އައިޖީއެމްއެޗު ހޮސްޕިޓަލް: ލެބޯޓްރީގެ ހިދުމަތް ފަށާ ގަޑި މިހާރު ވަނީ އަވަސްކޮށްފައި.-- ފޮޓޯ: މިހާރު
01 ފެބުރުއަރީ 2025 - 12:30
އައިޖީއެމްއެޗުގެ ލެބޯޓްރީގެ ހިދުމަތް ފަށާ ގަޑި އަވަސްކޮށްފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ ލެބޯޓްރީގެ ހިދުމަތް ދޭ ގަޑިއަށް މާދަމާ އިން ފެށިގެން ބަދަލެއް ގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ލެބޯޓްރީގެ ހިދުމަތް ދެން ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ކުރިން ލެބޯޓްރީގެ ހިދުމަތް ދެނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ބަދަލު ގެނައީ ހުސްބަނޑާ ތިބެ، ލޭ ނަގަން އަންނަ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ފާސްޓިންގައި ބްލަޑް ނަގަން އަންނަ މީހުންނަށް ފަސޭހަ ކުރަން ތިރީސް މިނެޓް ކުރިއަށް އިތުރުކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.
ކިއު ނަންބަރު ދޫކުރާނީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 9:30 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ އިމަޖެންސީގައި ހަދަން ޖެހޭ ލެބް ޓެސްޓުތައް ހެދުމުގެ ހިދުމަތް، ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
02 February 2025
މިހާރު 8 ޖަހާއިރު ފަށަން އޮންނަ އިރުވެސް މުވައްޒަފުން އައިސް ރަގަޅަށް ހިދުމަތްދޭން ފެށެނީ 9 ޖަހާއިރު.
ދަލޭކަ ދައިތަ
01 February 2025
އެޕޮއިންޓްމެންޓް ހެދުމަށްފަހު މެމޯ އޮންލައިންކޮށް ހެއްދޭނެގޮތް އެބަޖެހޭ ހުރިހާ ޑިޕާރޓްމެންޓެއްގައިވެސް ހަމަޖެހެން. މެމޯނަގަން ދާގޮތަށް ބައެއްބަލިމީހުން އެތާ 3، 4 ގަޑިއިރު ވާފަހުން ނަމްބަރުޖެހި ދެއްކެނީ. ކޮންމެމީހަކަށް މެމޯ ހައްދައިދޭން ދާނެ މީހުނެއް ނުތިބޭނެ. ދެލި، ކަރުދާހުގެ ޚަރަދުވެސް ގައިމު ކުޑަވާނެތާ. ދުވާލަކަށް ކިހާ މެމޯއެއްހަދާނެ.
ބުރަތޭރީ
01 February 2025
30 މިނިޓް ޚިދުމަތް އަވަސް ކުރުމަށްވުރެ، ހުކުރު، ހޮނިހިރު، އަދި ބަންދު ދުވަސްތަކުގައި ލެބޯޓެރީ ޚިދުމަތް ދެއްވުން މުހިއްމު..ބަންޑާރަ ހޮސްޕިޓަލަށްވާއިރު، ތަފާތު ގައުމުތަކުގެ މީހުން މަސައްކަތްކުރާ ހޮސްޕިޓަލަކަށްވާއިރު، ލެބޯޓެރީ ޚިދުމަތް ބަންދު ދުވަސްތަކުގައި ނުދެވެންވީ ސަބަބެއްނެތް... ނަމަވެސް ފެންނަނީ ސަރުކާރު ބަންދުކޮށްލާ ކޮންމެދުވަހަކު ބޮޑުތަޅު އަޅުވާފަ ހުންނަތަން...
އެވިސްނުން
01 February 2025
ބަލިތައްވެސް ސަރުކާރުގެ ބަންދުތަކަށް ތަބާވާންޖެހޭ ފަދަ ގޮތަކަށްތާ ތިއޮތީ
ޑރ ވާންޗޯ
01 February 2025
އެހެންވީމަ ދެން 8 ޖަހަންވާއިރަށް ގިނަކައުންޓަރތައް ހިނގާނެތާ؟. މިހާރު ސްޓާޓްކުރާނީ 1 ކައުންޓަރުން 10 މިނެޓުފަހުން އަނެއް ކައުންޓަރ 8:30 ގެފަހުން ގިނަކައުންޓަރތައް ހިނގަންފަށަނީ.
ރަނާވަތު
01 February 2025
ބައިގަޑިއިރު އަވަސް ކޮއްލާފަ ހެޑްލައިން އަޅާލީ
ކޮރަލް
01 February 2025
އައިޖީއެމްއެޗް އަށް ފަރުވާ އަށް ދާ މީޙުން ނަށް އެހީ ތެރިވާން ދޮރުކައިރީ ޔުނީފޯމްގަ މީހަކު ބަހައްޓަން ވީ އެވެ. ބައެއް މީހުންނަށް ދާން ވާ ތަނާއި ކުރަން ވާ ކަން ނޭނގިފަ އެބަ ހުރެ އެވެ. އެކި ހިސާބުން މާލެ އައިސް އަލަށް އެތަނަށް ވަންނަ މީޙުންވެސް މަދެއް ނޫނެވެ.
123321
01 February 2025
ތިބުނާ ލިފްޓެއް ހުއްޓިފަ ހުންނަތާ އެތައްމަހެއް ވެއްޖެ
އަސްލުގައި
01 February 2025
އެ ލިފްޓަށް އެރުނަސް ޔަގީނެއްނުވޭ އެ މަސައްކަތްކުރާކަމެއް. އެހާވެސް ސްޕީޑް ބާރު އޭގެ
މުސްކުޅިމީހާ2
01 February 2025
ލިފްޓް ހުންނާނެ ލެބޯޓްރީ އާއި ޖެހިގެން.
ޖަލީ
01 February 2025
ހަކުރާއި ހިތުގެ ބައްޔަށް ބޭސް ކާ މީހުނަށް ހެނދުނު ސައިބޯ ގަޑި ފާއިތުވެގެން ދާއިރުވެސް ޓެސްޓު ނުހެދޭ ބައެއް ދުވަސް ދުވަހު ކިއު ބޮޑުކަމުން. މިކަމަށް ހައްލެއް ބޭނުން. އަލަށް ތިތަނަށް ދާ މީހަކު ވިއްޔާ މޮޔަވެދާނެ.
އަބްޑޫޅް +
01 February 2025
"ލެބޯޓްރީ" އަކީ "ލެބޯ ގަސް" ތަ؟ މިސިޒް ޖޯޖު ހޯދައިގެން، އިގިރޭސި ކިޔަވަގަ.
މަހާ
01 February 2025
ހިތުން ވަރަށް މޮޅު އެއްޗެއް ދޯ ތި ބުނީ؟
ބަނދުގަ
01 February 2025
ކޮންމެސް ކޮމެންޓެއް ކުރަންވާނެތާ ދޯ؟