އިމިގްރޭޝަނުގެ ދެ އޮފިސަރުން އާޓިފިޝަލް ބީޗު ސަރަަހައްދުގައި ހަރަކާތްތެރިވަނީ.
24 ޖެނުއަރީ 2025 - 22:32
އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުން އާންމުވަމުން ދާތީ އެ ސަރަހައްދުތައް މޮނިޓާކުރަން މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ނުކުންނަށް ފަށައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަންކަން ހިންގަމުންދާތީ" އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެތަންތަން މޮނިޓާކުރަން ފަށާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް، އެ ތަންތަން މޮނިޓާކުރުން ސިލްސިލާކޮށް ކުރިއަށް ގެންދާނެ އެވެ.
އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭތީ، މިއަދު އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ މި ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައި.… pic.twitter.com/yJJevaI6yi
— Maldives Immigration (@ImmigrationMV) January 24, 2025
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ފާހަގަކުރެވޭ ނަަމަ މި އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކްފޯހުން އެ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
މިދިޔަ ދެ ހުކުރުގައި ވެސް މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގާފައިވެ އެވެ.
މިދިޔަ ހުކުރުގައި ތިން ބިދޭސީއަކު މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރިއިރު އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުވާ
25 January 2025
މަދަނީއަމާންކަމާރަށްކާތެރިކަން ބެލުމަކީ ފުލުހުންގެ ކަމެއް ނޫންބާ؟ އިމިގުރޭސައިން ރަށުތެރޭ ފޯރިމަރަން ނިކުތީމަ ޖޯކުދޯ. ވާނުވާއެބަ އެގޭބާ؟ މުއިއްޒޫ ކިހިނެއްތިހަދަނީ؟
ގައުމުވަލޯ
25 January 2025
ހަމަ އެއްޗެއް ފެންނައިރަށް ރަނގަޅަށް ނުވެސް ކިޔާ ކޮމެންޓް ކުރާތި. އިމިގްރޭޝަން އިން ނިކުތީ ފޯރިމަރާ ސްޓިކާ ޖަހާކަށް ނޫން. އެތާގަވެސް މޮނިިޓަރިން ޑިޕާރޓްމަންޓެއް އެބައޮވޭ. އަދިވެސް ވާނުވާގަ ބޭފުޅާ އުޅުއްވަނީ
ޑީޕޯޓް
25 January 2025
ނާދެވޭ ގޮތަށް ފޮނުވާ ޑީޕޯޓް ކުރޭ!
ސަނީސައިޑްބޮންޑް
25 January 2025
ޕާރކިން ސްޓިކާޖެހުމާއި ޓްރެފިކްބެލެހެއްޓުންވެސް އިމިގްރޭޝަންއާ ހަވާލްކުރަންފެނޭ
ތަކަނޭ އޭ
25 January 2025
މީ ވާ ގައުމެއް
ޢަހަރެނއ
25 January 2025
އިއްޔެވެސް ދެކުނިން ރާ ބޮއެގެން އިޅުނު ބިދޭސީ ފިރިހެން ގްރޫޕެއް
ކައްޓި
25 January 2025
ހަރުކަށި ފިޔަވަޅުތަކެއް ނާޅަންޏާ އުޅޭނެ ފުޅިހިފައިގެން މަގުމަތީވެސް
އަރީޝް އަލީ
25 January 2025
މަށަށް ހީވޭ މެންޑޭޓް އޮޅިއްޖެހެން. ސާފު ކޮށްދޭނަން: ފުލުހުން ކިޔާ ބަޔަކު ތިބޭނެ ތިކަން ކުރަން. ކޮންޓްރޯލަރ ޤާނޫނުއާއި ޤަވައިދު ބަލާލަން ރަގަޅު. ފުލުހުންނަށް މުސާރަ ބޮޑުކޮށްގެން ގޭގަ ތިބެންޔާ ވާނީ މިހެން.
ދަންނަ އަރީޝް
25 January 2025
ތިހިރީ މާ ބޮޑަށް މެންޑޭޓް އެނގިފަ
ދިވެހިންގެފަރާތުން
25 January 2025
ޝުކުރިއްޔާ. ވަރަށް ކަމުދާ ނިންމުމެއް ތީ.
7123
25 January 2025
މިމާލެއަކީ މީމިހާރު އެމީހުންގެ ތަނެއް. މިތަނުގައި ދިވެހިންނަށް ޖަގާނެތް. ކުދިންގޮވައިގެން ހަވީރު ނުކުމެލާނެ ތަންކޮޅެއްވެސްނޯވޭ. އެމްޓީސީސީގެ ބަސްތަކުންވެސް ދަތުރުކުރާއިރު އާއްމުކޮށް ހުކުރުދުވަހު އެމީހުން އެޔޮށްލަވާ ހަޅޭކެއް ބުނަންނޭނގޭ. ބަސްތަށް ފެންވަރު ރަނގަޅުވެ އޭސީކޮށްފަ ހުއްޓަސް އޭމީހުންއުޅެނީ އުޅޭނެ ފާޑަކަށް ދިވެހިންގެ ސްޓޭންޑާރޑް ހިފެހެއްޓޭނީ ދިވެހިންނަށް ހަމަ
ޖަމީލުބެ
25 January 2025
ރަށުތެރޭ އަމަން ބެލެހެއްޓުމާ ވެސް ހަވާލުވީ! އޮޅިއްޖެ!
ޖަމީލުބ
25 January 2025
ޖަމީލުބޭމެން ހަބަރު ރަނގަޅަށް ނުކިޔާ ކޮމެންޓް ތިކޮށްލަނީ. ވައިގެ ސަރަހައްދާ ކަނޑުގެ ސަރަހައްދު ބަލާކަށް ނޫނޭ ނިކުތީ. ބިދޭސީންގެ ކަންކަން މޮނިޓަރ ކުރަން. ސާފު ވެއްޖެތަ. އަދިވެސް ގެޓު ނުވަންޏާ އަންގާލާ. އަދި ތިލަކޮށްލަދޭނަން ޖަމީލުބެއަށް.
ގާލިބު
25 January 2025
މިހާރު އެބަ ހީވެ އިމިގުރޭޝަން އޮންނަ ހެން. ބިދޭސީންގެ މައްސަލަ ތައް ހައްލު ކުުރަން އުޅޭ ހެން..