ގދ. ތިނަދޫ ކައުންސިލު އިދާރާއަށް އޭސީސީގެ ޓީމެއް އިއްޔެ ވަނީ ވަދެފައި.
27 ޖެނުއަރީ 2025 - 11:14
ގދ. ތިނަދޫ ސިޓީ ކައުންސިލުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފިސަރުން ބަލައިފާސްކުރަން ވަދެ ކައުންސިލްގެ މުދާތައް ގެންދިޔަ ކަމުގެ ތުހުމަތު ކައުންސިލުން ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ތިނަދޫ ކައުންސިލުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅީ އެރަށުގެ ރައްޔިތުންނެވެ.
ތަހުގީގަށް އޭސީސީގެ އޮފިސަރުންތަކެއް ކައުންސިލް އިދާރާއަށް ވަދެ ވަރަށް ގިނައިރު ވަންދެން ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ގެންދިޔަ އެވެ.
ބައެއް ކައުންސިލަރުންގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރާ މި މައްސަލާގައި، ތިނަދޫ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި "ވަގަށް ނަގާފައިވާ" ކަމަށެވެ.
އެ މައްސަލައަކީ ޕޮލިހަށް ވެސް ހުށަހެޅިގެން ބަލަމުންދާ މައްސަލައަކަށްވާތީ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގައިފަ އެވެ.
ތިނަދޫ ކައުންސިލުގެ މެމްބަރަކާ އެކަމުގައި ސުވާލުކުރުމުން ވިދާޅުވީ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ގދ. ތިނަދޫ ކައުންސިލު އިދާރާ: ކައުންސިލުން ހުށަހެޅި މައްސަލާގައި، މިތަނުން ވައްކަން ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނި.
ތިނަދޫ ކައުންސިލްގެ ތުހުމަތާ ގުޅިގެން، މީޑިއާތަކުން ސުވާލުކުރުމުން ފުލުހުން ފޮނުވި މެސެޖުގައި ބުނީ ތިނަދޫ ކައުންސިލުން ވައްކަން ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭސީސީން ވަނީ ތިނަދޫ ކައުންސިލްގެ ތުހުމަތު ދޮގުކޮށްފަ އެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އޭސީސީން ތިނަދޫ ކައުންސިލަށް ވަނީ ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ހެއްކާއި ގަރީނާ ހޯދަން، އެ އޮންނަ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަަށެވެ. އެ ކޮމިޝަނަށް ނުލިބޭ ބާރެއް ބޭނޭނުންކޮށްގެން އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލަށް ތުހުމަތުކުރާ މައްސަލަތަކުގެ ތަފްސީލް އޭސީސީން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަަށް ތުހުމަތުކުރެވޭ ބޮޑު ހަ މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ. ކައުންސިލަށް ވަނީ، ހެކި ނައްތާލުމުގެ ބިރު އޮތުމުން، އަވަސް ތަހުގީގުގެ ތެރެއިން ކަން ވެސް އެނގިފައިވެ އެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭސީސީން ތިނަދޫ ކައުންސިލުގެ އިދާރާއަށް ވަދެ، ބައެއް ލިޔެކިޔުންތައް ވަނީ ގެންގޮސްފައި.
ތިނަދޫ ކައުންސިލާ ގުޅޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނައިރު ތިނަދޫ ކައުންސިލުން އެރަށުގެ ބަނދަރު މަތީގައި ޖެހުމަށް ހަދާފައިވާ މޮނިއުމެންޓު ހެދުމުގައި ވެސް ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތު ރައްޔިތުން ދަނީ ކުރަމުންނެވެ.
ކުންފުންޏަކަށް ނޭނގި، އެ ކުންފުނީގެ ނަން ބޭނުންކޮށްގެން ބިޑް ހުށަހަޅައި ކައުންސިލުގެ މުވައްޒަފުން މަސައްކަތް، އެ ފައިސާ ޖަމާކުރީ އެހެން ކުންފުންޏެއްގެ އެކައުންޓަށް ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫދުމާ
27 January 2025
ދައުލަތުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ގާނޫނުއަސާސީން އުފެދި ބާރު ދީފައިވާ މިނިވަން ކޮމިޝަނކުން ދިޔައިމާ ވަގުބަދުނާމު އަޅުވައި ބަޔާނެއް ނެރޭނީ ވަރަށް ދަށު ދަރަޖައިގެ ބައެއް. ގާނޫނުއަސާސީއަކީ ކިހާވަރެއްގެ އެއްޗެއްކަންވެސް ނުދަންނަ މޮއްކޯރު ބައެއް. މިއީ ތިނަދުއަށްވެސް ލިބުނު ހުތުުރު ނަމެއް.
