ގެއްލިގެން ހޯދަމުންދާ ސޫ ޒިއޯނިން: އޭނާއާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ، އެކަން އަންގަން ފުލުހުން ވަނީ އެދިފައި.
27 ޖެނުއަރީ 2025 - 10:53
ޓޫރިސްޓު ވިސާގައި ރާއްޖެ އައި ޗައިނާގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ގެއްލިގެން ހޯދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި ރާއްޖެ އައި ސޫ ޒިއޯނިން، 30، އެވެ.
ސޫ ޒިއޯނިން ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ނުވެ އެވެ. ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ އާއިލާ އިން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ފުލުހަށް ހުށަހެޅި މައްސަލަ ބަލަމުންދަނީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލިބެލުމުން އޭނާ މާލޭގައި ހުރި ގެސްޓްހައުސް އިން އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް އޭނާ ހޯދަން މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭ ތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސޫ ޒިއޯނިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
29 January 2025
މެލޭޝިޔާ ފަދަ ގައުމުތަކުގައި ވިޒާހަމަވީމާ އެއީޓޫރިސްޓުވިޒާވިޔަސް އެމީހަކުފުތިތޯބަލާ، ނުފުރާނަމަ ހޯދާ، މިރާއްޖޭގައި މިކަންވެސްމިކުރަނީ އަމާބުނީތީފަރަށްދާހެން، އިދާރާތަކުގެވެރިން ވައްކަންކޮށްފަ އެހެންކަމެއްކުރާނެވަގުތެއްނޯވޭ، ދެންތިބީފުލުހުން، ތަހުގީގޭކިޔާފަ ހަޑިހާވާބައެއް، ބޭކާރުބައެއް، ފުލުހުންގެ މުއައްސަސާއަށް އަޅުގަނޑުރެސްޕެކުޓުކުރަންލޯބިކުރަން ނަމަވެސް ފުލުހުންނަކަށްނުކުރަން، ފުލުހުންރަނގަޅީ މީދާމެރުމާ ފެންހިއްކުންފަދަކަންކަމަށް،
ބެހެން23
28 January 2025
އެނާ 30 ދުވަހުގެ ވިސާދިނުމުން 30 ދުވަސް ވުމުން ނުފުރާނަމަ އިމިގަރޭޝަނަށް އިނގެންޖެހޭ. މިއީ 2025 . ވިސާހަމަވުމުން ނުފުރާއެންމެންގެ ފޮޓޯ އާންމުކުރަން ޖެހޭ.
ކުޑާދަނު
27 January 2025
އޭނަ މާލޭގަ ހުރީ ކޮން ހޮޓަލެއްގަބާ!!!! މިވަރު އެގުމަކީ މީހާ ހޯދަން ފަސޭހަ ވާނެކަމެއްހެން ހީވޭ! ގެއްލިގެން އުޅޭމީހަކާބެހޭ މައުލޫމާތުން ކޮންމެވެސް މިންވަރެއް ހާމަ ކުރުމަކީ ރަގަޅު ކަމެއް!!!!
ނަން..
27 January 2025
އިމިގުރޭޝަން މޮޅީ ހަމަ. ޓުއަރިސްޓް ވިސާ ހަމަވަގެން އެހާ ދުވަސްވީއިރު އިސްވެ ހުރެ ތަހްގީގް ނުކުރެވެންޏާ އެއީ ކީއްކުރާ ބައެއް. ބަޔަކު މައްސަލަ ޖެއްސީމަ މި އެގުނީ. މި ގޮތަށް ކިތައް މީހުން އުޅޭނެ. މިވާ ޤައުމެއް މުސާރަ ނަގައިގެން ކާން އޮވޭ.
ޕިކްސް
27 January 2025
ހަގީގަތުގަވެސް އިމިގުރޭސަނަކަށް ނޭގޭ މިގައުމަށް އެތެރެވަނީ ކިތަށް މީހުންކަމެއްވެސް.
ރަނާވަތު
27 January 2025
ޢެދުވަސްކޮޅު ބްރިޖްކައިރިން މަރުވެފަ ތިބި މީހުން ފެނުން
ރަސްމާދޫ
27 January 2025
ގެސްޓް ހައުސް، ހޯމްސްޓޭ އުވާލަންވީ! ޓޫރިސްޓުންތިބެން ރަށް ރަށުގަވެސް ހަދަންޖެހެނީ ފެންވަރު ރަނގަޅު ހޮޓާތައް.. ބަރާބަރަށް ރަޖިސްޓަރީކުރެވި މޮނިޓާ ކުރެވި ޓެކްސް އާއި އެހެނިހެން ކަންކަން ފުރިހަމަކުރެވިގެން. ދައުލަތަށްް މޮނިޓާ ކުރެވޭ ސޭފްޓީ އެންޑް ސެކިއުރިޓީ މިންގަނޑުތަކަކަށް އަމަލިކުރެވި ޒިންމާދާރު ކޮށް ފަތުރުވެރިންނާ ގުޅޭކަންކަން ނުވާނަމަ ތިޔަ އިންޑަސްޓްރީ ނެތި ހިނގައިދާނެ.
ބިސްބުރި
27 January 2025
މިހާރު މިކަން ބޮއްސުއްލައިގެން ދާ ހިސާބަށް އެބަ ދޭ. ތަންކޮޅެއް ބޮޑަށް ރެގިއުލޭޓު ކުރަންޖެހޭ މެހެމާނުންގެ ރައްކާތެރިކަން ކަށާވަރު ވާގޮތަށް.
ހުސޭނުބޭ
27 January 2025
އޭނާ ރާއްޖެ އައީ ކީއްކުރަންތޯ ؟ ކޮންބަޔަކާ ގުޅިގެންތޯ؟
ޑރ ވާންޗޯ
27 January 2025
ރަށްރަށުގެ ކައުންސިލްތަކަށް އަންގާލަންފެނޭ ފަހަރެއްގަ ކޮންމެސްކައުންސިލަރަކަށް ކައުންސެލިންދޭންވެސް ގޮސްހުރެދާނެ.
ސަމުވަން
27 January 2025
ރީތި ނަމެއް ކިޔާ ކުއްޖެކޭ ދޯ
ޏާއްކޮ
27 January 2025
ގެއްލިގެން އުޅޭ އިރު އަދިވެސް ނަމަށް ޖޯކު ޖަހަނީ. ސާބަސް ކަލޭމެންނަށް. ޗައިނާއިން އަންނަ މީހުންނަށް ކަތްދައެއް ނުކިޔާނެ