ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރާއި އެ ރަށު ކައުންސިލް ރައީސް އަހުމަދު ސޮބާހު-- ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 21:21
ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
އެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕޭނު ދަތުރުތަކުގައި ބޯހިޔާވެހިކަމަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
އެހެން ކަމުން އެ ރަށުގައި އެކަމަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މީގެކުރިން އެ ރަށުގައި 100 ހައުސިން ޔުނިޓް އަޅާނެ ކަމަށް ވިދާޅުވެފައިވިޔަސް މިހާރު ނިންމާފައި ވަނީ 200 ހައުސިން ޔުނިޓް އަޅަން ކަމަށެވެ.
އުތުރުގެ ތަރައްގީގެ ޕްލޭނަށް ވެސް އިހަވަންދޫގެ ބޯހިޔާވަހިކަން ވަރަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އުތުރުގެ މި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ކޮންސެޕްޓުގައި މި ރަށް ހިމެނި، މި ސަރަހައްދު ހިމެނިގެންވާ ތަރައްގީގައި ވެސް މުހިންމު. އެހެންވީމަ އަޅުގަނޑުމެން މިހާރު މި އިއުލާނުކުރި 100 ހައުސިން ޔުނިޓް ކަމަށް އޭގައި އޮންނާނީ. އެހެން ނަމެވެސް އަޅުގަނޑު އޮންނާނީ ނިންމާފައި 200 ހައުސިން ޔުނިޓް އަޅުގަނޑުމެން އެވޯޑް ކުރާއިރު ނުވަތަ ބިޑިން ޕްރޮސެސްގައި، ހަވާލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިހަވަންދުއަށް ވަޑައިގެން އެ ރަށުގާ ފިޝަރީޒް ކޮމްޕްލެކްސް އަޅާ ސަރަހައްދުގައި -- ފޮޓޯ: ރައީސް އޮފީސް
ރަށްރަށުގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
އެއަށް އިޝާރާތް ކުރައްވާ ރައިސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
"ދުވަހަކު ރާއްޖޭގެ ތާރީހުގައި ބަޖެޓެއްގައި ހައުސިންއަށް އެކަނި ނެތް މިހާ ބޮޑު އަދަދެއް ހިމަނާފައެއް. މިފަދަ އާބާދީ ބޮޑު އަދި އިގްތިސާދީ މަސައްކަތްކުރާ ރަށްރަށާއި ކުދި ރަށްރަށުގައިވެސް އެންމެ މުހިންމީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން،" ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން މިއަހަރަށް ފާސްކުރީ ގެދޮރުވެރިކަމުގެ ބަޖެޓެއް، ބޯހިޔާވަހިކަމުގެ ބަޖެޓެއް. އެ އިއުލާނުގައި [12،000 ހައުސިން ޔުނިޓްގައި] މާލޭގެ ބޯހިޔާވަހިކަން ހިމަނާފައެއް ނުވާނެ، އެއީ ވަކި މަޝްރޫއުތަކެއް، ވަކިން އިއުލާންކުރާނަން."
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން-- ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކުރި އިއުލާނުގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އުތުރާއި ދެކުނު އަދި މެދު ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އަޅަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފަ އެވެ.
ހަތަރު ކެޓަގަރީއެއްގެ ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވާ އިރު، ރަށްތައް ވެސް މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ.
މާލޭ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ކުރިއަށް ދާނެކަން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ޖަވާޒު
30 January 2025
ހަމަ ސަހާދެއް. މި ނޫނިއްޔާ ނުދެކެން ރައްޔިތުންގެ އާދޭސްތައް އަޑުއަހާ ރައްޔިތުންގެ ބޭނުންތައް ފުއްދަން މަސައްކަތްކުރާ ވެރިއެއް. މިއީ ހަމަ އެއްވަނަ
ކިއްލިދައިތަ
30 January 2025
އިހަވަންދޫ ގަ 200 ހައުސިން ޔުނިޓް އަޅަން ނިންމި ހިސާބުން އެކަން އެއޮތީ ނިމިފަ... ހިޔެއް ނުވޭ ކުރިޔައް މިއޮތް 3 އަހަރު ނިމޭ އިރު ވެސް ލޮލައް ތިތަނެއް ފެންނާނެ ވަރުވާނެ ހެނެއް މިވީހާތާގަ ވެސް ފެންނަންނެއް ކަންތައްހިރީ ކޮއްދީފަ
ބިކަ އިގްތިސާދު
30 January 2025
ކުލި ހުރީ ހުރި ހިސާބުގައި. 30،000 ހާހަށް ކިޔަންޔާ 15މީހުން އުޅެގެން ކުލި ދެއްކޭނީ.
ފިނިފެންމާ سعيد
29 January 2025
އިންޑިޔާ ޓީޗަރުން ކީއްވެބާ ރައީސްގެ އިސްތިގުބާލަށް ނުކުންނަންޖެހެނީ؟
1828
29 January 2025
ރައީސްއެއްނު އުޅެންވީ؟
ފިނިފެންމާ ސައީދު
29 January 2025
ވައުދުގެ ބާރު މިދަނީ 2 ގުނައަށް ގަދެވެގެން. އެކަމަކު އަމަލުތަކުގެ ބާރު ދަނީ ދުވަހެއްދުވަހުން ދަށަށް. އަދިވެސް ހޭއަރާކަށްނުވޭތޯ؟