ބާބް
27 January 2025
މި ކައުންސިލް ތައް އުވާ ލެވޭގޮތް ގާނޫނުގައި ނޯވޭތަ؟ މިއީ ސީދާ އުވާލަން ޖެހޭ ގަމާރު ކައުންސިލެއް.
ބަބޫ
27 January 2025
ވަގުން ވައްކަމުން ރެކެން ކޮށްމެ ފަދަ އެއްޗެއްވެސް ކިޔާފާނެ. ހީވާކަހަލަ ކައުންސިލޭ ބުނީމަ މީ ދުނިޔޭގަ ހުރި އެއްމެ މާތް އަދި އެއްމެ ބާރުގަދަ ތަނޭ. ގާނޫނެއް ގަވާއިދެއް ނޭގޭ މީހުން ކައުންސިލް ތަކަށް ހޮވީނަ ވާނީ މިހެން. ފެނު ބައްޑާ އަކަށް
ގަމާރުލްޙައްޤު
27 January 2025
މުޅި ޤައުމުގަވެސް އޮތް އެންމެ ގަމާރު ކައުންސިލު ތިއީ.
ޢަލީ ކުރުސީ
27 January 2025
ބަޔަކު ނުބައިވެގެން ވާނީ މިހާކަންހާވަރަށް، ނިކަން ބަލާބަލަ އަމއްލަ ކުންފުންޏަށް ދީގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހަދާފައި ހުރި މޮނިއުމަންޓް. މާތްﷲ އާއި އެކަލާންގެ ރަސޫލާ (ސ.ޢ.ވ) ގެ ނަންފުޅު މި ހަދާލީވެސް، ކީކޭ ބުނާނީ. އަދި ޙަޔާތެއް ނެތިގެން އޭ.ސީ.ސީ އޭ ވައްކަމޭ އެބަ ކިޔާނު!
ޒަރީރު
27 January 2025
އޭސީސީއަށް މުދަލާ ލިޔެކިޔުން ހިފެހެއްޓުމުގެ ބާރު ލިބިގެންވާނެ. އެއީ ވައްކަން ކުރުމެއް ނޫން. ކަންކަން އޮޅުވާނުލާ
ކުބުރޭ
27 January 2025
އަތޮޅު ކައުނސިލަރުންނަކީ ވެސް ބޭކާރު ޖަމާއަތެއް. އޭސީސީން އަތޮޅު ކައުންލް ތަކުގެ މުދާތައް ގެންދަން ވަންނަން ޖެޙޭ. އަދި ވަންނަލެއް މަދީ.
ސުހާނާ
27 January 2025
ކައުންސިލްތަކުގައި ގިނައިން ތިބެނީ ތަނެއްދޮރެއް، ޤާނޫނެއް ގަވާއިދެއް ނުދަންނަ ކައުންސިލަރުން. ތިނަދޫ ކައުންސިލަކީ އޭގެތެރެއިން ވެސް އަރާހުރި ތަނެއް. ތިޔަ ކައުންސިލްތަކަކާއި މިނިވަން މުވައްސަސާތަކެއް ހަދައިގެން މި ގައުމު ދަރަނިވެރިވެ، ގައުމު ހަލާކުވަމުން މިދަނީވެސް.
އިތުރު
27 January 2025
ރައްބިޔެއް ރަސޫލެއް އުޑެއްބުޑެއް ނުދަންނަ..
ޓުއްތޯންބެ
27 January 2025
ގިނަ ކައުސިލަރުން ގެ ބަދަލުގައި ކޮންމެ ރަށެއްގައި ރައްކުރި އަރުވާ އަހެން ފިރިހެން ދެ ކޮމިޓީ އާއި ރަށު މޭޔަރު ކަތީބެއް ހޮވާ ގޮތަށް އޮތުން މާ ރަގަޅު. ކައުންސިލަރުންތައް މާ ގިނަ ވީމައި ވަނީ ގޭންގަށް . ކޮންމެ ރަށެއްގައި 1 މޭޔަރު ނިޒާމުގައި ކާން ވެސް ހުންނާނީ އެކަކު . ކެވޭލެއް ތަން ފުކެއް މަދުވާނެ.
ބޮންޑާ
27 January 2025
ކޮބާ "ތަޖުރިބާ" ހޯދުމުގެ ދަތުރެއް ބެންކޮކް އަކަށް ނެތްތަ؟ މިހާރަކަށް އައިސް ކައުންސިލްތަކުން ކުރާކަމެއްވީމާ އަހަލެވުނީ!
ބޮނދު
27 January 2025
ދައުރު ހަމަވުމުގެ ކުރިން ބެންކޮކް ތަޖުރިބާ ކޮއްލުން ރަނގަޅު. ރަނގަޅު ތަޖުރިބާއަކަށް ވާނެ.