ރ. އަލިފުށި ބޯޓު ޔާޑު: ފައިބަރު މަސައްކަތް ކުރާ ތަންތަނަށް ކުޑަ ކުދިންނާއި މާބަނޑު މީހުން ވަނުން ގަވާއިދުގައި މަނާކުރޭ.
30 ޖެނުއަރީ 2025 - 12:15
ފައިބަރު މަސައްކަތް ކުރާ ތަންތަނަކީ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ހުންނަ ތަންތަންތޯ ކަށަވަރުކުރުމާ އެކު އެ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކޮށް ގަވާއިދެއް ނެރެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެ ގަވާއިދަކީ ފައިބަރުގެ މަސައްކަތުގައި ބޭނުންކުރާ ނުރައްކާތެރި މާއްދާތަކުން އާއްމުންނާއި ތިމާވެއްޓާއި އެ ތަންތަނުގައިވާ ދިރުންތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެކުލަވާލި ގަވާއިދެކެވެ.
ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ވެސް ހިމެނޭ އެ ގަވާއިދުގައި ވަނީ އުސޫލުތަކާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުުވައި ފިޔަވަޅު އަޅާނެ ހާލަތްތައް ވެސް ބަޔާންކޮށްފަ އެވެ.
މި ގަވާއިދަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގޯތިތައް ނުވަތަ ބަނދަރު ފަދަ ފައިބަރުގެ މަސައްކަތްކުރަން ކަނޑައަޅާފައި ނުވާ ސަރަަހައްދުތަކުގައި ފައިބަރުގެ މަސައްކަތް ކުރާ ނަމަ އަމަލުކުރަންޖެހޭ މިންގަނޑެކެވެ.
އެ ގަވާއިދުގައި ބުނީ އެފަދަ ސަރަހައްދެއްގައި މަސައްކަތްކުރަން ވާނީ އެޗްޕީއޭގެ ހެލްތު އެންޑް ސޭޕްޓީ އިންސްޕެކްޝަނަށް ބިނާކޮށް އެ ރަށެއްގެ ކައުންސިލުގެ ހުއްދަ ލިބިގެން ކަމަށެވެ.
ގަވާއިދުގައި ބުނި ގޮތުގައި ފައިބަރުގެ މަސައްކަތްކުރާ ތަންތަން ފަރުމާކޮށްފައި ހުންނަން ވާނީ އެ ތަނުގައި ފައިބަރުގެ މަސައްކަތް ރައްކާތެރިކަމާ އެކު ކުރެވޭ ގޮތަށެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށެވެ.
ގަވާއިދުގައިވާ ގޮތުން ފައިބަރު ބޭނުންކުރުމަށް ފަހު ނައްތާލެވޭ ފައިބަރު ޝީޓާއި ފައިބަރު ކުނޑި އާއި ތަނުގައި ބޭނުންކުރާ އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ކުނި މެނޭޖްކުރުމުގެ ގަވައިދުތަކާ އެއްގޮތަށް ރައްކާތެރިކަމާ އެކު ނައްތާލުމުގެ އިންތިޒާމު ވެސް ހަމަޖައްސަންޖެހެ އެވެ.
ތަނުގައި އުފެދޭ ފައިބަރު ކުނޑި އާއި އެ ނޫން ވެސް ތަކެތި ރައްކާތެރިކަަމާ އެކު ނައްތާލުމަކީ އެ ތަނެއްގެ ވެރި ފަރާތެއްގެ ޒިންމާއެއް ކަމަށް ގަވާއިދުގައިވެ އެވެ.
ފައިބަރު މަސައްކަތްކުރާ ތަންތަނުގައި މަސއްކަތްކުރާ މުވައްޒަފުންގެ ސަފުތާހިރުވުމަށް ރައްކާތެރި ގޮތުގައި އަތްދޮވުމާއި ފާހާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުރުމާއި ފައިބަރު ބޭނުންކުރާ ތަންތަނުގައި ހެދުން ބަދަލުކުރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ. އަދި އެތަންތަނުގައި ވެންޓިލޭޝަން ސިސްޓަމު ގާއިމުކޮށްފައި ހުރުމާއި ކެމިކަލް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމެއް ހުންނަން ޖެހެ އެވެ.
