ހައުސިން މަޝްރޫއުތައް 57 ރަށެއްގައި ހިންގަން ހުޅުވާލީ ހަތަރު ކެޓަރީއަކުން
ވިލުފުށީގައި އިމާރާތްކޮށްފައިވާ ރޯ ހައުސްތަކެއް. ގިނަ ރަށްތަކެއްގައި ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 ޖެނުއަރީ 2025 - 12:38
ރަށްރަށުގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އުތުރާއި ދެކުނު އަދި މެދު ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އަޅަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފަ އެވެ. ހަތަރު ކެޓަގަރީއެއްގެ ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވާ އިރު، ރަށްތައް ވެސް މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ.
- 18 ރަށެއްގައި 50 ހައުސިން ޔުނިޓަށް ވުރެ މަދުން
- 17 ރަށެއްގައި 51-150 ހައުސިން ޔުނިޓު
- 10 ރަށެއްގައި 200-250 ހައުސިން ޔުނިޓު
- 12 ރަށެއްގައި 300 އަށްވުރެ ގިނަ ހައުސިން ޔުނިޓު
އެ ލިސްޓުގައިވާ ގޮތުން އެންމެ މަދުން ހައުސިން އަޅާ އދ. ދިގުރަށުގައި 30 ޔުނިޓު އަޅަ އެވެ. ހދ. ކުޅުއްފުއްޓަކީ މި ބުރުގައި އެންމެ ގިނައިން ހައުސިން ޔުނިޓު އަޅާ ރަށެވެ. އެއީ 2،000 އެވެ.
މިނިސްޓްރީން ބުނީ ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަށް ހުޅުވާލާ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހު އިއުލާންކުރާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ މާލެ ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި މަހު އިއުލާންކުރައްވާނެ ކަމަށެވެ. އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަރުތީބުން އެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރު ވެގެންދާނީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ އަހަރަށެވެ.
މާލޭ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ކުރިއަށް ދާނެކަން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
08 February 2025
ސަރުކާރަށް އެކަން ވެދާނެކަން ވަރައް ޔަގީން
ނުއުމާން
30 January 2025
ބޯހިޔާވަހިކަން ފަހި ކުރުމަށް 5%ގެ ލޯނު އެބަ ދޫކުރޭ. ފުލެޓްތައް އަޅަން މި ފެށިގެންދަނީ. މީ ހަމަ އެއްވަނާއިގެ ވެރިއެއް
ފުއާދު މޫސާ
30 January 2025
ރައީސް ވިދާޅުވީ ހެޔޮކޮށް. މި އަހަރަކީ ބޯހިޔާ ވަހިކަމުގެ އަހަރެއް. ވައުދުވިގޮތައް ކަންތައް ކުރަމުން އެދަނީ
އަސަރަފަ
30 January 2025
އަހަރެން ހީކުރީ މީނަ އަށް ސޯލިހު ވެރިކަން ކުރިގޮތުން ކޮންމެސް ވަރަކަށް ފިލާވަޅު ލިބި ދަސްވެފަ ކަމަށް ހުންނާނީ. ހިޔާ ފުލޭޓް ތަކާއި ކުޅެ ޖެހި ސަކަރާތުން ސޯލިހުއަށް ވަނީ ބޮޑު ބަޔެއްގެ ނަފަރަތު ލިބި ތާއީދު ގެއްލިފަ. ހަމަ އަނެއްކާވެސް ފަހުން މިއަޅާ 4000 ފުލެޓް ކަންތަކުގެވެސް މުއިޒް މިޖަހަނީ ހަމަ އެކަހަލަ ސަކަރާތެއް. ނުވިސްނެނީ ބާއޭ ހިތަށް އަރާ
އިންޓަނޭޝަނަލް
30 January 2025
ތިނަދޫ އަދި ވިލިގިލީގަ އެޅި އިންޓަނޭޝަނަލް އެއަރޕޯޓުން އަންނަ ބަޔަކު ކަންނޭގެ ތި މަސައްކަތުގައި ސޮއިކުރާނީ
ނާޑުވާ
30 January 2025
ތިޔަހެން ބަޖެޓްގަ ނުޖަހާ ހަމަ ހިތަށް އެރީމަ ވޭތަ?
ބިކަ އިގްތިސާދު
30 January 2025
ކުލި ހުރީ ހުރި ހިސާބުގައި. 30،000 ހާހަށް ކިޔަންޔާ 15މީހުން އުޅެގެން ކުލި ދެއްކޭނީ.
ބިޝުން ބިޝުން
29 January 2025
އަދި ވާނެ ފައިސާ ދައްކައިދޭނެ ބަޔަކުވެސް ހޯދާލަން އިނގޭ.
އޮނަރަބަލް އުޗެން ކުރުސީ
29 January 2025
ބާކީ އޮތް 3 އަހަރުގެ ދަވާލުން ބަޖެޓު.
ްައަސް
29 January 2025
ހުރިހާ ސަރުކާރަކުން ވެސް ތަރައްގީއޭ ކިޔާފަ އެންމެން ވެގެން ދައުލަތް ވީދައިގެން ކަނީ. ވެރިކަމަށް އަންނަނީ ވެސް ލޫޓްވާން