ކ. ހުރާގައި އުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯ ބަލަނީ.
30 ޖެނުއަރީ 2025 - 14:56
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ކ. ހުރާ އިން 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ހުރާގައި ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.
އެ އޮޕަރޭޝަނުގައި، ހުރާގައި އުޅޭ ބިދޭސީންގެ ތެރެއިން 46 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅެމުންދާތީ އެވެ.
ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ވަނީ ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ… pic.twitter.com/lXOVToCncD
— Maldives Immigration (@ImmigrationMV) January 30, 2025
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި ފެށި ބޮޑު އޮޕަރޭޝަނާ އެކު ބައެއް މީހުން ރަށްރަށަށް ފިލައިގެންދާ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.
ދާދިފަހުން ވަނީ އިމިގްރޭޝަނުން ރ. އަތޮޅުގައި އޮންނަ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދާ ކަމަށް ހީކޮށް، އެ ރިސޯޓުގެ 60 ބިދޭސީއަކު ފިލަން ވެގެން ރ. މަޑުއްވަރީއަށް ދިޔަ އެވެ. އެ މައްސަލާގައި އިިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހޯދުމަށް މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
އެ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 25،483 ބިދޭސީއެއް ބަޔޮމެޓޮރިކް މައުލޫމާތު ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސަ
30 January 2025
ޑީޕޯޓް ކުރޭ. ކޮން ގަވާއިދަކަށް ފައްތާކަށް؟
ކޮރަލް
30 January 2025
ގަވާއިދާ ހިލާފް ވީމަ ގަވާއިދަށް ވައްދަން ވީކީ ނޫނެވެ. ޑިޕޯޓް ކުރަން ވީ އެވެ. ފިލައިގެން ސަރުކާރަށް އެއްވެސް ފައިސާ އެއް ނުދައްކާ ވިޔަފާރި ކުރާ ބިދޭސީން ވ ގިނަ އެވެ. ފުލުހެއްގެ ނަމުގަ ތަނެއް ހުޅުވަނީ އެވެ. ދެން މަހަކު 5 ހާސް ރުފިޔާ ދެނީ އެވެ. ފައިދާ ގެ ހުރިހާ ފައިސާ އެއް ބޭރު ކޮށްލަ ނީ އެވެ.
ގާހްޔޯ
01 February 2025
6 މަސްވީ މިހާރު މުސާރަ ނުދީ އުޅޭތާ. 12 މީހުން މި ފޮނުވާލީ ހުރާއިން އިމިގްރޭޝަނާ ހަވާލު ކޮއްފަ. މަސަލާމަތް ވީނު.
ކައްޗޭ
30 January 2025
ކީއްވެހޭ މާފުއްޓައް އަރަން ނުކެރިގެން އުޅެނީ؟ ޤަވައިދާ ޚިލާފައް އުޅޭ ބަންގްލަދޭސް މީހުންގެ ހާއްޔެއް އެއީ. ޢެންމެންނައް އިގޭ ބޮޑު ސިއްރު
އާދަނު33
30 January 2025
ރަގަޅު.. ތިހުރިހާ ޤަވާއިދާލުއެންމެން ހޯދާފަ ބޭރުކުރަންވީ.. މިހާރު އެމެރިކާގަވެސް ޓްރަމްޕް އެކަން ފަށައިގެން އުޅެނީ.
އެދުމެއް
30 January 2025
ރައްރަށުގެ ކައުންސިލް ތަކުގެ މެންޓޭޑްގައިވެސް މިބައި ހިމަނާ، މިކަމަކީ ކޮންޓިނުއަސްލީ މޮނީޓަރ ކުރެވޭ ކަމެއް ގޮތައް ހަދައި، މިކަމުގައި ކައުންސިލް ތައް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ހެދުން އެއީ ކޮންކަހަލަ ކަމަކައްވާމެބާ!