މިވަގުތު އެ މިންގަނޑުތައް ނެތް ނަމަވެސް ސިއްހީ ރައްކާތެރިކަމުގެ މިންގަނޑަށް ފެއްތުމަށް 6 މަސް ދުވަހުގެ މުއްދަތެއް ގަވާއިދުގައި ދެ އެވެ.
ފައިބަރުގެ މަސައްކަތްކުރާއިރު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުންކުރަންޖެހޭއިރު އެ މީހުން އެ ބޭނުންކުރޭތޯ ބެލުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ. އަދި މިފަދަ ތަންތަނުގައި ދުންފަތުގެ އިސްއުމާލުކުރުމާއި ކައިބޮއި ހެދުމާއި ކާތަކެތި ރައްކާކުރުމަކީ ވެސް މަނާ ކަމެކެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑު
- ކެއިންބުއިން މަނާކަން އަންގައިދޭ ބޯޑު
- ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ގުޅާނެ ނަމްބަރު
- ފަޔާ އެގްޒިޓް އަންގައިދޭ ބޯޑު
- ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާ ބޯޑު
- ފައިބަރު މަސައްކަތް ކުރާ ތަންތަނަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަކަށްކަން އަންގައިދޭ ބޯޑު
- ފައިބަރާއި ކެމިކަލް ގެންގުޅޭ ނުރައްކާތެރި ސަރަހައްދެއްކަން އަންގައިދޭ ބޯޑު
ފައިބަރު މަސައްކަތްކުރާ ތަންތަން ބަންދުކުރުމާއި އަލުން ހުޅުވުމުގެ ހުއްދަ ވެސް އެ ގަވާއިދުގެ ދަށުން އެޗްޕީއޭ އަށް ލިބިގެންވެ އެވެ.
މިސާލަކަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސިއްހަތަށް ނުވަތަ ވަށައިގެންވާ ވެއްޓާއި ދިރުންތަކަށް ނުރައްކާތެރިވެދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް އެ އެޖެންސީއަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި ފިޔަވަޅު އެޅޭނެ ކަމަށް ބުންޏެވެ.
އެ އުސޫލުގައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެ ނަމަ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދަރު
31 January 2025
ރަށްރަށުގައިނމީހުން ދިރިއުޅޭ ގެ ތަކުގެ ބޭރު ފާރުގައި ސިމެންތިނޖްހާފައި އޭގެ ބޭރުން ފައިބަރު ޖެހުމުމް ޢަަންމު ސިއަހަތަށް ގެއްލުން ނުލިބޭތީތޯިކަމް މަނާ ނުކުރައްވަނީ.
އަލީބޭ
30 January 2025
ހޯރަފުށީގަ ފައިބަރުން އޮޑިފަހަރު ބަންނަމުންދަނީ މީހުންގެ ގޭގެ ބުޑުގަ ހޯރަފުށީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު. މިކަން ހުއްޓުވާނެ ބަޔަކުނެތް.
އަބްދުﷲ މައިޝަން
30 January 2025
ހާދަ އުސޫލެެއް އެބަ ނެރެޔޭ. މިއީ، ހަމަ އެއިދާރާއާ ހަވާލުވެ ހުރި ވެރިއެއްގެ އަވަސް މަސައްކަތް ކަން ކަށަވަރު. ތިޔަކަން ކޮޅެއްގައި ޖައްސާންވާނެ. އުސޫލު ތަންފީޒުކުރަން ވާނެ.
