ގާފަރު ޕޮލިސް ޕޯސްޓް: އެ ރަށުގައި ބިދޭސީއަކަށް ހަމަލާދިން މީހަކު ވަނީ ހައްޔަރުކޮށްފައި
28 ޖެނުއަރީ 2025 - 19:40
ކ. ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝް މީހަކަށް ހެނދުނު 7:00 ހާއިރު ހަމަލާދީން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރަށުން "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި ހައްޔަރުކުރި ޒުވާނާ އަކީ ގިނަ އަހަރުތަކެއް ވަންދެން ނަފްސާނީ ބައްޔަށް ބޭސް ކެއި މީހެއް ކަމަށެވެ. އެ ރަށުގައި މަސައްކަތްކުރާ ބިދޭސީއަކަށް މިއަދު ހަމަލާދިނީ، ބޭސް ކެއުން ހުއްޓާލިތާ ދުވަސްކޮޅެއް ފަހުން ކަމަށް އޭނާ ބުންޏެވެ.
"ބޭސް ކެއި ދުވަސްކޮޅަށް ވުރެ މިހާރު ހާލަތު ރަނގަޅުވެފައި ހުރީ. ކުރިން ވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުދޭ އަދި އާއިލާ މީހުންނާ ވެސް ސަކަރާތް ޖަހައި ގާތްކޮށް އުޅެމުން ދިޔައީމަ އެ ކަހަލަ ކަމެއް ވެދާނެކަމަށް ހިއެއްވެސް ނުކުރާނެދޯ އެއްވެސް މީހެއް،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ހައްޔަރުކުރި މީހާ އަންނަނީ ސައިކޮލޮޖީން ޑިގްރީއަށް ވެސް ކިޔަވަމުންނެވެ.
ބިދޭސީ މީހާގެ ބުރަކައްޓަށް ހަމަލާދިނީ ބޭރުގައި އުޅެނިކޮށް އެ މީހާ ހިނގާފައި ދާތަން ފެނުމާ އެކު، ފަހަތުން ގޮހެވެ. ގާފަރު ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އެ މިހާ ވަނީ މާލެ ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތް
28 January 2025
ތެދު ވާހަކައެއް އެއީ ހަމަ ނަފްސާނީ ބައްޔަށް ބޭސްކުރާ މީހެއް ނަަމަވެސް މީހާ ބުއްްދި ސަލާމަތުން ނެތް އިރު އެއީ ބޭއިޙްތިޔާރުގައި ކުރެވުންް ކަމެއް ނަމަވެސް ދެރައީ އަދިވެސް ދިވެހީންގެ ތެރޭގައި ނަފްސާނީ ބައްޔަކީ ކޮބައި ކަން ނޭންގޭ އެތައް ބައެއް އަދި ވެސް އުޅޭތީ..
އާންތު
28 January 2025
ރަށުރައްޔިތުން ބިރުވެރި ކަމުގަ ދޮގު ހަބަރު ނުފަތުރާ...ޕޮލިހުން ފޮނުވި މީޑިޔާ ރިޕޯޓް ނުލިބޭތޯ...އަދިވެސް އާއިލާއިން ކުއްްވެރިން ހިމާޔަތް ކުރުމުގަ...އަދި މީޑިޔާވެސް އެކަމުގަ... އެރަށު ރައްޔިތުން ބޭނުން ނުވޭ އޭނަ ދެން އެރަށަށް އަރާކަށް.. ރައްކާތެރިކަމެއް މިހާރުނެޠް އޭނަ ރަށުގަ ހުރިއްޔަކާ
ކިއްލިދައިތަ
28 January 2025
ރޯމާ ދުވާލު ފޭރެމުން މީހުންނައް ހަމަލާދެމުން ދުވާ ބަލި މީހުން ވަރައް ގިނަ މާލެ ތެރޭގަވެސް... އެކަހަލަ ބަލި މީހުން ގިނަ ކަމުން އެހެން މީހުންވެސް މިވަނީ ނަސްސާނީ ބަލިމަޑުކަމެއްގެ ކުރިމަތިވެ ބިރުބޮޑު ވެފަ...