަޓުވަން ރާވައިގެން. އެކަމުގެ ބިރަށް އެތައްބަޔަކު ހިމޭނުންތިބޭނެކަން ވަގުންނަށް އެނގޭތީވެ.

The name is already taken The name is available. Register?

ރަމަ

24 January 2025

އެއްވެސް ޝަކުވާއެއް ހުށަހަޅާނެ ކަމެއްނެތް ނުހައްޤުން ދައުލަތުގެ ފައިސާ ޕާރޓީއަށްހޯދާ ކޮންމެވެސް އަމިއްލަކަމެއް ކުރީމާ ރަގަޅުވާނެ! ދައުލަތުގެ ހުރިހާ މުވައްސަސާއެއްވަނީ ޕެރެލައިސްވެފައި ދެން ބޭނުންގޮތެއް މުއިއްޒުއަށްހެދޭނެ އެކަމާ ބަސްބުނަން ކެރޭ އެކަކުވެސް މިޤައުމަކު މިހާރަކުނެތް!

The name is already taken The name is available. Register?

އީސީ ޙަބީބު

24 January 2025

އީސީގެ ނިޒާމުތައް ރޭވިފަ އޮންނަ ގޮތުން އެތަނުން ވައްކަމެއް ނުކުރެވޭނެ. އެތަނުގަ ހުންނަނީ އެއަށްވުރެ މާ ހަރުދަނާ ޤަވައިދުތަކެއް. އެތަނުގައި ބޭނުން ކުރާ އެޕްލިކޭޝަންތަކަކީ ވަރަށް މޮޅު އެޕްލިކޭޝަންތަކެއް. އެތަނުގެ އައިޓީއަށް ސެލިއުޓް ކުރަން.

The name is already taken The name is available. Register?

އީސީގެ ކުރީގެ މުވައްޒަފު

24 January 2025

އިސީ އަކީ ސަރުކާރު މުވައްސަސާތަކުގެ ތެރެއިން އެންމެ ޕާފޯމަންސް ރަނގަޅު އެންމެ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ އެއްތަން. އަހަރެން އެތަނަށް ވަނުމުގެ ކުރިން ޤަބޫލު ކުރެވިފަ އޮތީ އެއީ ވަރަށް ކޮރަޕްޓު ތަނެއް ގޮތުގައި. ބަޓް، އެތަނުގައި މަސައްކަތް ކޮށްލީމަ އެނގުނީ އެތަނަކީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް މަސައްކަތް ރޭވި، އެންމެ ކުޑަ މީހާއިން ފެށިގެން އެންމެ ބޮޑު މީހާ ހިސާބަށްވެސް އިންތިހާއަށް މަސައްކަތްކުރާ މުވައްޒަފުން ތިބޭ ތަނެއްކަން.

The name is already taken The name is available. Register?

މިހާރުގެ މިވައްޒަފު

24 January 2025

ވަރށް ބޮޑު ތެދެއް ތީ.

The name is already taken The name is available. Register?

މައްޔިތު

24 January 2025

10 އަހަރު ކުރިން ނިޔާވީ މަގޭ ބައްޕަގެ ނަން އަދި ވެސް އެއޮތީ ތިޔަ ލިސްޓުގަ. އިލެކްޝަނުން ދަފްތަރު ނެރޭއިރު މަރުވެފަ ތިބޭ މައްޔިތުން ތިޔަ ދަފްތަރުން އުނި ނުކުރެވޭނަމަ އިލެކްޝަން ކަމިޝަންގެ ގާބިލު ކަމާ މެދު ސުވާލު ނޫފެދޭބާ؟

The name is already taken The name is available. Register?

ނޭނގޭ

24 January 2025

ކަލޭގެ ބައްޕަ މަރުވީމާ ފަރުދީ ޒިންމާ އަދާ ނުކުރުން އެއީ އީސީގެ މައްސަލައެއް ނޫން. އީސީއިން ބަލަނީ ޑީއެންއާރުގަ ރަޖިސްޓަރީގައި މަރުނުވެ ތިބޭ މީހުންނަށް. ބައްޕަގެ މަރު ފޯމު ޑީއެންއާރަށް ހުށަނާޅާ އޮތުން އެއީ ކަލޭގެ މައްސަލަ.

The name is already taken The name is available. Register?

ތުއްތު ދީދީ

24 January 2025

ތި ވާނީ ބައްޕައަށް ލިބޭ 5000 ރުފިޔާ ހޯދަން، ބައްޕަ ނިޔާވީމާ ކަމާ ގުޅުންހުރި މުވައްސަސާތަކަށް ނާންގާ އޮތީ ކަމަށް.

The name is already taken The name is available. Register?

ޅަސޮރު

24 January 2025

ޕާޓީ އެއްގައި ރަޖިސްޓްރީ ކޮށްފައި އޮތްތޯ ފަސޭހަކަމާއެކު ބަލައިލެވޭނެ ގޮތެއް ކޮންމެވެސް މީހަކު ކިޔައިދީބަލަ

The name is already taken The name is available. Register?

ދިވެހި79

24 January 2025

https://pprvr.elections.gov.mv

The name is already taken The name is available. Register?

ދިވެހި80

24 January 2025

PPR ID_Card_Number, then send to 1414

The name is already taken The name is available. Register?

ދިވެހި81

24 January 2025

https://my.elections.gov.mv އިންވެސް ޗެކް ކުރެވޭ

The name is already taken The name is available. Register?

ޕިިކްސް

23 January 2025

ސަކުވާ ހުށަހަޅާއިރު ފޮޓޯއެއް ބޭނުންވާ ސަބަބު ހަމަ އެއްގޮތަކަށްވެސް ނޭގުނު

The name is already taken The name is available. Register?

ރަހާމް

24 January 2025

އެއީ ކަލޭތޯ ޔަގީން ކުރަން.

The name is already taken The name is available. Register?

މީމޫ

24 January 2025

އެއީ ތި ބޭފުޅާތޯ ޔަޤީން ކުރުމަށް.

The name is already taken The name is available. Register?

ޢަޕްޑޭޓް

23 January 2025

ޢަދިވެސް މަގޭފޯމް އަޕްޑޭޓް ނޫން. މަ ފީއެންސީ އަށްލި ފޯމް ކޮބާ.އިލެކްޝަން އިން ބުނީ ފޯމް ލިބިފައޭ. އެކަމަކު އަޕްޑޭޓް ނުވޭ ޕާޓީ

The name is already taken The name is available. Register?

މިއައު

23 January 2025

އަބަދުވެސް ފަރުދީ ޒިންމާ، ފާރަވެރި ހުރުން، ވަގެއް ވަދެދާނެތީ ދޮރުތައް ލައްޕާފަ، ދިމާލަށް ފެންނަން ހުއްޓަސް މައްސަލަ ހުށަހެޅީމަ 'ބެލޭނީ'. ހުށަހީމަ އެ ވީ ބަހަބަރު. މުއައްސަސާތަކުގެ އެއްވެސް ބޭނުމެއް ނުފެނޭ. ބޭކާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454