ހއ. އިހަވަންދޫގައި ހޮސްޕިޓަލު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ. --ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 18:13
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ހއ. އަތޮޅުގެ އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ރަށުގައި އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ނެތުމުން، ހޮސްޕިޓަލެއް އެޅުމުގެ ވައުދަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރައީސް ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެންނެވެ.
ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން ސޮއި ކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކު އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމާއި އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއި ކުރުމަކީ އެ މަނިކުފާނުގެ ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފެއްޓެވުން ކަމަށެވެ.
"ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އެ ދަނީ ވަމުން. އިރާދު ކުރެއްވިއްޔާ މި ރަށުގައި ޑައިލެސިސްގެ ހިދުމަތް ރޯދައިގެ ކުރިން، ފެބްރުއަރީގައި ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
އިހަވަންދޫގައި ހުންނަ ސިއްހީ މަރުކަޒުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ކުރީގެ ސަރުކާރުގެ ވައުދެކެވެ.
މިގޮތުން، 2018 ވަނަ އަހަރުން ފެށިގެން އެކަން ކުރުމަށް ތަފާތު އެކި ފަހަރު މަތިން ހޮސްޕިޓަލުގެ ކުރެހުންތައް އާންމުކުރި އެވެ. ހޮސްޕިޓަލް އެޅުމަށް ބޭރުގެ ކުންފުންނެއް ކަމަށްވާ ޑުޕްލެކްސް ޕްރައިވެޓާ ހަވާލުވީ ޖެނުއަރީ 17، 2023ގަ އެވެ.
އެއީ 18 މަސްދުވަސްތެރޭ ނިންމުމަށް ހަވާލުކުރި ޕްރޮޖެކްޓެއް ނަމަވެސް ދައުރު ހަމަވި އިރު ވެސް ހޮސްޕިޓަލް އަޅަން ދިން ބިމުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުގެއަލީ
30 January 2025
މިހާރުވެސް ރާއްޖޭގެ %50އަށްވުރެ ގިނަ ރަށްރަށުގެ މަގުތައް ހަދަން ތިޔަ އާރުޑީސީ އާއި ހަވާލުކޮށްފަ އޮތީ. އަދި ހަމަ ގިނަ ރަށްރަށުގައި އުދަލިވެސް ޖައްސާ ނުލާ. ތާރު ނުގެށިގެން އުޅެނިކޮން ކޮންކްރީޓް ގަށަން ހަވާލުކުރީމަ ދެން ކިހިނެތް ވާނީ
ޖުމާޏްް
30 January 2025
ސިއްޙީ ނިޒާމް މި ފަސްއަހަރު ނިމޭއިރު ހުންނާނީ އާރޯވެ ފައްކާވެފައި.
ކަޅުސޮރުގޯތި އާދަނު
30 January 2025
ކޮމެންޓްކޮއްފައިވާ ބޭފުޅުންގެ ވިސްނުންހުރިގޮތްދޯ އެހެވެންނޫންތޯ ކޮންމެބަޔަކާ ހަވާލުކޮއްގެންވެސް ކަންކޮށްފިންޔާ އަޅުގަނޑަށް އެގޭއެވާގޮތް ހަމަ ހަޖަމުނުވަނީ ކަންކަމުގައި ނިކަންކެއްތެރިވެބަލަ ހުރިހާބޭފުޅުންވެސް ރަގަނޅުވާނެ ދޫނިއްނޭ ފަހުންގަނާރާޅޫބޮޑުވާނެ
އޮޅުންބޮޅުން
30 January 2025
ހޮސްޕިޓަލެއް އަޅަން ވެމްކޯއާއިވެސް ހަވާލުކުރަންވީ!
މޫކޭ
30 January 2025
ހޮސްޕިޓަލް އަޅަން ސަރުކާރުން ސަރުކާރާއެކީ ސޮއިކޮށްފި
ރާވެރިބެ
30 January 2025
މަގުހަދަން އުފެއްދި ކުންފުނި އާރުޑީސީ އާ ހޮސްޕިޓަލް އިމާރާތް ކުރަން ހަވާލު މިކުރީ އަނެއްކާ ކޮން ސަބަބަކާ ހެދިބާ؟ ރާއްޖޭގެ ހުރިހާ މަގުތަކެއް ހަދާނިމުނީބާ ނުވަތަ އާރުޑީސީ ގަ ބައިވަރު ފައިސާ ހުރީބާ؟
ސަހުރާބު
30 January 2025
ބަލަ ތިޔައީ ފެނަކައިގެ ހަލާކަށް ދިމާވި އެއްމެ ބޮޑު އެއްމައްސަލައެވެ. ސަރުކާރު ކުންފިނިތަކުގައި ތިޔަފަދަ ކަންތަށް ކުރާނެ ޤާބުލުކަމެއް އަދި ހުނަރެއްވެސް ނެތެވެ. ޢަދި ތިޔަފަދަ މަސައްކަތްކުރަން ނަގާ ޕްރޮޖެކްޓް ސްޓާފުންވަނީ ކުންފުނިތަކަށް ވޭނަކަށެވެ. ޢެމިހުންނާ މަޖިލިސް މެންބަރުންގެ ގުޅުމުގެ ސަބަބުން މަސައްކަތް ނުކުރިޔަސް ވަޒީފާއިން ކަނޑާލެވެން ނޯވެއެވެ. މިއީބތަޖްރިބާކޮށް ފެއިލްވެފައި އޮތް ކޮރަޕްޓް މަގެކެވެ. މިސަރުކާރުން ކުރަނީ ހައްތާ މިކަހަލަކަމެވެ.
އައްލާބެއްޔާގެ
30 January 2025
ތިއަށްވުރެ ރަގަޅުވީސް ތި ހޮސްޕިޓަލް އަޅަން އާރުޑީސީ އާއި ހަވާލު ނުކޮށް ހެލްތު މިނިސްޓްރީން ރައީސް އޮފީހާއި ހަވާލު ކުރިނަމަ... އާރުޑީސީ އަށް މި އުޅެނީ އެމީހުންނާއި ހަވާލު ކޮށްފައިވާ މަގުތައް ވެސް ނެހެދިގެން.. ދެން ކިހިނެއް އެމީހުން ހޮސްޕިޓަލް އަޅާނީ.. ތީ ހަމަ ކުރީ ސަރުކާރުން ބޭރުބަޔަކާއި އެކީ ހޮސްޕިޓަލް އަޅަން ސޮއި ކުރން ކަހަލަ ކަމެއް.. ހަމަ ފޮޓޯއެއް ނަގާލީ.
ވަލީދާ
29 January 2025
ހައްޖު ކޯޕަރޭޝަނާއި ހަވާލު ނުކުރީ ކީއްވެ؟ މިހާރު މަގުހަދާ ބައެއް، ހައްޖައް ފޮނުވާ ބައެއް ވަކިވާ ވަރެއްނުވޭ..
އަސް
29 January 2025
އާރުޑީސީ ނުކުރާ ކަމެއް ނެތެއްނު، އިހައްދުވަހު 94 މިލިޔަން ރުފިޔާގެ އެއަކޮން ގަންނަން އެއަރޕޯޓުން ރޑސ އާ އެހަވާލު ކުރީ.