ައަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގައި މީހަކު ލިޔުމެއް ހިފައިގެން.
23 ޖެނުއަރީ 2025 - 20:49
ތާލިބާން ސަރުކާރުން އަންހެނުން ނިކަމެތިކޮށް އެ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ބުނެ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން ވިދާޅުވީ ތާލިބާނުންގެ ސުޕްރީމް ލީޑަރު ހައިބަތުﷲ އަޚުންދްޒާދާ އާއި އުއްތަމަ ފަނޑިޔާރު އަބްދުލް ހަކީމް ހައްގާނީ "ވަކި ޖިންސަކަށް ވީތީ މީހުންނާ މެދު ތަފާތުކުރުން ގެންގުޅުމުގެ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާގެ ޖިނާއީ ޒިންމާ އުފުލަން ޖެހޭ" ކަމަށެވެ.
ޚާން ވިދާޅުވީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް ތާލިބާނުންގެ ފަރާތުން ކުރިމަތިވެފައި ވަނީ ގަބޫލުކުރަން ދަތި، އާންމު ހަމައިން ބޭރު ތަފާތުކުރުންތަކެއް ކަމަށެވެ. އެއްޖިންސުން ގުޅުން ބާއްވަން ހުއްދަ ނެތުން ވެސް ބަލާފައިވަނީ އަނިޔާގެ ގޮތުގަ އެވެ.
"އަފްޣާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންގެ ހާލަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންގެ މި ނިންމުމުން ދޭހަވޭ،" ޚާން ވިދާޅުވި އެވެ.
އައިސީސީގެ ފަނޑިޔާރުން ޕްރޮސިކިއުޓަރު ޚާންގެ ހުށަހެޅުއްވުމާ މެދު ގޮތެއް ނިންމަވާނެ އެވެ. އެކަމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ވެސް ހޭދަވެދާނެ އެވެ.
އައިސީސީ އަކީ އެންމެ ނުރައްކާތެރި ޖަރީމާތަކުގެ ގޮތުގައި ބަލަމުން އަންނަ، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އުފައްދާފައިވާ ކޯޓެކެވެ. އެ ކޯޓަކީ އަމިއްލަ ފުލުން ނެތް، ކޯޓުގެ އަމުރުތައް ތަންފީޒުކުރުމުގައި އެ ކޯޓުގެ މެންބަރު 125 މެމްބަރު ގައުމަށް ބަރޯސާވާ ތަނެކެވެ. އެހެންވެ އަމުރުތަކާ ގުޅިގެން އެކި ފަހަރު ނުކުންނަ ނަތީޖާ ތަފާތެވެ.
ހައްޔަރުކުރުމުގެ އަމުރެއް ނެރެފި ނަމަ، އައިސީސީ އެއްވެސް މެންބަރު ގައުމަކަށް އެ މީހަކު ދަތުރު ނުކުރާނެ ކަމަށް އާންމު އުސޫލުގެ ދަށުން އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެއީ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަމްދު
24 January 2025
މިގޮތް ކަމުދާ މީހުން މިރާއްޖޭގަވެސް އުޅޭ
މިރުސަދ
23 January 2025
މާތާހިރުވާނެ އަންހެނުން މަރާ ބަޔަކާމެދު ފިޔަވަޅުއަޅައި ތަންފީޒުކުރިއްޔާ. 12،000 އަށްވުރެ ގިނަ އަންހެނުން އަދި 14000 އަށްވުރެ ގިނަ ކުޑަކުދިން މަރައިފައިވަނީ. އަމުރެެއް ނެރެލަން ކެރުނީ 1 އަހަރުވަނިކޮށް.
ޔަހުޔާ.
23 January 2025
ކީރިތި ރަސޫލާ ޞޢވ ގެނެސްދެއްވި ޝަރީޢަތުގައި އަންހެނުންގެ ހައްގުތައް ހޯއްދަވައިދެއްވާ އެކަނބަލުންނަކީ މުޖުތަމަޢުގެ އެއްބައިކަމުގައި ވެގެންދިއަ. ނަމަވެސް އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުން އެކިކަހަލަ ދަލީލުތަކާއި ބުހުތާނު ދޮގުތަކުގެތެރެއިން ޢަރަބިކަރައިގާ އޮތް ޖާހިލިއްޔަތު އިޢާދަކޮށް އަންހެނުން އަޅުވެތިކުރި. މިއަދުވެސް ކަންކުރަނީ އެގޮތަށް.