ކޮރަޕްޓު ރާއްޖެ
30 January 2025
ފައިބަރު އެބަޖަހާ ގޭފާރުގައި. މީކޮންގޮތަކުން ހުއްދަ ކަމެއް. ޖެހިގެން ހުރިގޭގެ ބޭރުފާރުގައި ފައިބަރު ޖެހި އިރު ހޭހޭވެސް އަހާނުލާ. އަދި މޮޅުކަމަކީ ފައިބަރު ކުރީ މިގެއާއި ދިމާލަށް އިންނަފާރު މިގޯތި ތެރެއަށް ހުރިހާ ކުނިބުންޏެއް އަދި ވަސްކޮބާ ނޯއްދަމާ ނުލެވޭ. މުޅިގޭގައި ދޮރޮތައްލައްޕާފައި އޮތް އިރުވެސް ގޭތެރޭގައި އޮތީ ވަސް ހިއްޕާލާފަ. މިކަހަލަ ކަންކަން ރިޕޯޓު ކުރިޔަސް ޕޮލިހުންވެސް އަޅައެއްނުލާ އެއީ ޤަވާއިދެއް ނެތިގެއްންތޯ
ލައިޓް
30 January 2025
ވ. ރަނގަޅު ނިންމުމެއް! ދިރާސާ ތަކުން އެނގޭ ގޮތުގައި ފައިބަރުގެ މަސައްކަތުން ކެންސަރުޖެހުމުގެ ރިސްކް ނުހަނު މަތި!
ސަލީމު އިދުރީސް
30 January 2025
ފައިބަރަކީ ރައްކާތެކަމާއެކު ނައްޔާލެވޭ އެއއްޗެއްނޫން! ވީމަ ހާއްސަ ކުނިކަމުގަ ބަލައި އެފަދަ ކުނި އާންމު ކުނިގޮނޑައް އުކާލެވިގެން ނުވާނެ
ރަހީމްބެ ހިތްވަރު ކުރާތި
30 January 2025
މީހުން އުޅޭ ސަރަހައްދުގަ އެއްގޮތަކައްވެސް ފަބަރ މަސައްކަތް ކޮށްގެން ނުވާނެ.
ފަލަޑޭ
30 January 2025
މި ރާއްޖެގަ ކެންސަރ ގިނަވި އެއް ސަބަބު.
ސަލީޒް
30 January 2025
ތެދު ޥާހަކަ.
ހަމަ ހަމަ
30 January 2025
ފިރިހެނުން ހެޔޮ ދޯ ކިތަންމެ ބޮޑު ބަނޑެއް ލާފަ ހުއްޓަސް.
ވަރަށް މަޖާ މި ކޮމެންޓް
30 January 2025
މިކަންވެސް ކަލެއަށްވީ ބޮޑު ހެއްވާ ކަމަކަށްދޯ
އެޑްމުންޑޯ
30 January 2025
ތިޔަ ގަވާއިދެއް ހެދިޔަސް ނުރައްކާ ކުޑައެއްނުވާނެ ، ސަބަބަކީ ތަންފީޒް ނުވާތީ ، ރައްރަށުގެ ފަޅުތެރޭ އޮޑިދޯނިފަހަރު ބޭނުންގޮތަކަށް އެހެރަ ފައިބަރ މަސައްކަތްކުރަނީ ، ކައުންސިލަރުން އަޅާ ނުލާ ، ރައްރަށުގައި މިހާރުވެސް ވޭޕް ބޮމުން ޒުވާނުން އެދަނީ ، ފިހާރަތަކުގެ އެހެރީ ދިމާލަށް ދުންފަތް ފެންނަން ، ގޭގޭގައި ރަށުބިޑި ތައްޔާރުކޮށް އެހެރަވިއްކަނީ ، ކާކު ބަލަނީ ، ގާނޫނުން މަނާ ، ޕޮލިހުންވެސް އަޅާނުލާ ، ދެން ތިގާނޫނުތަކާއި ގަވާ އިދު ހެދުމުގެ ބޭނުމަކީ ކޮބާ ،