ޕާކިސްތާނުގައި ކުރި މުޒާހަރާއެއްގައި އާންމުން ފުލުހުންނާ ކުރިމަތިލަނީ: ދޮގު މައުލޫމާތު ފަތުރާ މީހުން ޖަލަށް ލެވޭ ގޮތަށް ހެދި ގާނޫނު ނަހަމަ ގޮތުގައި ބޭނުންކޮށް އިދިކޮޅު އަޑުތައް ކަނޑުވާލަފާނެ ކަމުގެ ބިރު އެ ގައުމުގައި ވަނީ ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2025 - 06:05
އޮންލައިން ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފަތުރާ މީހުން ތިން އަހަރާ ހަމަޔަށް ޖަލަށް ލެވޭ ގޮތަށް ޕާކިސްތާނުގައި ގާނޫނެއް ހަދައިފި އެވެ.
މި ނިންމުމާ އެކު ނޫސްވެރިން ވަނީ މިއީ އިދިކޮޅު އަޑުތައް ހުއްޓުވުމުގެ ނިޔަތުގައި ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑަށް 'ނޫނެކޭ' އަށް ވުރެ ގިނައިން 'އާނއެކޭ' ބުނި އަޑު އިވިއްޖެ، އެހެންވީމަ ބިލް ފާސްވެއްޖެ،" އިދިކޮޅު ފަރާތްތަކާއި ނޫސްވެރިން، ސެނެޓްގެ ގެލެރީން ނުކުމެ އިހުތިޖާޖު ކުރަމުން ދަނިކޮށް ބިލް ފާސްކުރުމަށް ފަހު ޑެޕިއުޓީ ޗެއާ ސައީދާލް ޚާން ވިދާޅުވި އެވެ.
މި ގާނޫނު ހިނގާނީ އޮންލައިން ވަސީލަތްތަކުން "ދޮގު މައުލޫމާތު ގަސްތުގައި ފަތުރާ މީހުންނަށް" ކަމަށް ގާނޫނުގައިވެ އެވެ. އަދި އެ މައުލޫމާތަކީ ދޮގު ނުވަތަ ފޭކް ކަމަށް ބެލެވޭ ސަބަބުތައް ހުރުމާއި އާންމުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަމާއި ހަމަނުޖެހުން އުފެދިދާނެ ވާހަކައަަކަށް ވުން ވެސް ހިމަނާފައިވެ އެވެ.
ސެނެޓުން މި ބިލް ފާސްކުރީ ނެޝަނަލް އެސެމްބްލީގައި ވަރަށް އަވަސްއަރުވާލައިގެން ފާސްކުރުމަށް ފަހުގަ އެވެ. ދެން އޮންނާނީ ރައީސް މި ބިލް ތަސްދީގުކުރެއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
29 January 2025
ވަރަށް ރަގަޅުކަމެއް ، މިރާއްޖޭގައިވެސް ކުރަންލަސްވެއްޖެ ކަމެއްތީ
އެނދި މުންޑު
29 January 2025
އާނ! އެހެންޏާ! ދޮގާއި މަކަރާއި އޮޅުވާލުން ބޭނުންކޮށްގެން ވެރިކަމަށްއައިސް މަޖިލިސްވެސް ހޯދިއްޖެ. އެހެންވީމާ ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ ހުރިވަރު ނިކަން ރަނގަޅަށް އެނގޭނެތާ. މިއީ އަފްގާނިސްތާނެއްނޫން އިނގޭ.
ހަސަންދީ(ލ)
29 January 2025
މިއުޅޭ އާދަމް ޝަރީފުމެން ނާޒިމުމެން ތީގެން ނަމޫނާ ނަގާނެ! އެއީ އެމީހުންގެ ރޭންޖުގެ ނަމޫނާ ގައުމެއް!
ކިރުސައި
29 January 2025
ލެގަސީ މީޑިއާތަކުން ގެންނަ ، ރައްޔިތުންގެ ބޮލަށް ސަވާރުވާން ސަރުކާރުން ފިލިޖަހާފަދޭ ބުހުތާނު ލިޔުންތަށް ހަމަ އޯކޭތޯ؟ ފަރުދީ މިނިވަންކަން ހަނިކުރަން ހާދަ ފޯރިއެކޭ ތިހުންނަނީ. ޕާކިސްތާން އަޕްގާނިސްތާގެ އުސޫލު ކަމުދަންޏާ ކަލޭމެން އެތަނަށް ދޭބަލަ. އަހަރެމެން މިގައުމު އެގޮތަށް ބަދަލުވާކަށް ބޭނުން ނުވޭ.
މޯލްޑިވް ޕާލަމެންޓް
29 January 2025
ތަރައްގީނުވާ ގަމާރުންއުޅޭ ހުރިހާތާކުވެސް ތިކަހަލަ ކަންތައް ހިނގާނެއެވެ. މިގައުމުގައިވެސް ކަންތައްއޮންނަނީ ތިފަދަ ގޮތަކަށެވެ. ރައްޔިތުންގެ އަޑު ކަނޑުވައިނުލެވޭނެކަން މި ގަމާރުންނަށް ހަމަ ނޭނގެނީއެވެ. ނިމުން ހިތިވާނެކަމަށް އުންމީދުކުރަމެވެ.