ފުލުހުންގެ ވެހިކަލް: ފްލެޓަށް ހުޅުވާލިކަމަށް ބުނެ ފޭކު މެސެޖެއް ފޮނުވާތީ ފުލުހުން ވަނީ ސަމާލުވާން އެދިފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 ޖެނުއަރީ 2025 - 11:08
މާލޭގައި މާރަމާރީއެއް ހިނގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ މީހެއް ރޭ 11:40 ގައި އައިޖީއެމްއެޗް އަށް ގެނެސްފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ މާލޭގައި ރޭ ހިނގި މާރަމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދީގެން އަނިޔާވި މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޖމ ބފ
25 January 2025
ހަޖަމޭ ޔުނީފޯމް ގަނޑު ލައިގެން ހަޖަމޭ ހިޖާމާއޭ ކިޔަސް ސަލާމަތީ ބާރުތައް ފެއިލް ނުވާކަމުގެ ހެކިތޯ ނޫސްތަކުން މި ފެންނަނީ
މަރީނާން
25 January 2025
ސިނގިރޭޓް ނުލިބުނީމަ ވާގޮތް ކަންނޭގެ! ރިސާޗްތަކުން ދައްކަނީ ސިނގިރޭޓު ބޯ މީހުން އެ ހުއްޓާލުމުން ރުޅިގަދަވާ ކަމަށް!
ޢިބޫ
25 January 2025
ކޮބާތޯ މޮޅުވާހަކަ ދެއްކި މިނިސްޓަރ؟
ބުރުގާ
25 January 2025
ރައްޔިޔުންގެ ޓެކްސް ފައިސާ އެތަކެއް މިލިޔަނެއް ހަރަދުކޮއް ހިންގާ ފުލުހުންގެ އިދާރާގެ މަގުސަދެއް ހާސިލުވޭތޯ..... ގޭންގުތަކާ ޑުރަގު ވިއްކާ، ބޯ މީހުން އެތިބެނީ މާލޭގެ ބޮޑެތި މަގުތަކުގަ ހާމައައް، މަސްތުވެގެން.... ކޮބާތޯ 5 މިނިޓުން ފެންނަ ޕޮލިހުން... ތި އިދާރާ ބޮޑުތަނުން ކުޑަކުރަން އެބަޖެހޭ...
ކިހިނެއްދޭނީ
25 January 2025
މިހާރު އިނގޭ އެެއްކަމަކީ ބޯ މީހުން މަދުކަން އަދި ކަންމަތީ ތިބޭ ގްރޫޕްތައް ނުތިބޭކަން. ކުރިން އިބްރާހިމް މުހައްމަދު ސޯލިހުވެސް 5 މިނެޓުން ފޮނުވި ގްރޫޕްތިބޭ ތަންތަން ފޯޓޯ ނަގަން އެކަމަކު ވީކަމެއް ހަރާމް. މިހާރު ނުފެނޭ ކަންމަތީ ބިތް ޖެހިފަތިބި ގްރޫޕްތައް. އަދި ކަމެއް ހިންގާ ފިއްޔާ 24 ގަޑިއިރު ތެރޭ ގިނަ ފަހަރު ހައްޔަރު ކުރޭ. ދެން ހަޖަމުކޮއްލާ
ޑރ ވާންޗޯ
25 January 2025
ކޮންމެ ފަސްމިނެޓަކުން ފުލުހެއްފެންނާނެ، ޕޮލިސް އެޗްކިއު ތެރޭން.
ރައްޒާކު
25 January 2025
ހިއެއްނުވޭ، މާލެތެރޭ ކޮންމެ 5 މިނަޓަކުން ދިމާވާނެހެން ފުލުހުން ތިބޭހެނެއް، ތިއްބަސް ތިބެނީ ބޮޑެތި މަގުތަކުގަ، ރަށުތެރޭ ހަނިގޯޅިތަކުގެ ތެރެއިން ނުފެނޭ.
ބައިތުން ބަރީ
25 January 2025
މަގުތަކުގަ ދުއްވާ އިރު ބޮޑު މަގުތަކައް ނާރާ ވަރައް ނުދުއްވޭނެ. ބުނެފަ އޮތީ އެގޮތައް. ކިހިނެއް ހުރިހާ މަގެއްގަ ފުލުހުން ބައިތިއްބާނީ
5 މިނެޓު
25 January 2025
ގައިމު ކޮންމެ 5 މިނެޓަކުން ފުލުހެއް ފެންނަނަމަ ތިޔަކަހަލަ ކަން ކަމެއް ނުވީސް.
ކިހިނެއް
25 January 2025
ފުލުހުންތޯ މައްސަލައަކީ ނޫނީ އެކަން ކުރާ މީހުންތޯ. 1 މިނެޓުން ފުލުހުން ތިއްބަސް އެކަންކުރާ ބަޔަކު ކުރާނެ. ދުނިޔޭގެ އެެއްވެސް ގައުމެއްގައި ނުހުއްޓުވޭ ކަންކަން ހުރޭ އެކަމައް ދޭންޖެހޭ ހައްގު އަދަބުދިނީ އޭގެ ނަތީޖާ ފެންނާނެ.
ވޯލް
25 January 2025
5 ކިލޯ މީޓަރުގެ މިއޮތް ކުޑަ މާލެ ނުބެލެހެއްޓޭ. ކިހިނެތް ބަލަހައްޓާނީ ފުލުހުންގެ މުއައްސަސާއިން މާ ބިޒީކޮށް އުޅެނީ ވިޔަފާރިކޮށްގެން ނުސީދާ ގޮތުން ފައިދާ ލިބޭތޯ. މިއީ އަޅުގަޑު ކުރާ ތުހުމަތެއް ނޫން. ދައުލަތުގެ އޮޑިޓަރުގެ ބަސް.
ޅޯލް
25 January 2025
ފުރަތަމަ މައިންބަފައިންގެ އިހުމާލު ކޮބާ ތިކަހަލަ މީހުންގެ. ދަރިން ހަދަނީ މީހުންނަށް ދުއްޕާން ކުރަން. ރަނގަޅު ޖީލެއް ބިނާކުރާކަށް ނޫންވިއްޔަ
ފޫނު
25 January 2025
ފުލުހުންތޯ ނޫނީ ސިފައިންގެ އޮންނަ ވިޔަފާރި ކުރަން އޮންނަ ކުންފުނިތޯ. ނިމިދިޔަ ސަރުކާރުގަ ކުރި ކަންތައް އެއީ މުޅި ގައުމު ލޫޓް ވާލާފަ އެދިޔައީ
ޕޫލިސް
25 January 2025
"ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ." އެސްޓިމޭޓަށް ތުންފަތުގަ ކުލަ ޖައްސާފަ، ޔުނީފޯމުލައިގެން މަޖީދީމަގު މެދުގަ ތިބީމަ އެއޮތީ ވާޖިބު އަދާކުރެވިފަ.
ބަފާބެ
25 January 2025
މައިން ބޮޑެތި ކުރިގޮތް ދަރިން.
ހަޖަމް
25 January 2025
ޖޯކު ޖެހިޔަސް މިހާރު ޓްރެފިކް ކަންތައްތައް ކުރިޔައް ވުރެންމަދު (މިބުނީ ބާރައް ދުއްވާ މީހުން މަދުވެފަ އަދި އެކްސިޑެންޓްތައް) . ދެން ހަޖަމު ކޮއްލާ.