ހޯކްސްގެ ބޯޓުގައި ރާއްޖެ އެތެރެކުރި ސިނގިރޭޓް ކާޓަންތައް ކަސްޓަމްސް އޮފިސަރުން ޗެކް ކުރަނީ.---ފޮޓޯ: ކަސްޓަމްސް
29 ޖެނުއަރީ 2025 - 11:31
ކަނޑުމަގުން ރާއްޖެ އަށް ވަގަށް ސިނގިރޭޓު ޝިޕްމެންޓެއް އެތެރެކުރި މައްސަލާގައި މަނީ ލޯންޑަރިންގެ ތުހުމަތު ވެސް ކުރެވޭ ކަން ފުލުހުން ހާމަކޮށްފި އެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ "ދަ ހޯކްސް" ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި އެތެރެ ކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ސިނގިރޭޓު އެތެރެކުރި ކަމުގެ ތުހުމަތު ކުރެވެނީ އެގްޒޮޓިކް އެންޓަޕްރައިސެސް ކިޔާ ކުންފުންޏަކަށެވެ.
މި މައްސަލާގައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮކްޓޯބަރު 25 ގެ ރޭގެ ވަގުތެއްގައި މި ސިނގިރޭޓު އެތެރެކޮށްފައިވަނީ ތިލަފުށީގައި ހުންނަ ހޯކްސް ކުންފުނީގެ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލާގެ ތަހުގީގު ބިނާ ކުރަނީ ދެ ދައުވާއެއްގެ މައްޗަށް ކަމަށެވެ. އެއީ ސިއްރުން ރާއްޖެއަށް މުދާ އެތެރެކުރަން އުޅުމުގެ ކުށާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލައިގައި ހޯކްސް ކުންފުނީގެ މެނޭޖްމެންޓުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި އެކަމުގައި ކުންފުނީގެ އެތެރޭގެ ތަހުގީގެއް ވެސް ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މައްސަލާގައި ހިމެނޭ މީހުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. މައްސަލައާ ގުޅިގެން ކުންފުނީގެ ކްރޫއިންގެ ބަޔާން ނަގާފައިވާ އިރު، އެ މައްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ. ކޮމިޓީން ނިންމާފައިވަނީ ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ހޯކްސްގެ ބައިވެރިވުމެއް އޮތް ތޯ ބަލައި އޭގެ ރިޕޯޓެއް ވަކިން ހަދައި، އޭގެ ފައިސާގެ މުއާމަލާތްތަކާއި އޭގައި ޝާމިލުވާ ކުންފުނިތަކާ ގުޅޭ މައްސަލަ އެހެން ރިޕޯޓެއްގެ ގޮތަށް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާށެވެ.
އަދި މައްސަލައަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ކަސްޓަމްސް ކޮމިޝަނަރު ހާޒިރު ކުރުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމިޓީން
29 January 2025
ދަ ހޯކްސް އަދި އެގްޒޮޓިކް އެންޓަޕްރައިސެސް މައްސަލަ؛ މީ ދެމައްސަލަ އެކަވެ. މީ ތަހުގީގެއް ނުކުރާނެ!
މުންޖިދު .
29 January 2025
ތި ސިނގިރެޓު ކޮޅު ފީވެ ހަލާކުވުމުގެ ކުރީގައި ނީލަމުގެ އުސޫލުން ވިއްކާލަން ފެނޭ! ލިބޭ ލާރި ކޮޅުން ކޮއްކޮމެން އަތްޕުޅަށް އަރުވާ ފަތްކޮޅުގެ ކަންތައްތަކަށް ތަސްދީގު ކުރުން!
އޮނަރަބްލް ހުޗެން ކުރުސީ
29 January 2025
ކުރިން ހުއްދަ ކަމެއް މަނާ ކުރުމަށް ފަހު އެކި ބާވަތުގެ ސިގިރޭޓާއި ދުންފަތް ވަގަށް އެތެރެކޮށް ސަރުކާރު މެމްބަރުންގެ ފިހާރަތަކުން ގަންނަ ލިބެން ހުރުމަކީ މިކަމުގައި ބައިވެރިވާ ކަމުގެ އަލި ގަދަ ހެއްކެކެވެ .މިކަމުގައި ސަރުކާރުގެ އަތެއް އޮންނާނެ. ތަހުގީގެއް ކުރިޔަކަށް ވެސް ނުދާނެ
އަޅި އަލީ
29 January 2025
ސައިކަތުތަކުގަ ސްޓީކާ ޖެހުން ހުއްޓާލާފަ މަނީ ލޯންޑަރިން ދައުވާ ކުރަން ފެންނަނީ އެމީހުންނަށްވެސް! ތިބޭފުޅުން ބޭނުން ފުޅުހާ ދައުވާއެއް ނުކުރެވޭނެ! އަދި މިވަރުން ދަންޏާ ގޭދޮރުމަތީ ޖޯލި ބަހައްޓާ މީހުންނަށް ވެސް މަނީލޯންޑަރިން ދައުވާ ކުރާނެ!